Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތަރައްގީގެ މަޝްރޫއުތަކުގައި ސޮއިކުރުން

މަޑުއްވަރީ ބަނދަރާއި، މުލަކާއި އުނގޫފާރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމަށް 38.9 މިލިއަން ރުފިޔާ ކަނޑައަޅާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 އޯގަސްޓު 2022 | އަންގާރަ 11:11
މަޑުއްވަރީ، މުލައް އަދި އުނގޫފާރުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި

މަޑުއްވަރީ، މުލައް އަދި އުނގޫފާރުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި

101.15 މިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއުގެ އެއްބަސްވުންތަކެއް ގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރއިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި އެކު ސޮއިކޮށްފިއެވެ.

ތަރައްގީގެ މި މަޝްރޫއުތަކަކީ މ. މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވައްސާއި، ރ. އުނގޫފާރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އިތުރުން މ. މަޑުއްވަރީ ބަނދަރު ހެދުމުގެ މަޝްރޫއެވެ.

Advertisement - newsAdvertisement

މި މަޝްރޫއުގެ ތެރެއިން މ. މުލައް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތަށް 38.96 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ. މި މަޝްރޫއުގެ ދަށުން 343.03 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 539.9 މީތަރުގެ ބޮޑުހިލައިގެ ގްރޮއިން ގާއިމްކުރުމާއި، ގިރާ ސަރަހައްދުގެ ގޮނޑުދޮށް ވެލިން މުއްސަނދިކުރުން ހިމެނެއެވެ. މި މަޝްރޫއު ނިންމަން ދީފައިވަނީ 450 ދުވަހެވެ.

މި މަޝްރޫއުގެ އިތުރުން ރ. އުނގޫފާރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު، ޑިޒައިން އެންޑް އަމަލީ މަސައްކަތް ކުރަން ހަވާލުކުރީ 11.11 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން 120 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ އަދި 110 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ގާއިމްކުރުމާއި، ގިރާ ސަރަހައްދުގެ ގޮނޑުދޮށް ވެލިން މުއްސަނދިކުރުން ހިމެނެއެވެ. މި މަޝްރޫއު ނިންމަން ދީފައިވަނީ 180 ދުވަހެވެ.

މީގެ އިތުރުން މ. މަޑުއްވަރީ ބަނދަރު ހެދުމުގެ މަޝްރޫގެ ދަށުން، އެ ބަނދަރު ފުންކުރުމާއި، ބަނދަރަށް ވަންނަ ނެރު ފުންކުރުމުގެ އިތުރުން ސޭންޑް ފިލް ބްރޭކްވޯޓަރ ރިކްލަމޭޝަން އަދި 600 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުން ހިމެނެއެވެ. މީގެ އިތުރުން 122 މީޓަރ ރިވެޓްމަންޓް ޖެހުން ހިމެނޭ އިރު، މިއީ 51.08 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް ނިންމަން ދީފައިވަނީ 480 ދުވަހެވެ.

މި ތިން ކޮންޓްރެކްޓްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2017

މަޑުއްވަރީ ރައްޔިތުން ތިބީ މަޖިލީހުގައި ވަކާލާތު ކުރުމުގެ ފުރުޞަތު ނެތި، ރައްޔިތުން މުޒާހަރާއަށް ނުކުންނަވާ: ޝިފާޒް

24 އޮކްޓޯބަރު 2017
މަޑުއްވަރީ ރައްޔިތުން ތިބީ މަޖިލީހުގައި ވަކާލާތު ކުރުމުގެ ފުރުޞަތު ނެތި، ރައްޔިތުން މުޒާހަރާއަށް ނުކުންނަވާ: ޝިފާޒް
18 ސެޕްޓެމްބަރު 2017

މ. މަޑުއްވަރީން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކަނޑުގެ މަގުންނާއި ވައިގެ މަގުންވެސް ބަލަން ފަށައިފި

18 ސެޕްޓެމްބަރު 2017
މ. މަޑުއްވަރީން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކަނޑުގެ މަގުންނާއި ވައިގެ މަގުންވެސް ބަލަން ފަށައިފި
17 ސެޕްޓެމްބަރު 2017

މ. މަޑުއްވަރީގައި އުމުރުން ދުވަސްވީ މީހަކު ޚަބަރެއް ނުވެގެން ހޯދަން ފަށައިފި

17 ސެޕްޓެމްބަރު 2017
މ. މަޑުއްވަރީގައި އުމުރުން ދުވަސްވީ މީހަކު ޚަބަރެއް ނުވެގެން ހޯދަން ފަށައިފި
15 ސެޕްޓެމްބަރު 2017

އުނގޫފާރު ލޯންޗަކާއި، ދޯންޏެއްޖެހި ހިނގި އެކްސިޑެންޓުގައި ބޮޑެތި ގެއްލުންތަކެއްވެ، ބަޔަކަަށް އަނިޔާވެއްޖެ

15 ސެޕްޓެމްބަރު 2017
އުނގޫފާރު ލޯންޗަކާއި، ދޯންޏެއްޖެހި ހިނގި އެކްސިޑެންޓުގައި ބޮޑެތި ގެއްލުންތަކެއްވެ، ބަޔަކަަށް އަނިޔާވެއްޖެ
12 ސެޕްޓެމްބަރު 2017

ރޮހިންޖާ ޓެލެތޯންއަށް ރ.އުނގޫފާރުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ!

12 ސެޕްޓެމްބަރު 2017
ރޮހިންޖާ ޓެލެތޯންއަށް ރ.އުނގޫފާރުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު