Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން

30 އަހަރަށްވުރެ ދިގު މުއްދަތަކަށް ފަތުރުވެރިކަމުގެ ދާއިރާއަށް ޚިދުމަތް ކޮށްފައިވާ މީހުންގެ ދަފްތަރެއް އެކުލަވާލަނީ

30 އޯގަސްޓު 2022 | އަންގާރަ 12:54

މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ކުރިއަށްގެންދާ މަސައްކަތެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 30 އޯގަސްޓު 2022 | އަންގާރަ 12:54
ރިސޯޓު މުވައްޒަފުންތަކެއް

ރިސޯޓު މުވައްޒަފުންތަކެއް

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މީހުންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށައިފިއެވެ.

އެ މިނިސްޓްރީން މި ދަފްތަރު އެކުލަވާލަނީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިންނެވެ. އެގޮތުން ފާއިތުވި 50 އަހަރު ދުވަހުގެ ތެރޭގައި 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މީހުންގެ މައުލޫމާތު މިނިސްޓްރީއާއި ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

Advertisement - newsAdvertisement

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް "ރާއްޖެ ޓީވީ" ގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވިދާޅުވީ މި މައުލޫމާތު ހޯދުމަށް ރާއްޖޭގެ ގެސްޓްހައުސްތަކާއި ހޮޓާތަކާއި ރިސޯޓުތަކަށް ފޮނުވާފައިވާ ކަމަށެވެ. އެ މައުލޫމާތު މިހާރު ވެސް ކޮންމެވެސް ވަރަކަށް ލިބެމުންދާ ކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ މި މަސައްކަތް ކުރިއަށްގެންދަން ނިންމީ ސިވިލް ސާވިސް މުވައްޒަފުންގެ މައުލޫމާތު ހިމެނޭ ފަދަ ސިސްޓަމެއް ހުރި ނަމަވެސް އެފަދަ ސިސްޓަމެއް ފަތުރުވެރިކަމުގެ ދާއިރާގައި ނެތުމުން ކަމަށެވެ. ނަމަވެސް މުސްތަގުބަލުގައި ދިވެހި ފަތުރުވެރިކަމަށް ޚިދުމަތް ކޮށްފައިވާ ފަރާތްތަކާއި ކުރަމުން އަންނަ ފަރާތްތަކާއި އަދި ދިވެހި ފަތުރުވެރިކަން ކުރިއަރުވަން ފާހަގަކޮށްލެވޭ މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އެނގޭގޮތަށް ރެކޯޑުތައް ބެލެހެއްޓޭނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުންނަށް މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަ ކުރުމަށް ސަރުކާރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ޖަމިއްޔާތަކުން ދަނީ ގިނަ ހަރަކާތްތައް ރާވާމުންނެވެ. އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަ ކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް އެވޯޑު ދިނުން ވެސް މިއަހަރު ކުރިއަށްދާނެއެވެ.

މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރަށްވުމާ ގުޅިގެން މިއަހަރުގެ ޤައުމީ ހާއްސަ އިނާމުގައި ވެސް ފަތުރުވެރިމަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވަނީ ނިންމަވާފައެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްދިވެހި ފަތުުރުވެރިކަމުގެ ރަންޔޫބީލްޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
22 މާރިޗު 2024

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

22 މާރިޗު 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް