ށ.ބިލެއްފަހީ ސްކޫލުގެ 4 ކުލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފި
23 އޯގަސްޓު 2022 | އަންގާރަ 02:26މި މަސައްކަތް ހަވާލުކުރީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ

އާއިޝަތު ޝިއުރާ | 23 އޯގަސްޓު 2022 | އަންގާރަ 02:26

ށ ބިލެއްފަހި ސްކޫލްގައި ކްލާސްރޫމްތަކެއް އެޅުމަށާއި މަލްޓިޕާޕަސް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރަނީ
ށ.ބިލެއްފަހީ ސްކޫލުގެ 4 ކުލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެއީ 365 ދުވަސް ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިއީ 17,367,860.66ރ (ސަތާރަ މިލިއަން ތިންލައްކަ ދަސްދޮޅަސް ހަތް ހާސް އަށްސަތޭކަ ފަސްދޮޅަސް ރުފިޔާ)ގެ މަޝްރޫޢެކެވެ.
ސްކޫލްތަކުގެ ޖާގަ އިތުރުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން 1150 ކްލާސްރޫމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި 196 ކްލާސްރޫމް ނިމިފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.







