Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުމްރާގެ އަޅުކަން

އުހުދު ޙައްޖު އެންޑް އުމްރާ ގްރޫޕުގެ ފަރާތުން އުމްރާއަށް ދިޔަ ފަރާތްތަކުން އުމްރާގެ އަޅުކަން ފަށައިފި

އުހުދު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ފަރާތުން އުމްރާއަށް ދިޔަ ފުރަތަމަ ގްރޫޕުގައި 38 މީހުން ދިޔަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 އޯގަސްޓު 2022 | އާދީއްތަ 09:32
އުހުދު ޙައްޖު އެންޑް އުމްރާ ގްރޫޕުގެ ފަރާތުން އުމްރާއަށް ދިޔަ ފަރާތްތައް މައްކާގައި

އުހުދު ޙައްޖު އެންޑް އުމްރާ ގްރޫޕުގެ ފަރާތުން އުމްރާއަށް ދިޔަ ފަރާތްތައް މައްކާގައި

އުހުދު ޙައްޖު އެންޑް އުމްރާ ގްރޫޕުގެ ފަރާތުން އުމްރާއަށް ދިޔަ ފަރާތްތަކުން އުމްރާގެ އަޅުކަން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އުހުދު ޙައްޖު އެންޑް އުމްރާ ގްރޫޕުން ބުނީ ހޮނިހިރު ދުވަހުގެ ފަތިހު 5:10 އުމްރާވެރިން ދިޔަ ފުލައިޓް ޖިއްދާގައި ޖައްސާފައިވާ ކަމަށެވެ. އުމްރާވެރިންގެ ހާލު ރަނގަޅުކަމަށްވެސް އެ ގްރޫއްޕުން ބުންޏެވެ.

އުހުދު ޙައްޖު އެންޑް އުމްރާ ގްރޫޕުން ބުނީ އުމްރާވެރިން ހޮޓަލަށް ދިއުމަށްފަހު، ސައިބޮއި ހަދައިގެން ތަވާފް ކުރަން ފަށާފައިވާ ކަމަށެވެ. އެ ގްރޫއްޕުން ބުނީ ބައެއް މީހުން ތަވާފްކޮށް ނިމެމުންދާ ކަމަށާއި، ބައެއް މީހުން ސަހުޔު ކުރަމުންދާ ކަމަށެވެ. އަދި ތަފާވްކޮށް ނިމިގެން އުމްރާވެރިން އަނބުރާ ހޮޓަލަށްދާނެ ކަމަށެވެ. އަދި ހޮޓަލަށް ދިއުމަށްފަހު ތަހައްލުލުވާނެކަމަށެވެ.

އުހުދު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ފަރާތުން އުމްރާއަށް ދިޔަ ފުރަތަމަ ގްރޫޕުގައި 38 މީހުން ދިޔައެވެ. އެޑްވާންސް ޓީމު މިމަހުގެ 11 ވަނަ ދުވަހުގެ މައްކާއަށް ގޮސްފައިވާއިރު، ބާކީ ތިބި މީހުން މިހާރު ވަނީ ހޮނިހިރު ދުވަހުގެ ފަތިހު ފުލައިޓުން ޖިއްދާއަށް ގޮސް އުމްރާގެ އަޅުކަން ފަށާފައެވެ. އުމްރާގައި ޖުމްލަ 14 ދުވަސް ހޭދަކުރާނެއެވެ.

މީގެއިތުރުން އެޖަމާއަތުގެ އެހީގައި އުމްރާއަށް ދިޔުމަށް ގިނަ ފަރާތްތަކުން އެދެމުންދާތީ މިހާރު ޑިސެމްބަރު މަހު އުމްރާއަށް ދިޔުމަށް ހުޅުވާލާފައިވާކަމަށް އެޖަމާއަތުން ބުނެއެވެ. މިހާތަނަށް އައިއިރު 100ށް ވުރެ ގިނަ މީހުން ޑިސެމްބަރު މަހުގެ އުމްރާގައި ދިޔުމަށް ރަޖިސްޓްރީވެފައިވާކަމަށް އެޖަމާއަތުން ބުނެއެވެ.

ޑިސެމްބަރު މަހުގެ އުމްރާއަށް އުހުދު ޙައްޖު އެންޑް އުމްރާ ގްރޫޕް މެދުވެރިކޮށް ދާ ފަރާތްތަކުން ދައްކަން ޖެހޭނީ 29،950 ރުފިޔާއެވެ. މި ދަތުރު ޑިސެމްބަރު މަހުގެ 20 އާއި 25 އާ ދެމެދުގެ ތާރީހެއްގައި އޮންނާނެ ކަމަށް އެ ގްރޫޕުން މައުލޫމާތު ދެއެވެ.

އުހުދު ޙައްޖު އެންޑް އުމްރާ ގްރޫޕް މެދުވެރިކޮށް ޑިސެމްބަރުގެ އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް 9633991 ނުވަތަ 9903771 އަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެއެވެ. އެ ގްރޫޕް މެދުވެރިކޮށް ދާ ފަރާތްތަކަށް ދެކޮޅު ޓިކެޓާއި ހުރުމާއި ކެއުމާއި އުމްރާ ވިސާގެ އިތުރުން ޠާއިފް އަދި ޖިއްދާއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

އުހުދު ހައްޖު އެންޑް އުމްރާ ގްރޫޕްއުމްރާގެ އަޅުކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް ބައިމިލިއަން ރުފިޔާއާއި ހަމައަށް ޖޫރިމަނާ

ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް ބައިމިލިއަން ރުފިޔާއާއި ހަމައަށް ޖޫރިމަނާ

10 އޮކްޓޯބަރު 2024
ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި ޖުލައި މަހު އުމްރާއަށް ދިޔަ ހުރިހާ އުމްރާވެރިން ކާމިޔާބުކަމާއެކު ދަތުރު ނިންމާލައިފި

ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި ޖުލައި މަހު އުމްރާއަށް ދިޔަ ހުރިހާ އުމްރާވެރިން ކާމިޔާބުކަމާއެކު ދަތުރު ނިންމާލައިފި

24 ޖުލައި 2024
ރައީސްގެ ދެކަނބަލުން އުމްރާއަށް ފުރާވަޑައިގެންފި

ރައީސްގެ ދެކަނބަލުން އުމްރާއަށް ފުރާވަޑައިގެންފި

10 މެއި 2024
ފައިސާ ދެއްކުމުގައި ސަމާލުވޭ، ހުއްދަ ނެތް ގްރޫޕްތަކުން އުމްރާއަށް މީހުން ގެންދަނީ ''ސައޫދީ ޓުއަރ''ގެ ނަމުގައި

ފައިސާ ދެއްކުމުގައި ސަމާލުވޭ، ހުއްދަ ނެތް ގްރޫޕްތަކުން އުމްރާއަށް މީހުން ގެންދަނީ ''ސައޫދީ ޓުއަރ''ގެ ނަމުގައި

09 މެއި 2024
ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި

ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި

07 މެއި 2024

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު