Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
1 މިލިއަން ވަނަ ފަތުރުވެރިޔާ

1 މިލިއަން ވަނަ ފަތުރުވެރިޔާއަށް ހުކުރު ދުވަހު މަރުހަބާ ކިޔަނީ

2022 ވަނަ އަހަރު ރާއްޖެއިން 1.6 މިލިއަން ފަތުރުވެރިންނަށް މަރުޙަބާ ކިއުމަށް ލަނޑުދަނޑި ކަޑައަޅާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 އޯގަސްޓު 2022 | ބުރާސްފަތި 07:59
2021 ވަނަ އަހަރު ރާއްޖެ އައި 1.5 މިލިއަން ވަނަ ޓުއަރިސްޓް ރާއްޖެ އައުން ފާހަގަ ކުރުން

2021 ވަނަ އަހަރު ރާއްޖެ އައި 1.5 މިލިއަން ވަނަ ޓުއަރިސްޓް ރާއްޖެ އައުން ފާހަގަ ކުރުން

ކޮވިޑް-19ގެ ބަލިމަޑުކަމާއި ޖިއޮޕޮލިޓިކަލް ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކުވެސް މިއަހަރުގެ ރާއްޖެއަށް ޒިޔާރަތްކުރާ 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް ހުކުރު ދުވަހު މަރުހަބާ ކިޔޭނެކަމަށް އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވަނީ ބައިނަލްއަޤްވަމީ ގޮތުން ކުރިމަތިވި އެކި ގޮންޖެހުންތަކާއެކު ވެސް މި ކާމިޔާބީ ހަޤީޤަތަކަށް ހެދުމުގައި ޝާމިލްވި ހުރިހާ ފަރާތްތަކަށް ތައުރީފު ކުރައްވާ، ޝުކުރުއަދާކުރައްވާފައެވެ.

ތޮއްޔިބު ވިދާޅުވީ މިއީ އުފާވެރި މުނާސަބަތެއް ކަމަށެވެ. އަދި ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް 1 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިއުމާ ގާތަށް އާދެވިފައިވާ ކަމަށާއި، މިއީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނާއި، ސްޓޭކްހޯލްޑަރުން ރެ އާއި ދުވާލު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. މި ކާމިޔާބީ ފާހަގަކުރާއިރު، އެމްއެމްޕީއާރުސީގެ މަސައްކަތް މިހާ ހިސާބުން ނިމުނީކީ ނޫން ކަމަށާއި، ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ދެމިހުރުމަށް، އަދި މި ވާދަވެރި ޒަމާނުގައި މަންޒިލްގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ހިތްވަރާއެކު ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އަދި އެމްއެމްޕީއާރުސީއިން ހުއްޓުމެއްނެތި ދަނީ ސަނީ ސައިޑް އޮފް ލައިފް ދުނިޔޭގެ ފެންވަރުގައި ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

މިއަހަރުގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ 2022 ވަނަ އަހަރު ރާއްޖެއިން 1.6 މިލިއަން ފަތުރުވެރިންނަށް މަރުޙަބާ ކިއުމަށް ލަނޑުދަނޑި ކަޑައަޅާފައިވާކަން އިއުލާން ކުރައްވާފައެވެ.

2022 ވަނަ އަހަރުގެ ޖުލައި 31 ގެ ނިޔަލަށް 136،828 ފަތުރުވެރިންނާއެކު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. ރާއްޖެއަށް 2 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓެއްގެ ގޮތުގައި އޮތީ 109،926 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ. މި އަހަރު ރާއްޖެއަށް ދެން އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓްތަކުގެ ތެރޭގައި ހިމެނެނީ 101،409 ފަތުރުވެރިންނާއެކު ރަޝިޔާ، 76،224 ފަތުރުވެރިންނާއެކު ޖަރުމަނުވިލާތް އަދި 53،588 ފަތުރުވެރިންނާއެކު އިޓަލީއެވެ. މި އަހަރުގެ މިހާތަނަށް ގަދަ 10 ސޯސް މާކެޓްގެ ލިސްޓުގައި ދެން ތިބި ޤައުމުތަކުގެ ތެރޭގައި އެމެރިކާ، ފަރަންސޭސިވިލާތް، ސައުދީ އަރަބިއްޔާ، ސްވިޒަލޭންޑް، އަދި ސްޕެއިން ހިމެނެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ދުނިޔޭގައި ފެތުރެންފެށި ފަހުން، ޙާއްސަކޮށް ބައިނަލްއަގްވާމީ ދަތުރުފަތުރަށް ޗައިނާގެ ބޯޑަރުތައް ބަންދުކުރި ފަހުން، އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ތިން މާކެޓުގެ ލިސްޓުގައި ހިމެނި އެމަޤާމް ދަމަހައްޓާފައިވާ ގައުމެކެވެ. ޗައިނާގެ ބޯޑަރުތައް އަދިވެސް އޮތީ ބައިނަލްއަގްވާމީ ދަތުރުފަތުރަށް ބަންދުކޮށްފައެވެ.

ރާއްޖެ ދުނިޔޭގެ ފެންވަރުގައި ޕްރޮމޯޓްކުރުމަށާއި، މުހިންމު މާކެޓްތަކުގައި ޑެސްޓިނޭޝަން ޕްރެޒެންސް ދެމެހެއްޓުމަށް އެމްއެމްޕީއާރުސީން ވަނީ ސާބިތުކަމާއެކު މަސައްކަތްކޮށްފައެވެ. އިންޑިއާގައި މިހާތަނަށް 16 ކެމްޕޭނެއް ހިންގާފައިވާއިރު، އޭގެ ތެރޭގައި އޯޓީއެމް، ސާޓޭ، ޓީޓީއެފް ޓްރެވަލް އެންޑް ޓޫރިޒަމް ފެއަރ، އަދި މިލްޓް ކޮންގްރެސް ފަދަ ލީޑިންގ ފެއަރތަކުގައި ބައިވެރިވުން ހިމެނެއެވެ. މީގެ އިތުރުން ރޯޑްޝޯއަކާއި މަޝްހޫރު ޕަބްލިކޭޝަންތަކާއި ޓޫރިޒަމް ކުންފުނިތަކާ ގުޅިގެން ފެމިލިއަރައިޒޭޝަން ދަތުރުތަކާއި ވެބިނާތަކާއި ޖޮއިންޓް ކެމްޕޭންތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި އަހަރު ރާއްޖޭގެ ޓޮޕް ސޯސް މާކެޓްގެ ގޮތުގައި އިންޑިއާ ޕޮޒިޝަން ކުރުމުގައި މި ހަރަކާތްތަކުން ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރެވެއެވެ.

އިނގިރޭސިވިލާތުގެ މާކެޓަކީ 2020 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޓޮޕް ސޯސް މާކެޓެކެވެ. އެމްއެމްޕީއާރުސީއިން އިނގިރޭސިވިލާތުގައި މި އަހަރު ބޮޑު 7 ކެމްޕޭނެއް ހިންގާފައިވެއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ކުއޯނީ ޔޫކޭ، ނިއުސް ޔޫކޭ، ޑެސްޓިނޭޝަން 2، އިފް އޮންލީ، ބްރިޓިޝް އެއަރވޭސް އަދި ބްލޫ ބޭ ޓްރެވަލް އާ ގުޅިގެން ހިންގާފައިވާ ކެމްޕޭންތަކުގެ އިތުރުން ފެމިލިއަލައިޒޭޝަން ދަތުރެއްވެސް ހިމެނެއެވެ. މީގެ އިތުރުން މި މަސައްކަތުގެ ދަށުން އިނގެރޭސިވިލާތުގެ ޤައުމީ ފިލްމް އެވޯޑްސްގެ ސްޕޮންސަރެއްގެ ގޮތުގައި އެމްއެމްޕީއާރުސީއިން ވަނީ ބައިވެރިވެފައެވެ.

ރާއްޖެ އަކީ ރަޝިޔާގެ ރައްޔިތުންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. ޓޮޕް ސޯސް މާކެޓެއްގެ ގޮތުގައި ރަޝިޔާގެ މަގާމު ދެމެހެއްޓުމަށް އެމްއެމްޕީއާރުސީން ވަނީ މިހާތަނަށް 10 ކެމްޕޭން ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ސޯޝަލް މީޑިއާ މާކެޓިންގ ކެމްޕޭންތަކާއި، ވޯކްޝޮޕްތަކާއި، ޖޮއިންޓް ކެމްޕޭންތައް ހިމެނެއެވެ. އަދި މޮސްކޯ ޑައިވް ޝޯ އާއި އެލްޓީއެމް މޮސްކޯގައި ވެސް ވަނީ ބައިވެރިވެފައެވެ.

ޖަރުމަނުވިލާތަކީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް މުހިންމު މާކެޓަކެއްގެ މަޤާމަށް ވާސިލްވެފައިވާ ޤައުމެކެވެ. އަހަރުން އަހަރަށް މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެމްއެމްޕީއާރުސީން ވަނީ މި އަހަރު މިހާތަނަށް ޖަރުމަނުވިލާތުގެ މާކެޓުގައި ތަފާތު 8 ހަރަކާތެއް ހިންގާފައެވެ. ޖަރުމަނުވިލާތައް ޙާއްސަ ފެމިލިއަރައިޒޭޝަން ދަތުރުތަށް ބޭއްވުުމުގެ އިތުރުން މަޝްހޫރު ޕަބްލިކޭޝަންތަކާއެކު ކާމިޔާބު ޖޮއިންޓް ކެމްޕޭންތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އަހަރުގެ ތެރޭގައި ޖަރުމަނުވިލާތުގެ މަޝްހޫރު ލަގްޒަރީ ޕަބްލިކޭޝަނެއް ކަމަށްވާ ކޮނަސުއަރ ސާރކަލުން ވަނީ ރާއްޖެއަށް 'ބެސްޓް ލަގްޒަރީ ޑެސްޓިނޭޝަން އޮފް ދަ އިޔަރ' ގެ އެވޯޑު ދީފައެވެ. އެމްއެމްޕީއާރުސީއިން ޖަރުމަނުގައި ބޭއްވި މަޝްހޫރު ޓްރެވަލް އެންޑް ޓޫރިޒަމް ފެއަރއެއް ކަމަށްވާ އައިމެކްސް ފްރެންކްފަރޓްގައި ވެސް މި އަހަރު ބައިވެރިވިއެވެ.

ރާއްޖޭގެ ދުވަސްވީ ޓޮޕް ސޯސް މާކެޓްތަކުގެ ތެރޭގައި ހިމެނޭ އިޓަލީއިން ރާއްޖެއަށް މި އަހަރު ދަތުރުކޮށްފައިވާ ފަތުރުވެރިންގެ އަދަދު މިވަނީ އަނެއްކާވެސް މައްޗަށް އަރާފައެވެ. 1972ވަނަ އަހަރު ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ އައި ފަތުރުވެރިންނަކީ އިޓަލީގެ ގްރޫޕެކެވެ. އަދި ފާއިތުވެދިޔަ 50 އަހަރުގެ ތެރޭގައިވެސް މި މާކެޓަކީ ރާއްޖެއަށް ގިނަ ފަތުރުވެރިން އަންނަ ނަގާކިޔާލެވޭ މާކެޓެކެވެ. އިޓަލީ މާކެޓަކީ މުސްތަޤްބަލުގައި އިތުރަށް ފުޅާވާނެކަމަށް ލަފާކުރެވޭ މާކެޓެއްވެސްމެއެވެ. އެމްއެމްޕީއާރުސީއިން އިޓަލީ މާކެޓުގައި މިއަހަރު ވަނީ ތަފާތު 8 ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި އީ-ލާނިން ޕްރޮގްރާމްތަކާއި ޖޮއިންޓް މާކެޓިން ކެމްޕޭންތަށް ހިމެނެއެވެ. އަދި ގްރީން މީ އާ ގުޅިގެން އިޓަލީއިން ފާހަގަވެފައިވާ އިމާޖިންގ ޓްރެންޑެއްކަމަށްވާ ސަސްޓެއިނަބަލް ޓޫރިޒަމަށް އަޙުލުވެރިވާ ފަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގާފައިވާ ކެންޕޭނު ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީއިން ވަނީ މިއަހަރުވެސް ބިޓް މިލާނުގައި ބައިވެރިވެފައެވެ.

އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ވަނީ 22 މާކެޓެއްގައި 260 ހަރަކާތެއް ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލިއަރައިޒޭޝަން ދަތުރުތަކާއި، އެތަކެއް މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު