Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމުގެ ރަންޔޫބީލް

ފަތުރުވެރިކަމުގެ ރަންޔޫބީލާއި ގުޅިގެން އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަސް ސަރުކާރު ބަންދު

14 އޯގަސްޓު 2022 | އާދީއްތަ 09:45

ރާއްޖެއަށް ފަތުރުވެރިންގެ ފުރަތަމަ ގްރޫފެއް އައީ މީގެ 50 އަހަރު ކުރިން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 އޯގަސްޓު 2022 | އާދީއްތަ 09:45
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް | ރާއްޖެއެމްވީ

މި އަހަރުގެ އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން އާދިއްތަ ދުވަހު ބުނީ، މި އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސްކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، މި އަހަރަކީ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރާ އަހަރު ކަމަށްވުމާއެކު، މި އަހަރު އެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރެއްވުމަށް ސަރުކާރުން ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ.

ވުމާއެކު، 2022 އޮކްޓޫބަރު 3 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވާފައިވާތީ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވާކަން ރައީސް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

16 ފެބުރުއަރީ 2022 އަކީ، ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވިތާ 50 އަހަރުވީ ރަންޔޫބީލް ދުވަހެވެ. ރާއްޖެއަށް ފަތުރުވެރިންގެ ފުރަތަމަ ގްރޫފެއް އައީ މީގެ 50 އަހަރު ކުރިން 16 ފެބުރުއަރީ 1972ގައެވެ.

އިޓަލީވިލާތުގެ ޓުއަރ އޮޕަރޭޓަރެއް ކަމަށްވާ މިސްޓަރ ޖޯޖް ކޯބިންއާއެކު އިޓަލީވިލާތުގެ ފަތުރުވެރިންގެ 22 މީހުންގެ ގްރޫޕެއް 16 ފެބުރުއަރީ 1972ގައި ރާއްޖެ އައިސް ދެހަފުތާއަށް ރާއްޖޭގައި ތިބުން ހިމެނުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ފެށުން ކަމުގައެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އެކިއެކި ރޮނގުތަކުން ރާއްޖެއާ ރާއްޖޭގެ ރިސޯޓުތަކަށް އެންމެމަތީ ވަނަތައް 1990ގެ އަހަރުތަކުން ފެށިގެން އަންނަނީ ލިބެމުންނެވެ. މީގެ 20 އަހަރު ކުރިން 2000ގެ އަހަރުތައް ފެށުނުއިރު ރާއްޖޭގެ ފަތުރުވެރިކަން ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެމަތީ ދަރަޖައަށް އަރާފައެވެ.

ފަތުރުވެރިކަން މިހާރު ރާއްޖޭގެ އިގުތިސާދުގެ 40 އިންސައްތަ ހިއްސާކުރެއެވެ. ދެންހުރި ސިނާއަތްތައް ކުރިއެރުމުގައިވެސް ފަތުރުވެރިކަމުގެ ހިއްސާ ބޮޑެވެ.

ފަތުރުވެރިންރައީސް އޮފީސް

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

3

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2026

ވޭތުވެ ދިޔަ ތިން މަސް ދުވަސްތެރޭގައި 205 ސިޔާސީ މުވައްޒަފަކު ވަކިކޮށްފިން: މުންދު

06 ސެޕްޓެމްބަރު 2026
ވޭތުވެ ދިޔަ ތިން މަސް ދުވަސްތެރޭގައި 205 ސިޔާސީ މުވައްޒަފަކު ވަކިކޮށްފިން: މުންދު
31 އޯގަސްޓު 2026

މަޖިލީހުން ފާސްކޮށްފައިވާ ހަތް ބިލެއް ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

31 އޯގަސްޓު 2026
މަޖިލީހުން ފާސްކޮށްފައިވާ ހަތް ބިލެއް ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި
30 ޖޫން 2026

މިސާލަކަށް......!

30 ޖޫން 2026
މިސާލަކަށް......!
16 ޖޫން 2026

ރައީސްގެ ޕޯޑިއަމްގައި ޕީއެންސީގެ ވާހަކަ ނުދެއްކޭ، އެކަމަކު ޕީއެންސީގެ ޕޯޑިއަމްގައި ސަރުކާރުގެ ވާހަކަ ދެއްކޭ؟

16 ޖޫން 2026
ރައީސްގެ ޕޯޑިއަމްގައި ޕީއެންސީގެ ވާހަކަ ނުދެއްކޭ، އެކަމަކު ޕީއެންސީގެ ޕޯޑިއަމްގައި ސަރުކާރުގެ ވާހަކަ ދެއްކޭ؟
18 މެއި 2026

ވަކި ސަބަބެއް ނާާންގާ ރައީސް މުޢިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކޮށްފި

18 މެއި 2026
ވަކި ސަބަބެއް ނާާންގާ ރައީސް މުޢިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކޮށްފި
12 މެއި 2026

ޖަވާބު ދޭން ނޭނގެންޏާ ކީއް ކުރަން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް؟

12 މެއި 2026
ޖަވާބު ދޭން ނޭނގެންޏާ ކީއް ކުރަން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް؟
03 މެއި 2025

އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި

03 ފެބުރުއަރީ 2025

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި
30 ޖެނުއަރީ 2025

ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް

30 ޖެނުއަރީ 2025
ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް
23 ޑިސެމްބަރު 2024

ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟

23 ޑިސެމްބަރު 2024
ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް