Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމިސްރުގެ ދޮން އަނބު ދަނޑުތައް

މޫސުމީ ނޭދެވޭ ބަދަލާއެކު ދޭސީ އަނބު ދޫކޮށް ބިދޭސީ އަނބަށް ބަރޯސާވާން މަޖުބޫރުވެއްޖެ

22 އޯގަސްޓު 2022 | ހޯމަ 05:52

ސުއްކަރާއި ޒިބްދާ ކަހަލަ، އުހަށް ހެދޭ ދޭސީ ބާވަތްތައް ހައްދަނީ، އެހެން ގަސްތަކަށް، ވަޔާއި ހިރަފުހުން، ހިޔަލާއި ސަލާމަތްތެރިކަން ހޯދާދޭންވެގެން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 22 އޯގަސްޓު 2022 | ހޯމަ 05:52
ދޮން އަނބަކީ މިޞްރުގެ ހޫނު މޫސުމާ ދޯޅު މޭވައެއް

ދޮން އަނބަކީ މިޞްރުގެ ހޫނު މޫސުމާ ދޯޅު މޭވައެއް

މިއަދު މުޅި ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ތަހައްމަލު ކުރަން ޖެހޭ އެކި ކަހަލަ ވޭންދެނިވި ތަކުލީފުތަކުގެ ބުރަކަން އިހުސާސް ކުރަން ޖެހިފައިވާ އެއް ބަޔަކީ، މިޞްރުގައި ކޯރުދެމޭ ސިޓީއެއް ކަމަށްވާ އިސްމާއިލިއްޔާގެ ދަނޑުވެރިންނެވެ. މިހެން މި ދަންނަވަން ޖެހުނީ ސަބަބެއް ނެތިއެއް ނޫނެވެ. އިސްމާއިލިއްޔާގެ ދަނޑުވެރިންނަކީ، މޫސުމީ ގޮތުން ކުރިމަތިލާން ޖެހޭ ފަންގަހަކާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަން ޖެހިފައި ތިބި ބައެކެވެ.

އާދަޔާ ޚިލާފަށް ހޫނު ގަދަ ވެގެން ދިއުމުގެ ސަބަބުން، މިދިޔަ އަހަރުވެސް ދަނޑުބިންތަކުގެ އުފެއްދުންތެރިކަމުން 70 ޕަސެންޓް ބޭކާރުވެފައިވާއިރު، ދަނޑުވެރިކަމުގެ ދާއިރާއަށް ހާއްސަ އިންޖިނިއަރު، ސާމިހު ހުސައިން ބުނީ މޫސުމީ ނޭދެވޭ ބަދަލުތަކަށް، ދަނޑުވެރިންގެ އާދާކާދަ ބަދަލުކޮށް، އެ ކަމަށް އަހުލުވެރިވާން ޖެހިފައި ވާ ކަމަށެވެ.

ވައި ދައުރު ކުރުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި، ގްރީންހައުސްތައް ތަރައްޤީކޮށް އެކަށީގެންވާ ގަހުކާނާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ސަބަބުން، ނޭދެވޭ ބަދަލުތަކުގެ ކުރިން ދަނޑުބިންތަކުގެ އުފެއްދުންތެރިކަން އޮތް މިންވަރާ ގާތަށް މިހާރު ހިސާބަކަށް ދެވެއެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކަށް އަހުލުވެރި ވެފައިވާ އުސޫލުން ދަނޑުވެރިކަން ކުރެވޭނެ އިންތިޒާމްތައް ތަނަވަސްވަމުން ދާ ވަރަކަށް ދަނޑުވެރިންވެސް ދަނީ ތަފާތު އެކި ކަންކަން ތަޖުރިބާތައް ކުރަމުންނެވެ. އެގޮތުން، އެންމެ ފޯރީގައި ކުރިއަށް ދާ އެއް މަސައްކަތަކީ، ބިދޭސީ މުޑުވަށްތަކުގެ ދޮން އަނބު ހެއްދުމުގެ މަސައްކަތެވެ.

އިސްމާއިލިއްޔާއަކީ އެތައް ހާސް އޭކަރަކަށް ދެމިގެންދާ ދޮން އަނބު ދަނޑުތަކަށް މަޝްހޫރު ސިޓީއެކެވެ. ދޮން އަނބަކީ މިޞްރުގެ ހޫނު މޫސުމާވެސް ދޯޅު މޭވައެކެވެ. ހޫނު މޫސުމުގެ ދުވަސްވަރު، މިޞްރުގެ އެކި ހިސާބުތަކުން ދޮން އަނބު ހުސް ނުވެއެވެ. މަގުތަކުގެ އެކި ހިސާބުތަކުގައި ޖަހާފައިވާ ކަޑަތަކުންވެސް ތާޒާ ދޮން އަނބުގެ ފޮނި މީރުކަން ތަޖުރިބާ ކުރަން ލިބެއެވެ.

ތިމާވެއްޓާ ރައްޓެހި، ތަފާތު، އާ މަޝްރޫއުތަކެއް މިޞްރުން ފެންނަމުންދާ މި ދަނޑިވަޅަކީ މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ އެންމެ ވަރުގަދަ އެއް ބައްދަލުވުން ކަމަށް ވާ ކޮންފަރަންސް އޮފް ޕާޓީޒް ގެ 27 ވަނަ ސަމިޓް ނުވަތަ ކޮޕް-27  އަށް މިޞްރުން ތައްޔާރު ވަމުންދާ ދަނޑިވަޅެކެވެ.

ނޮވެމްބަރު 7 އިން 18 އަށް ޝަރަމް އަލް-ޝައިޚްގައި އޮންނަ ކޮޕް-27 ސަމިޓްގެ ރިޔާސަތު ބަލަހައްޓާނީ މިޞްރުންނެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

28 މެއި 2021

ބޯޓު ތެރެއިން ވާލެއް ފެނިގެން އެއާ އިންޑިއާގެ ބޯޓެއް އަނބުރާ ޖައްސައިފި

28 މެއި 2021
ބޯޓު ތެރެއިން ވާލެއް ފެނިގެން އެއާ އިންޑިއާގެ ބޯޓެއް އަނބުރާ ޖައްސައިފި
10 ސެޕްޓެމްބަރު 2019

ކެންސަރުގެ ބައްޔަށް ފަރުވާ ހޯދުމަށް ފަހު ރިޝީ އަނބުރާ އިންޑިއާއަށް

10 ސެޕްޓެމްބަރު 2019
ކެންސަރުގެ ބައްޔަށް ފަރުވާ ހޯދުމަށް ފަހު ރިޝީ އަނބުރާ އިންޑިއާއަށް
15 އޯގަސްޓު 2019

ސްނެޕްޗެޓުގެ އައިކަން އަށް އައި ބަދަލާއެކު ގިނަބަޔަކު ނުރުހުން ފާޅުކޮށްފި

15 އޯގަސްޓު 2019
ސްނެޕްޗެޓުގެ އައިކަން އަށް އައި ބަދަލާއެކު ގިނަބަޔަކު ނުރުހުން ފާޅުކޮށްފި
10 ޖޫން 2019

"ފްރެންޑްސް" އަނބުރާ ގެންނަން ކާސްޓް އޮތީ ތައްޔާރަށްކަމަށް ޖެނިފަރ އެނިސްޓަން ބުނެފި!

10 ޖޫން 2019
"ފްރެންޑްސް" އަނބުރާ ގެންނަން ކާސްޓް އޮތީ ތައްޔާރަށްކަމަށް ޖެނިފަރ އެނިސްޓަން ބުނެފި!
22 ޖެނުއަރީ 2019

ކައިލީ މި އަނބުރަނީ ކޮން ގޭސް ގަނޑެއްބާ!

22 ޖެނުއަރީ 2019
ކައިލީ މި އަނބުރަނީ ކޮން ގޭސް ގަނޑެއްބާ!
04 ޖުލައި 2018

ކްރިސްޓަން ސްޓުވަރޓް އާއި ލުޕީޓާ ޏޮންގޯއާއެކު ޗާލީޒް އޭންޖަލްސް އަނބުރާ އަންނަނީ!

04 ޖުލައި 2018
ކްރިސްޓަން ސްޓުވަރޓް އާއި ލުޕީޓާ ޏޮންގޯއާއެކު ޗާލީޒް އޭންޖަލްސް އަނބުރާ އަންނަނީ!
28 މާރިޗު 2018

90ގެ ޓްރެންޑެއް ކަމަށްވާ 'ތޮންގް ހީލްސް' އަނބުރާ އައީ؟

28 މާރިޗު 2018
90ގެ ޓްރެންޑެއް ކަމަށްވާ 'ތޮންގް ހީލްސް' އަނބުރާ އައީ؟
14 ފެބުރުއަރީ 2017

މައިންބަފައިންގެ ހަރުކަށި އަމަލުތަކުން ކުދިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރޭ

14 ފެބުރުއަރީ 2017
މައިންބަފައިންގެ ހަރުކަށި އަމަލުތަކުން ކުދިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރޭ
14 ޖެނުއަރީ 2017

އަހަރެންގެ ދިރިއުޅުމަށް ދުވަހަކު ވެސް ކާޖަލް ދެން އަލުން އަނބުރާ ނާންނާނެ: ކަރަން ޖޯހަރު

14 ޖެނުއަރީ 2017
އަހަރެންގެ ދިރިއުޅުމަށް ދުވަހަކު ވެސް ކާޖަލް ދެން އަލުން އަނބުރާ ނާންނާނެ: ކަރަން ޖޯހަރު
07 ޖެނުއަރީ 2017

ކާޑޭޝިއަން އަނބުރާ ސޯޝަލް މީޑިއާއަށް!

07 ޖެނުއަރީ 2017
ކާޑޭޝިއަން އަނބުރާ ސޯޝަލް މީޑިއާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް