Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓޭޒަރ އިންސްޓްރަކްޓަރ ކޯސް

ޕްރިޒަން އޮފިސަރުންނަށް ޓޭޒަރ އިންސްޓްރަކްޓަރ ކޯސް ހިންގައިފި

23 އޯގަސްޓު 2022 | އަންގާރަ 13:02

މި ކޯހުގެ ބައިވެރިންނަކީ އެމްސީއެސްގެ 4 އޮފިސަރުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ 4 އޮފިސަރުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 އޯގަސްޓު 2022 | އަންގާރަ 13:02
ޓޭޒަރ އިންސްޓްރަކްޓަރ ކޯސް

ޓޭޒަރ އިންސްޓްރަކްޓަރ ކޯސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)އިން އެކްސޮން ކޮމްޕެނީއާ ގުޅިގެން ކުރިއަށްގެންދިޔަ ފުރަތަމަ "ޓޭޒަރ އިންސްޓްރަކްޓަރ ކޯސް" ނިމިއްޖެއެވެ. 

މި ކޯހުގެ މަގުސަދަކީ މުސްތަގުބަލުގައި އޮފިސަރުންނަށް ޓޭޒަރއާގުޅޭ ކްލާސްތައް ނަގައިދޭނެ މުދައްރިބުން އުފެއްދުމެވެ. މީގެ އިތުރުން ޓޭޒަރ ޒިންމާދާރުކޮށް ބޭނުންކުރާނެ ގޮތްތައް މި ކޯހުގައި ކިޔައިދޭނެއެވެ.

Advertisement - newsAdvertisement

މިއަދު މާފުށީ ޖަލުގައި ބޭއްވި ކޯސް ނިމުމުގެ ރަސްމިއްޔާތުގައި ކޯސް ފުރިހަމަކުރި 8 ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މި ކޯހަކީ 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޯހެކެވެ. މި ކޯހުގެ ބައިވެރިންނަކީ އެމްސީއެސްގެ 4 އޮފިސަރުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ 4 އޮފިސަރުންނެވެ.

ޓޭޒަރއަކީ ދުނިޔޭގައި ކުރިއަރަމުން އަންނަ ލޯ އެންފޯސްމަންޓް އޭޖެންސީތަކުގައި ބޭނުންކުރެވެމުން އަންނަ އާލާތެކެވެ. އަދި ޓޭޒަރ ބޭނުންކޮށްގެން އެންމެ ގެއްލުން ކުޑަ ގޮތަކަށް މީހުން ކޮންޓްރޯލްކުރެވޭނެއެވެ.

މި ކޯހުގެ ބައިވެރިންނަށް ކިޔަވައިދީފައިވަނީ އެކްސަން ކޮމްޕެނީގެ ސީނިއަރ އިންޓަރނޭޝަނަލް ޓްރޭނިންގ މެނޭޖަރ މރ. ނިކް ޑޭވީޒްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މރ. ޑޭވީޒް ވަނީ، ކޯހުގައި ކިޔަވައިދެއްވުމަށް ފުރުސަތު އެރުވީތީ ޝުކުރުއަދާކުރައްވާފައެވެ. އަދި ޓޭޒަރ ރައްކާތެރިކޮށް، ޒިންމާދާރުކޮށް ބޭނުންކުރަން ދަސްވުމުން އޮފިސަރުންނަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރެވޭނެކަމަށާއި، ޓޭޒަރ އެކުލެވިގެންވަނީ ވަރަށް ހައި ޓެކްނޮލޮޖީގެ މައްޗަށްކަމަށާއި ރަނގަޅުގޮތުގައި އޭގެ ބޭނުންކުރުމަށް ޓްރޭނިންގ ހަދައިގެން ތިބި އޮފިސަރުން ތިބުމަކީ މުހިއްމުކަމެއްކަމުގައި މރ. ޑޭވީޒް ވިދާޅުވިއެވެ.

ޓޭޒަރއާގުޅޭ މައުލޫމާތު ސެޝަނެއް އެ ސަރވިސްގެ މަސައްކަތްތައް މޮނިޓަރކުރާ މުއައްސަސާތަކަށް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

20 އޯގަސްޓު 2017

ޕާޕާގެ އަނބިކަނބަލުންގެ ކަންބޮޑުވުންތައް ކޮމިޝަނަރ އޮފް ޕްރިޒަން އަށް ބަންޑުން ކޮށްލައިފި

20 އޯގަސްޓު 2017
ޕާޕާގެ އަނބިކަނބަލުންގެ ކަންބޮޑުވުންތައް ކޮމިޝަނަރ އޮފް ޕްރިޒަން އަށް ބަންޑުން ކޮށްލައިފި
29 ޖުލައި 2017

ޑިންގީއެއްގައި ފުރި މީހެއްގެ ޚަބަރެއް ނުވެގެން ހޯދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިއްޖެ

29 ޖުލައި 2017
ޑިންގީއެއްގައި ފުރި މީހެއްގެ ޚަބަރެއް ނުވެގެން ހޯދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިއްޖެ
20 ޖުލައި 2017

ވިލާކޮލެޖުން މިއަހަރު މުޅިން އައު ކޯސްތަކެއް ތަޢާރުފުކޮށްފި

20 ޖުލައި 2017
ވިލާކޮލެޖުން މިއަހަރު މުޅިން އައު ކޯސްތަކެއް ތަޢާރުފުކޮށްފި
31 މެއި 2017

އެކްސިޑެންޓްގައި ދެފަރާތުގެ އިހުމާލު ވެސް އެބައޮތް: ކޯސްޓްގާޑު

31 މެއި 2017
އެކްސިޑެންޓްގައި ދެފަރާތުގެ އިހުމާލު ވެސް އެބައޮތް: ކޯސްޓްގާޑު
26 މެއި 2017

މާލޭ ދެކުނު ފަރާތުގައި ނެރުމައްޗަށް ދޯންޏެއް އެރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

26 މެއި 2017
މާލޭ ދެކުނު ފަރާތުގައި ނެރުމައްޗަށް ދޯންޏެއް އެރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި
13 އެޕްރީލު 2017

ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި

13 އެޕްރީލު 2017
ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި
09 އެޕްރީލު 2017

ޓިވެޓުން ހިންގާ ކޯސްތަކުގެ ފެންވަރު ރަގަޅު ކުރުމުގެ މަސައްކަތް ފަށައިފި

09 އެޕްރީލު 2017
ޓިވެޓުން ހިންގާ ކޯސްތަކުގެ ފެންވަރު ރަގަޅު ކުރުމުގެ މަސައްކަތް ފަށައިފި
02 މާރިޗު 2017

ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި

02 މާރިޗު 2017
ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި
16 ފެބުރުއަރީ 2017

ޑައިވިނަށް ދިޔަ ދިވެއްސެއްގެ ޚަބަރެއް ނުވެގެން ކޯސްޓް ގާޑުން ހޯދަން ފަށައިފި

16 ފެބުރުއަރީ 2017
ޑައިވިނަށް ދިޔަ ދިވެއްސެއްގެ ޚަބަރެއް ނުވެގެން ކޯސްޓް ގާޑުން ހޯދަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް