Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބީއެމްއެލް ގްރެޖުއޭޓް އިންޓަރންޝިޕް

ބީއެމްއެލް އިންޓަރންޝިޕް ޕްރޮގްރާމުގެ 3 ވަނަ ބުރު ނިންމައި، 4 ވަނަ ބުރު ފަށައިފި

3 ސެޕްޓެމްބަރު 2022 | ހޮނިހިރު 02:55

ހަތަރުވަނަ ބުރުގައި 15 ދަރިވަރުން ބައިވެރިވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 3 ސެޕްޓެމްބަރު 2022 | ހޮނިހިރު 02:55
ބީއެމްއެލް އިންޓަރންޝިޕް ޕްރޮގްރާމުގެ ދަރިވަރަކަށް ލިޔުން ހަވާލުކުރައްވަނީ

ބީއެމްއެލް އިންޓަރންޝިޕް ޕްރޮގްރާމުގެ ދަރިވަރަކަށް ލިޔުން ހަވާލުކުރައްވަނީ

ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމުގެ ތިންވަނަ ބުރުގެ ކާމިޔާބީ ފާހަގަކޮށް ހަތަރުވަނަ ބުރު ފަށައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްއިން ވަނީ, އެ ބޭންކުގެ އިންޓަރނޝިޕްގެ ތިންވަނަ ބެޗް ކާމިޔާބުކަމާއެކު ނިންމާލި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފައެވެ. އަދި އަލަށް މި ޕްރޮގްރާމަށް ހޮވުނު ފަރާތްތަކާ ވަނީ އިންޓަރންޝިޕްގެ ލިޔުން ހަވާލުކޮށްފައެވެ.

ބީއެމްއެލް ގްރެޖުއޭޓް އިންޓަރންޝިޕަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްފޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ އައު ބެޗުގައި 15 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

12 މަސް ދުވަހަށް ބަހާލާފައިވާ މި އިންޓަރންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމުގެ އިތުރުން، ބީއެމްއެލްއިން ނުވަތަ މާލީ ދާއިރާގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ލިބޭނެއެވެ. މި މުއްދަތުގައި ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ބީއެމްއެލްއިން ވަނީ މި ޕްރޮގްރާމުގެ ބައިވެރިވެރިންނަށް އިރުޝާދު ދިނުމަށް، ކޮންމެ ބައިވެރިއަކަށް ޚާއްސަ މުވައްޒަފެއްވެސް ކަނޑައަޅައިފައެވެ.

އެ ބޭންކުން ބުނިގޮތުގައި މި ޕްރޮގްރާމުގެ ބައިވެރިންނަށް ދެވޭ އިނާޔަތަކީ ރާއްޖޭގައި އިންޓަރންޝިޕް ޕްރޮގްރާމެއްގައި ދެވޭ އެންމެ ރަނގަޅު އިނާޔަތެވެ. އަދި އިންޓަރންޝިޕް މުއްދަތުގައި ވަޒީފާއަށް ބޭނުންވާ ހުނަރު ދަސްކޮށްދީ، ކާމިޔާބުކަމާއެކު ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގައި ދާއިމީ ވަޒީފާއެއް ހޯދުމުގެ ފުރުސަތު ފަހިވާނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު ނޫރައްދީން ވިދާޅުވީ، މި އިންޓަރންޝިޕް ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 80 އިންސައްތައަށްވުރެ ގިނަ ފަރާތްތަަކަށް އެ ބޭންކުންނާއި އަދި އެހެނިހެން މުއައްސަސާތަކުން ދާއިމީ ވަޒީފާ ލިބިފައިވާކަމަށެވެ. މި ނަތީޖާއިންވެސް ދައްކަނީ މިއީ ކުރިމަގުގައި ބޭންކަށް ބޭނުންވާ އިންސާނީ ވަސީލަތް ފުރިހަމަކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ޕްރޮގްރާމެއްކަން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބީއެމްއެލްގެ އުއްމީދަކީ މި ޕްރޮގްރާމުގެ ޒަރީއާއިން ކުރިއަށް އޮތްތަނުގައިވެސް އިތުރު ދަރިވަރުން ތަމްރީނުވެ، ބޭންކިންގ ދާއިރާއަށް ހުނަރުވެރި، ގާބިލު މުވައްޒަފުން ނެރުންކަމަށްވެސް ޢާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާއި އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން، ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓްއިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ވިދިވިދިގެން 4 ފަހަރަށް ބޭންކް އޮފް މޯލްޑިވްސްއަށް ވަނީ ލިބިފައެވެ.

ބީއެމްއެލް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
02 ނޮވެމްބަރު 2025

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
02 ނޮވެމްބަރު 2025

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި
29 އޮކްޓޯބަރު 2025

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
27 އޮކްޓޯބަރު 2025

ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!

27 އޮކްޓޯބަރު 2025
ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!
22 އޮކްޓޯބަރު 2025

ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

22 އޮކްޓޯބަރު 2025
ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި
19 އޮކްޓޯބަރު 2025

ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި

19 އޮކްޓޯބަރު 2025
ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި
19 އޮކްޓޯބަރު 2025

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި

19 އޮކްޓޯބަރު 2025
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި
29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް