Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލާޓޭ އަރޓް

ކޮފީތަށީގައި އަޅާލާ ކުރެހުމަކުން އިތުރު ހިތްގައިމުކަމެއް: ނޫންތަ؟

ލާޓޭ އަރޓް މުބާރާތަކީ އޭގެ ޒާތުގައި އަމިއްލަ ޤަވައިދުތަކަކާއި އުސޫލުތަކެއް ހަމަޖެހިފައި އޮންނަ ބައިނަލްއަގުވާމީ މުބާރާތެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 23 އޯގަސްޓު 2022 | އަންގާރަ 08:05
ކަސްޓަމަރުންގެ މޫނުމަތިން އުފާވެރިކަން ފެންނަ ހިސާބުން، ލާޓޭ އަރޓްގެ ހުނަރު ކުރިއަރުވަން ބަރިސްތާއިން ވެސް ޝަޢުޤުވެރިވޭ

ކަސްޓަމަރުންގެ މޫނުމަތިން އުފާވެރިކަން ފެންނަ ހިސާބުން، ލާޓޭ އަރޓްގެ ހުނަރު ކުރިއަރުވަން ބަރިސްތާއިން ވެސް ޝަޢުޤުވެރިވޭ

މީލާދީން 15 ވަނަ ޤަރުނުގެ ތެރޭގައި، ޔަމަނުގައި ބުއިމެއްގެ ގޮތުގައި އެންމެ ފުރަތަމަ ތަޢާރަފުވެގެން އައި ކޮފީއަކީ މިއަދު ދުނިޔޭގެ ކޮންމެ ހިސާބަކަށް ބެލި ކަމުގައި ވީ ނަމަވެސް އެންމެ ގިނަ ބައެއްގެ މެދުގައި އެންމެ މަޤުބޫލު ބުއިމަށް ވާނެކަން ޔަޤީނެވެ.

ކޮފީ ބުއިމުގެ އާދަކާދައަށް ޒަމާނުއްސުރެ އިންޤިލާބީ ބަދަލުތަކެއް އަންނަމުން ދާއިރު، އާވިން ހޫނުކޮށް، އޮލަކުރާ ކިރުން ކޮފީގައި އެކި ކަހަލަ ފަރުމާތައް ކުރުމަކީވެސް ކޮފީ ސަރވް ކުރާ ބަރިސްތާގެ ހުނަރާއި ފަންނުގެ ރަމްޒަކަށް އޮންނަނީ ވެފައެވެ. އޮލަ ކިރުން ކޮފީގައި އަޅާ ކުރެހުންތަކަކީ ހިތްގައިމު ކުރެހުންތަކަކަށް ވީ ނަމަވެސް، އެ ފެންވަރަށް ކުރަހާލުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ކަމެއް ނޫނެވެ.

ކޮފީ ތަށީގައި އަޅާ ލާޓޭ އާޓަކީވެސް ފަންނަކަށް ވާއިރު، މިއީ ބަރިސްތާއިންގެ މެދުގައި ވާދަވެރިކަމާއެކު ކުރަމުން އަންނަ ކަމެއްވެސްމެއެވެ.

ލާޓޭ އަރޓްގެ ހުނަރު ދައްކާލުމަށް އެފަދަ މުބާރާތެއް އެންމެ ފަހުން ކުރިއަށް ގެންދިޔަ އެއް ޤައުމަކީ އުރުދުންއެވެ. އުރުދުންގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ބަރިސްތާއިން ބައިވެރިވެގެން ކުރިއަށް ގެންދިޔަ ލާޓޭ އަރޓް މުބާރާތުގައި، ކޮފީގައި ކުރެހުމުގެ އެކިކަހަލަ ފަންނުތައް ވަނީ ދައްކާލާފައެވެ.

ވެރިރަށް އައްމާން، އިރްބީދް އަދި އަޤަބާގައި އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ލާޓޭ އަރޓް މުބާރާތުގައި 70 އަށް ވުރެ ގިނަ ބަރިސްތާއިން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރެއިން ފައިނަލަށް ދަތުރު ކުރީ 18 ބަރިސްތާއިންނެވެ.

ލާޓޭ އަރޓް މުބާރާތަކީ އުރުދުންގެ އާދަކާދައާ ގުޅިފައިވާ ޖޯޑަން ކޮފީ ފެސްޓިވަލްގެ ތެރެއިން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. ދޭސީ ފެންވަރުގައި ކުރިއަށް ގެންދިޔައެއް ކަމަކު، މުބާރާތް އިންތިޒާމް ކުރާ ފަރާތްތަކުން ތިބީ ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތެއް ކުރިއަށް ގެންދެވޭނެ ކަމުގެ ފޮނި އަޒުމުގައެވެ.

ޖޯޑަން ކޮފީ ފެސްޓިވަލަކީ އުރުދުންއަށް އިމްޕޯރޓްކުރާ އެކި ކަހަލަ ކޮފީ ބްރޭންޑްތަކާއި، ކޮފީއާ ގުޅުން ހުރި އެކި ކަހަލަ މެޝިނަރީއާއި އެނޫންވެސް އާލާތްތައް އެއް ތަނަކުން ދައްކާލުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. ޖޯޑަން ކޮފީ ފެސްޓިވަލުގެ މައިގަނޑު މަޤުޞަދަކީ އުރުދުންގެ އާދަކާދަތަކަ ގުޅިފައިވާ ކޮފީގެ ޘަޤާފަތް ޕްރޮމޯޓު ކުރުމެވެ.

ކޮފީއަކަށް އަރާލުމަކީ އަދުގެ ޒަމާނީ ފެޝަނަށް ވެފައިވާ އިރު، ކޮފީތަކަށް ދިއުމަކީ ދިރިއުޅުމުގައި ދިމާވާ އެކި ކަހަލަ ހާސްކަމާ، ނުތަނަވަސްކަމުން ދުރުކޮށްދޭ ކަމެއް ކަމަށް ކޮފީއަށް ލޯބިކުރާ މީހުން ބުނެއެވެ. ހަމަ އެކަނި ކަޅު ކޮފީއެއްގެ ބަދަލުގައި، މޮޅު ގޮތަކަށް ފަރުމާކޮށްފައި ހުންނަ ކިރު ކޮފީތައްޓަކީ، ކޮފީތަކަށް އަރާ މީހުންގެ އިންސްޓަގްރާމް ފީޑް ފަޅުފިލުވާލަދޭ ބައިވެރިއަކަށްވެސް ގިނަ ފަހަރު އޮންނަނީ ވެފައެވެ.

އިތުރަށް ކިޔާލަން

20 މާރިޗު 2018

އިރްފާން އިތުރު ފަރުވާ އަށް ލަންޑަނަށް

20 މާރިޗު 2018
އިރްފާން އިތުރު ފަރުވާ އަށް ލަންޑަނަށް
04 ޖެނުއަރީ 2018

ޓައިގާ ޒިންދާހޭ: އަދިވެސް ލިބޭ ކާމިޔާބު އިތުރު

04 ޖެނުއަރީ 2018
ޓައިގާ ޒިންދާހޭ: އަދިވެސް ލިބޭ ކާމިޔާބު އިތުރު
03 ޑިސެމްބަރު 2017

ރޮނާލްޑޯގެ މަގްބޫލުކަން އިންސްޓާގްރާމުގައި ވަރަށް ބޮޑަށް އިތުރުވެއްޖެ

03 ޑިސެމްބަރު 2017
ރޮނާލްޑޯގެ މަގްބޫލުކަން އިންސްޓާގްރާމުގައި ވަރަށް ބޮޑަށް އިތުރުވެއްޖެ
29 ނޮވެމްބަރު 2017

"އޯލްޑް އިޒް ގޯލްޑް"ގެ އިތުރު ޕާޓްނަރުންނާއި އެކު ސޮއިކޮށްފި

29 ނޮވެމްބަރު 2017
"އޯލްޑް އިޒް ގޯލްޑް"ގެ އިތުރު ޕާޓްނަރުންނާއި އެކު ސޮއިކޮށްފި
17 އޮކްޓޯބަރު 2017

ޓްރަމްޕް ސިޑިން އަރާވަޑައިގަންނަވަން ބިރުފުޅުގަންނަވާކަމުގެ އިތުރު ހެކި!

17 އޮކްޓޯބަރު 2017
ޓްރަމްޕް ސިޑިން އަރާވަޑައިގަންނަވަން ބިރުފުޅުގަންނަވާކަމުގެ އިތުރު ހެކި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު