Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒުވާނުންގެ ދުވަސް ފާހަގަކުރުން

ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

18 ދާއިރާއަކުން ވަނީ ޒުވާނުންގެ އިނާމް ދޭން ނިންމާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 27 އޯގަސްޓު 2022 | ހޮނިހިރު 07:49
މިދިޔަ އަހަރު ޒުވާނުންގެ އިނާމް ލިބުނު ފަރާތްތަކާއެކު ރައީސް އާއި ޔޫތު މިނިސްޓަރު

މިދިޔަ އަހަރު ޒުވާނުންގެ އިނާމް ލިބުނު ފަރާތްތަކާއެކު ރައީސް އާއި ޔޫތު މިނިސްޓަރު

"ޒުވާނުންގެ އިނާމް" އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ހުޅުވާލައިފިއެވެ.

މިއެވޯޑަކީ ޤައުމީ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ޤައުމީ ފެންވަރުގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޒުވާނުންނަށް ދޭ އެވޯޑެކެވެ. ޤައުމީ ފެންވަރުގައި ރާއްޖެއިން ޒުވާނުންގެ ދުވަހެއް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމެވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެގޮތުން ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ހަމަޖައްސަވާފައިވަނީ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހެވެ.

ސަރުކާރުން ޒުވާނުންނަށް ހާއްސަ ޤައުމީ އިނާމެއް ދޭން ނިންމާފައިވަނީ އެކި ދާއިރާތަކުން ޒުވާނުން ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުންނާއި ޒުވާނުންނަކީ ޒިންމާދާރު ބަޔަކަށް ހެދުމުގެ ގޮތުންނެވެ. އަދި ޒުވާނުންނަކީ މަސައްކަތަށް ޝައުގުވެރިވާ، ޤައުމުގެ ކުރިއެރުމަށް މަސައްކަތް ކުރާ، ހަރުދަނާ ބަޔަކަށް ހެދުމާއި ތަފާތު ދާއިރާތަކުން ކުރިއަށްދިއުމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި ޒުވާނުންނަކީ ޒުވާނުންނަށްޓައި އިސްނަގައިގެން ޒުވާނުން ކުރިއަރުވަން މަސައްކަތް ކުރާ ބަޔަކަށް ހެދުމަކީ ވެސް މި އިނާމު ދިނުމުގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މިއަހަރުގެ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން މިހާރު ހުޅުވާލާފައިވާއިރު 18 ދާއިރާއަކުން ޒުވާނުންނަށް މި އިނާމަށް ކުރިމަތިލެވޭނެއެވެ.

ޒުވާނުންގެ އިނާމަށް ހުޅުވާލާ ދައިރާތައް:

މި އިނާމުތަކުގެ ތެރެއިން އެންމެ ހާއްސަ އެއް އިނާމަކީ ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާއެވެ. މިއީ ޖެހިފައިވާ މުސީބާތަކުން ނުވަތަ ގުދުރަތީ ކާރިސާއަކުން މީހަކު ނުވަޔަ ބަޔަކު ސަލަމާތް ކުރުމަށްޓަކައި އަމިއްލަ އެދުމެއްނެތި ކޮށްފައިވާ މަސައްކަތާއި އެ މަސައްކަތުގެ މިންވަރަށް ބަލައި ދޭ އިނާމެކެވެ. މި އިނާމު ދިނުމުގައި އިންސާނިއްޔަތަށްޓަކައި ޚިދުމަތް ކުރުމުގެ މަތިވެރި ރޫހުގައި ތިމާފެ ޖާނާއި މުދާ ހޭދަކޮށްފައިވާ މިންވަރަށް ނުވަތަ ބަޔަކަށް ކުރިމަތިވެދާނެ ދެރަކަމަކުން ނުވަތަ ހިތާމަވެރި ހާދިސާއަކުން ރައްކާތެރި ކުރުމަށްޓަކައި އިސްނަގައިގެން ކޮށްފައިވާ މަސައްކަތާއި އެމަސައްކަތުގެ ފެންވަރަށް ވެސް ބަލާނެއެވެ.

މި އިނާމުތަކަށް ނަން ހުށަހަޅާ ފަރާތްތަކުން އެ ހުށަހަޅާ ދާއިރާއެއްގައި މަދުވެގެން ފަސް އަހަރު މެދުކެނޑުމެއްނެތި ޚިދުމަތް ކޮށްފައި ހުންނަ ޖެހޭނެއެވެ. މި އިނާމަށް ނަން ހުށަހެޅޭނީ އުމުރުން 18 އަހަރާއި 36 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ 29 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 އާ ހަމައަށެވެ. އެގޮތުން، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:30 އަށް ސޯޝަލް ސެންޓަރުންނާއި ގޫގުލް ލިންކް މެދުވެރިކޮށް ފޯމު ބަލައިގަންނާނެއެވެ.

މި އިނާމަށް އެދޭ ފޯމާއި އިނާމުތަކުގެ ކްރައިޓީރީތައް މިހާރު ވަނީ ގެޒެޓުކޮށްފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު