Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ މާކެޓް

ވިލަރެއާލުން ކަވާނީއަށް ޝައުގުވެރިވާކަމަށް އެމެރީ ބުނެފި

އެމެރީ ބުނީ ސްޕެއިންއަށް އަންނަން ކަވާނީ ބޭނުންވާ ކަމަށާއި، އެކަން ވުމަކީ ގާތް ކަމެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 އޯގަސްޓު 2022 | އަންގާރަ 03:22
އުނާއި އެމެރީ

އުނާއި އެމެރީ

އުރުގުއޭގެ ފޯވާޑް އެޑިސަން ކަވާނީ އަށް ޝައުގުވެރިވާ ކަމަށް ވިލަރެއާލްގެ ކޯޗު އުނާއި އެމެރީ ބުނެފިއެވެ.

އުމުރުން 35 އަހަރުގެ ފޯވާޑް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ޓީމުތަކުގެ ތެރޭގައި ވިލަރެއާލް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ވިލަރެއާލްގެ އިތުރުން ވެލެންސިއާ އާއި ފްރާންސް ލީގުގެ ނީސް އިން ކަވާނީ ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ކުރިމަގާ ގުޅޭ ގޮތުން ދާދި ފަހުން ކަވާނީ ބުނީ، މިވަގުތު އޭނާ ކުޅޭނެ ކޮން ޓީމަކަށް ކަން ބުނަން ނޭންގޭ ކަމަށެވެ. އޭނާ ބުނީ މިއީ ފުޓުބޯޅަ ކަަމަށާއި، އޭނާ ހުރީ ވަރަށް ރަނގަޅަށް ކަމަށެވެ، މީގެ އިތުރުން ކަވާނީ ބުނީ އޭނާ ދާން ބޭނުންވަނީ، އޭނާއަށް އިތުބާރުކޮށް، އޭނާ ގެންދަން ބޭނުންވާ ޓީމަކަށް ކަމަށެވެ.

އެމެރީ ބުނީ އޭނާ ކަވާނީއާ ވާހަކަ ދެއްކި ކަމަށާއި، އޭނާއާ ދެމެދު އޮންނަނީ ރަނގަޅު ގާތް ގުޅުމެއް ކަމަށެވެ. މީގެ އިތުރުން އެމެރީ ބުނީ ސްޕެއިންއަށް އަންނަން ކަވާނީ ބޭނުންވާ ކަމަށާއި، އެކަން ވުމަކީ ގާތް ކަމެއް ކަމަށެވެ. އަދި ކަވާނީގެ ކުޅުމާމެދު އޭނާ ހިތްހަމަ ޖެހޭ ކަން އެމެރީ ވަނީ ފާހަގަކޮށްފައެވެ.

ކަވާނީ ވަނީ ފްރާންސްގެ ގަދަ ބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ހަތް އަހަރު ވަންދެން ކުޅެދީފައެވެ. ޕީއެސްޖީއަށް 301 މެޗު ކުޅެދީ 200 ލަނޑު ޖަހައިދިނުމަށްފަހު ދެން އޭނާ ބަދަލުވީ މެންޗެސްޓަރ ޔުނައިޓެޑަށެވެ. ޔުނައިޓެޑުގައި ކަވާނީ ވަނީ ދެ އަހަރު ހޭދަކޮށްފައެވެ. އެ މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް 59 މެޗު ކުޅެދީ 19 ލަނޑު ޖަހާފައެވެ.

އުރުގުއޭގެ ޤައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ކަވާނީ ވަނީ، ޤައުމީ ޓީމާއެކު މިއަހަރު ޤަތަރުގައި އޮންނަ ވޯލްޑް ކަޕުން ވެސް ޖާގަ ހޯދާފައެވެ.

އިތުރަށް ކިޔާލަން

05 އޯގަސްޓު 2017

އަނބުރާ އިނގިރޭސިވިލާތަށް ދާން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުނެފި

05 އޯގަސްޓު 2017
އަނބުރާ އިނގިރޭސިވިލާތަށް ދާން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުނެފި
28 ޖުލައި 2017

ރެނާޓޯ ސަންޗޭޒް އަށް ޗެލްސީން ޝައުގުވެރިވާކަމަށް ބަޔާން އިން ބުނެފި

28 ޖުލައި 2017
ރެނާޓޯ ސަންޗޭޒް އަށް ޗެލްސީން ޝައުގުވެރިވާކަމަށް ބަޔާން އިން ބުނެފި
10 ޖުލައި 2017

އެވަޓަންގައި ރޫނީ ލާނީ ލުކާކޫގެ 10 ނަމްބަރު ޖޯޒީކަމަށް އެ ކްލަބުން ބުނެފި

10 ޖުލައި 2017
އެވަޓަންގައި ރޫނީ ލާނީ ލުކާކޫގެ 10 ނަމްބަރު ޖޯޒީކަމަށް އެ ކްލަބުން ބުނެފި
04 ޖުލައި 2017

ޑެނީ އަލްވޭސް ހޯދުމަށް ފެނަބާޗޭއިން މަސައްކަތް ނުކުރާކަމަށް އެ ކްލަބުން ބުނެފި

04 ޖުލައި 2017
ޑެނީ އަލްވޭސް ހޯދުމަށް ފެނަބާޗޭއިން މަސައްކަތް ނުކުރާކަމަށް އެ ކްލަބުން ބުނެފި
08 ޖޫން 2017

ޗެލްސީގައި ކޯސްޓާއަށް ކުރިމަގެއް ނެތްކަމަށް ކޯޗު ކޮންޓޭ ބުނެފި

08 ޖޫން 2017
ޗެލްސީގައި ކޯސްޓާއަށް ކުރިމަގެއް ނެތްކަމަށް ކޯޗު ކޮންޓޭ ބުނެފި
23 މެއި 2017

މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި

23 މެއި 2017
މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި
16 އެޕްރީލު 2017

ސަންޑަލޭންޑާއެކު މަޝްވަރާކުރި ކަމަށް ބާބެޓޯވް ބުނެފި

16 އެޕްރީލު 2017
ސަންޑަލޭންޑާއެކު މަޝްވަރާކުރި ކަމަށް ބާބެޓޯވް ބުނެފި
21 މާރިޗު 2017

ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި

21 މާރިޗު 2017
ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު