Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެންޑީއެފް ކޯސްޓްގާޑުގެ މަސައްކަތްތައް

ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމުގައި ރައްޔިތުން ސިފައިންނަށް ކުރާ އިތުބާރު ވަނީ އިތުރުވެފައި: ޝަމާލް

ކޯސްޓްގާޑް 10 ވަނަ ބޭސިކް ޑައިވިންގ ކޯހުގެ "ފަސްޓް އިން މެރިޓް އެވޯޑް" ހާސިލްކޮށްފައިވަނީ ލާންސް ކޯޕްރަލް އަބްދުﷲ މަޖީދު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 25 އޯގަސްޓު 2022 | ބުރާސްފަތި 16:38
އެމްއެންޑީއެފް ކޯސްޓްގާޑްގެ 10 ވަނަ ބޭސިކް ޑައވިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު

އެމްއެންޑީއެފް ކޯސްޓްގާޑްގެ 10 ވަނަ ބޭސިކް ޑައވިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު

ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމުގައި ރައްޔިތުން، ސިފައިންނަށް ކުރާ އިތުބާރު ވަނީ އިތުރުވެފައިކަމަށް, ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު 10 ވަނަ ބޭސިކް ޑައިވިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ދިވެހިރާއްޖެއަކީ 99.7 އިންސައްތަ ކަނޑުގެ ސަރަހައްދު އޮތް ގައުމަކަށް ވުމާއެކު، ކަނޑުގެ ބޮޑު ސަރަހައްދު ބަލަހައްޓައި ރައްކާތެރިކުރުމަށްޓަކައި ކޯސްޓްގާޑުގެ ސިފައިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށެވެ. އަދި ދިވެހިރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތާއި ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވަމުންދާއިރު، އިތުރުވަމުންދާ ވޯޓަރ ސްޕޯޓްސްގެ ހަރަކާތްތަކާއެކު، މޫދަށް މީހުން ގެއްލުމާއި، ކަނޑު އުޅަނދުފަހަރަށް ދިމާވާ އެކިއެކި އިންސިޑެންޓްތައް ފަދަ ހާދިސާތައްވެސް އިތުރުވަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެފަދަ ހާދިސާތަކުގައި، ސިފައިން މުހިންމު އޮޕަރޭޝަންތައް ހިންގަމުންދާއިރު، ސިފައިންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާވެސް ބޮޑުވެފައިވާކަމަށް ޝަމާލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަމާލް އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި، އެމްއެންޑީއެފްގެ ތަމްރީނާއި ތައުލީމުގެ ނިޒާމަށް ގެންނަންފެށި ބަދަލުތަކާއެކު ގިނަ ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އަދި، އެ ކުރިއެރުންތަކާއެކު، މިއަދު އެމްއެންޑީއެފުން ސިފައިން ތަމްރީނުކޮށް ތަރައްގީކުރުމަށްޓަކައި، ފުޅާ ދާއިރާއެއްގައި ޕްރޮގްރާމްތަކާއި ކޯސްތައް ހިންގަމުން ގެންދާކަމަށާއި، އެ ހުރިހާ ތަމްރީނުތަކެއްގެ ތެރެއިންވެސް ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް ތަފާތު ވަނީ، ބޭރުގެ އަސްކަރިއްޔާތަކުން ބައިވެރިވާ ހަމައެކަނި ޕްރޮގްރާމަށް އެ ކޯސް ވެގެންދާތީކަމަށް ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ.

ކޯސްޓްގާޑު 10 ވަނަ ބޭސިކް ޑައިވިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ކޯހުން ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވައި، ކޯހުން ފާސްވި ދަރިވަރުންނަށް ޑައިވަރސް ބެޖް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލެވެ. އަދި ކޯހުގެ އިންސްޓްރަކްޓަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ކާނަލް އިބްރާހީމް ހިލްމީއެވެ. 

ކޯސްޓްގާޑު 10 ވަނަ ބޭސިކް ޑައިވިންގ ކޯހުގެ "ފަސްޓް އިން މެރިޓް އެވޯޑް" ހާސިލްކޮށްފައިވަނީ ލާންސް ކޯޕްރަލް އަބްދުﷲ މަޖީދެވެ. "ބެސްޓް ޑައިވަރ" އަދި "ބެސްޓް ފޮރިން ޑައިވަރ" އެވޯޑު ހާސިލުކުރީ ރޯޔަލް މެލޭޝިއަން ނޭވީގެ ލީޑިންގ ރޭޓް ޑައިވަރ މުހައްމަދު ޚައިރުލް ރެޒާ ބިން ހަކެމީއެވެ. އަދި ކޯހުގެ "ފިޓެސްޓް ޑައިވަރ" އެވޯޑް ހާސިލުކުރީ ލާންސް ކޯޕްރަލް އިބްރާހީމް މުނާޒެވެ.

މެއި 25 ވަނަ ދުވަހުން ފެށިގެން ހިންގި މި ކޯހުގައި 15 ދަރިވަރުން ބައިވެރިވެ، 12 ދަރިވަރަކު ވަނީ ކޯހުން ސެޓްފިކެޓް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ ހަތަރު އަސްކަރިއްޔާއަކަށް ނިސްބަތްވާ ދަރިވަރުންވެސް ހިމެނޭއިރު، އޭގެތެރޭގައި ހިމެނެނީ; އިންޑިއާ، ނޭޕާލް، ބަނގްލަދޭޝް އަދި މެލޭޝިއާގެ އަސްކަރިއްޔާގެ ސިފައިންނެވެ.

އެ ކޯހުގައި ދަރިވަރުންނަށް ޑައިވިންގ ހިސްޓްރީ އެންޑް ރެގިއުލޭޝަން، ފިޒިކަލް އެޑިޔުކޭޝަން، ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިންގ، ޑައިވިންގ އިކުއިޕްމެންޓްސް އެންޑް އެކްސަސަރީޒް، ޑައިވިންގ ޓޭބަލް އެންޑް ކޮމްޕިއުޓަރޒް، ޑައިވިންގ ފަސްޓްއެއިޑް، ޑައިވިންގ ސްކިލް، ޑައިވިންގ އޮޕަރޭޝަން، ވެސަލް ރެސްކިޔު އެންޑް ސެލްވޭޖް، ޑައިވިންގ ކޮމިއުނިކޭޝަން، ޑައިވިންގ ސަރޗް ޕެޓަރންސް އަދި ދަރިވަރުންގެ އެޓިޓިއުޑާ ގުޅޭގޮތުން އުނގަންނައިދީފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު