Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައުމީ ފެންވަރުގެ މަސައްކަތު ބައްދަލުވުން

"ރެގިއުލޭޓަރީ ސޭންޑްބޮކްސް އޮން ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރަންސީ"ގެ ބައްދަލުވުން ނިންމާލައިފި

11 އޯގަސްޓު 2022 | ބުރާސްފަތި 12:23

ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން 25 މުވައްޒަފުން ބައިވެރިވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 އޯގަސްޓު 2022 | ބުރާސްފަތި 12:23
ގައުމީ ފެންވަރުގެ މަސައްކަތުބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ގައުމީ ފެންވަރުގެ މަސައްކަތުބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، ޔުނައިޓެޑް ނޭޝަންސް ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއަރޒް (UN DESA)ގެ ޑިވިޜަން ފޮރ ޕަބްލިކް އިންސްޓިޓުޝަން އެންޑް ޑިޖިޓަލް ގަވަރންމަންޓް (DPIDG)، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (MMA) އަދި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް (UNESCAP)ން އިންތިޒާމް ކޮށްގެން "ރެގިއުލޭޓަރީ ސޭންޑްބޮކްސް އޮން ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރަންސީ"ގެ ނަމުގައި ކުރިއަށް ގެންދިޔަ ގައުމީ ފެންވަރުގެ މަސައްކަތުބައްދަލުވުން ނިންމާލައިފިއެވެ.

"ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް އެކައުންޓް" ޕްރޮޖެކްޓްގެ ދަށުން ބޭއްވި މި މަސައްކަތު ބައްދަލުވުމުގެ މަގުސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ގައުމީ ތަރައްގީ ގެނައުމަށްޓަކައި، "ފްރަންޓިއަރ ޓެކްނޯލޮޖީ" އަދި "ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރަންސީ"އެއް ތައާރަފުކުރުމުގައި މިހާރު ދިވެހިރާއްޖެއަށް ހުރި ގާނޫނީ ގޮންޖެހުންތަކާއި، އަދި މިފަދަ ޓެކްނޯލޮޖީތައް ތައާރަފްކުރުމުން ގައުމަށް ލިބެންހުރި ފުރުސަތުތަކާއި ހިރާސްތައް ދެނެގަތުމަށާއި، އަދި މިހާރުހުރި ގާނޫނީ އަދި ރެގިއުލޭޓަރީ އޮނިގަނޑުތަކުގެ ބޭރުން ވަކި އޮނިގަނޑެއްގައި ޓެކްނޯލޮޖީ ރެގިއުލޭޓްކޮށް ތަޖުރިބާކުރުމަށްޓަކައި، ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި ޕްރައިވެޓް ސެކްޓަރގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކުރުމެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ދެއްކެވި ވާހަކަފުޅުގައި، ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުންތައް މާކެޓަށް އަންނަމުންދާއިރު، މާލީ ދާއިރާގެ އިތުރުން ހުރިހާ ސިނާއަތަކުންވެސް، ބާޒާރުގައި ހުރި ފުރުސަތުތައް ހޯދައި އެ ފުރުސަތުތަކުގެ ބޭނުން ހިފުމަކީ، ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރަންޖެހިފައިވާކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެމްއެމްއޭއަކީ ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކަށްވެފައި، އަދި މާލީ ބާޒާރުގެ ރެގިއުލޭޓަރުގެ ހައިސިއްޔަތުން މި ޓެކްނޯލޮޖީތަކުން ހާސިލްކުރަންބޭނުންވާ ކަމަކީ، ގައުމުގެ މާލީ ހަމަޖެހުމާއި ޖުމްލަގޮތެއްގައި އިގުތިސާދު ކުރިއެރުވުމަށް ޓެކްނޮލޮޖީގެ ތެރެއިން ޒަމާނީ ވިސްނުންތަކެއް ގެންގުޅުންކަން ބަޔާންކުރެއްވިއެވެ. މީގެ އިތުރުން، މާލީ އަދި ޕޭމަންޓް ނިޒާމުގެ ތެރޭގައި ހިމެނޭ ޓެކްނޯލޮޖީތަކުގެ ވާހަކަ ދެކެވޭއިރު، ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރަންސީއަކީ އެމްއެމްއޭގައިވެސް ފުޅާދާއިރާގައި ބަހުސްކުރެވެމުންދާ ކޮންސެޕްޓެއްކަމާއި، ދުނިޔޭ ގިނަ މަރުކަޒީ ބޭންކްތަކުންވެސް ޝައުގުވެރިކަން ފާޅުކުރާ ޓެކްނޯލޮޖީއެއްކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި، މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާ ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްގީގައި ގެނައުމަށްޓަކައި، ފްރޮންޓިއަރ ޓެކްނޮލޮޖީގެ އާ ޖީލުގެ ސިފަތަކާއި ދައުރު މިއަދު އަޅުގަނޑުމެންނަށް ދޫކޮށްލެވެން ނެތްކަމަށެވެ. ކާރިސާއަކަށްފަހު ކާރިސާއެއްގެ ގޮންޖެހުންތައް ގައުމުތަކުގެ ސަރުކާރުތަކަށް ކުރިމަތިވަމުންދާއިރު، މިފަދަ ޓެކްނޯލޮޖީތައް ދިރާސާކޮށް އޭގެ ބޭނުން އެންމެ ފުރިހަމަގޮތެއްގައި ހިފަންވާނެކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ. އަދި މި ފަދަ ޓެކްޏޯލޮޖީތައް ބޭނުންކޮށްގެން އުޖާލާ އިގުތިސާދެއް ބިނާކުރާއިރު، ޓެކްނޯލޮޖީއަށް ހިތްވަރުދޭ، ބޭނުންކުރާފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި، ގާނޫނީ އަދި ރެގިއުލޭޓްކުރުމަށް ހުރި ހިރާސްތަކާއި ގޮންޖެހުންތައް ދެނެގަނެ ފިޔަވަޅު އެޅުމުގެ މުހިންމުކަމާއި މިފަދަ ޓެކްނޯލޮޖީ ތައާރަފްކުރާއިރު ހަމަހަމަކަމާއެކު ފުރުސަތު ދިނުމާއި، ޑިޖިޓަލް ޑިވައިޑް ނުވަތަ ޓެކްނޯލޮޖީ ލިބުމުގައި ސަރަހައްދީގޮތުން ހުރި ފަރަގު ވީހާވެސް ކުޑަކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގައި "ފިންޓެކް" ކުރިއެރުވުމަށް މަގުފަހިކުރުމަށް، ޑިޖިޓަލް ފައިސާއެއް ބޭނުންކުރަން ފެށުމަށްޓަކައި ބޭނުންވާ ބިންގާ އެޅުމަށް، ކަމާގުޅުންހުރި މުއައްސަސާތަކުގެ ގާބިލްކަން މި ޕްރޮޖެކްޓްގެ ތެރެއިން އިތުރުކުރުމެވެ.

"ފްރޮންޓިއަރ ޓެކްނޯލޮޖީ"އަކީ އާޓިފިޝަލް އިންޓެލިޖެންސް، އިންޓަރނެޓް އޮފް ތިންގްސް، އޮގްމެންޓެޑް/ވަރޗުއަލް ރިއަލިޓީ، ރޮބޮޓިކްސް، އޮޓޮނޮމަސް ވެހިކަލްސް، ސްޕޭސް، ޑިޖިޓަލް ފައިސާ އަދި ޖެނޯމިކްސް ފަދަ ޓެކްނޯލޮޖިކަލް ގާބިލުކަމާއި އެޑޮޕްޝަންގެ ބައުންޑަރީތަކަށް ބާރުއަޅާ އިންޑަސްޓްރީތައް ސިފަކުރުމަށް ބޭނުންކުރާ އިބާރާތެކެވެ. މިފަދަ ޓެކްނޮލޮޖީގެ ސަބަބުން އިގުތިސާދީ ސިނާއަތްތަކާއި މުވާސަލާތީ ގުޅުންތައް އަލުން ބައްޓަންވެ، މޫސުމަށް އަންނަ ބަދަލުތައްފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ލިބިގެންދާނެއެވެ.

ދެ ދުވަހަށް ކުރިއަށް ދިޔަ ބައްދަލުވުމުގައި، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން 25 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އެގޮތުން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހިމެނެއެވެ. އަދި ހަމަ އެއާއެކު، އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ހިންގާ ޑިޖިޓަލް ސިސްޓަމްތަކުގެ ޚިދުމަތްދޭ ދިވެހި ވިޔަފާރިތަކުންވެސް ވަނީ ބަައިވެރިވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު

09 ފެބުރުއަރީ 2017
އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް