Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އައިމަން އައްޒަވާހިރީ މަރާލުން

ޒަވާހިރީ މަރާލިއިރު އަލްގާއިދާ އޮތީ އަނެއްކާވެސް ބާރުގަދަކުރަން ފަށާފައި!

އަލްގާއިދާއަށް މިއަދު ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޒަވާހިރީއަށްފަހު ލީޑަރޝިޕަށް އަންނަން ތިބި ގިނަ މެންބަރުންތަކެއްވެސް މަރާލާފައިވުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 6 އޯގަސްޓު 2022 | ހޮނިހިރު 06:38
އަލްގާއިދާގެ ލީޑަރު އައިމަން އައްޒަވާހިރީ - އޭނާ މަރާލާފައިވަނީ އަފްޣާނިސްތާނުގެ ވެރިކަންކުރާ ކާބުލްގައި އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި

އަލްގާއިދާގެ ލީޑަރު އައިމަން އައްޒަވާހިރީ - އޭނާ މަރާލާފައިވަނީ އަފްޣާނިސްތާނުގެ ވެރިކަންކުރާ ކާބުލްގައި އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި

އެއީ އައިމަން އައްޒަވާހިރީއަށް އެންމެ ފަހުން ލިބުނު ކާމިޔާބީތަކުގެ ތެރެއިން އެއް ކާމިޔާބީއެވެ. އަފްޣާނިސްތާނުގެ ވެރިކަންކުރާ ކާބުލްގައި އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި އަލްގާއިދާގެ ލީޑަރު މަރާލުމުގެ ހަފުތާއެއްހާ ދުވަސް ކުރިން، ސަބް-ސަހާރަން އެފްރިކާ ސަރަހައްދުގައި ހަރަކާތްތެރިވާ އެ ޖަމާއަތުގެ އެންމެ ވަރުގަދަ އެއް އިއްތިހާދީ ބައިވެރިޔާ ވަނީ، މާލީގެ އެންމެ މުހިންމު އަސްކަރީ ބޭހަށް ހަމަލާދީފައެވެ.

ބޭނުންކުރި އުކުޅުތަކަކީ އާ އުކުޅުތަކެއް ނޫނެވެ. ދިފާއީ ސަފުގައި އޮތް ބާގަނޑުގެ ބޭނުން ހިފައި، އަމިއްލައަށް މަރުވެގެން ބޮންގޮއްވާ މީހުން ބައިވެރިކޮށް، ހަތިޔާރު އެޅި ހަނގުރާމަވެރިންނަށް ބާރު ހޯދައިދިނެވެ. އެ އޮޕަރޭޝަން ފާހަގަކޮށްފައިވަނީ މަސްރަހު އިތުރަށް ހޫނު ކުރުވި ކަމެއްގެ ގޮތުގައެވެ.

މާލީގައި ހަމަނުޖެހުންތައް ހިންގަމުންދާތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވެފައި ވީނަމަވެސް، ވެރިކަން ކުރާ ބަމަކޯއާ އެހާ ކައިރި ސަރަހައްދަކަށް އަލްގާއިދާއިން މީގެ ކުރިން ހަމަލާ ދީފައެއްނުވެއެވެ.

އެ ހަމަލާ ވެގެންދިޔައީ އަލްގާއިދާއިން ވަކިވެ، މުޅި ދުނިޔެއަށް ޓެރަރިޒަމްގެ އިންތިހާ ބިރުވެރިކަން ކުރިމަތި ކުރުވި އައިސިސް ޖަމާއަތުގެ ވާދަވެރިކަމާއި ޓެރަރިޒަމާ ދެކޮޅަށް އެމެރިކާއިން ކުރިމަތިކުރަމުންދާ އިންތިހާ ޕްރެޝަރާއެކުގައިވެސް، އެފްރިކާ ސަރަހައްދާއި އެނޫންވެސް ސަރަހައްދުތަކުގައި އަލްގާއިދާގެ ބާރާއި ނުފޫޒު އޮތްކަން އަންގައިދިން ހަމަލާއަކަށެވެ.

އދ.ގެ މެންބަރު ގައުމުތަކުން ފޯރުކޮށްދިން ޖާސޫސީ މައުލޫމާތަށް ބިނާކޮށް، ޖުލައި މަހު އެ އިދާރާއިން އާންމުކުރި ރިޕޯޓްގައިވެސް، ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ "ޖިހާދު"ގެ ހަރަކާތްތަކުގެ ލީޑަރަކަށް ވުމަށް އަލްގާއިދާއިން ފައިވިއްދައިގެން އޮތްކަން ފާހަގަކޮށްފައިވެއެވެ.

މިދިޔަ މަހު މާލީއަށް ދިން ހަމަލާއަކީ އަލްގާއިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން ތާއީދުކުރަމުންދިޔަ، ހުޅަނގަށް ހަމަލާ ދިނުމުގެ ސިޔާސަތު ދޫކޮށްލުމަށް 2011 ވަނަ އަހަރު ޒަވާހިރީ ނިންމި ނިންމުމުގެ ވަރުގަދަ ނިޝާނެކެވެ.

އަލްގާއިދާގެ ސަރަހައްދީ ކޮމާންޑަރުންނަށް އޭނާ އިރުޝާދުދެމުންދިޔައީ، ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކުގެ ސިނާއަތާއި ވިލާތުގެ ސިޓީތަކަށް ބޮމުގެ ހަމަލާތައް ދިނުމަށް ސަމާލުކަންދިނުމުގެ ބަދަލުގައި، ސަރަހައްދީ ފެންވަރުގައި ކާމިޔާބުތައް ހޯދުމަށެވެ.

އަލްގާއިދާއިން އެ ޖަމާއަތުގެ ތަނެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކޮންމެ ސަރަހައްދަކީވެސް، އެ ޖަމާއަތުން ކުރިއަށް އޮތް ތަނުގައި ހިންގާ އޮޕަރޭޝަންތަކުގައި ހަމަލާ ދިނުމަށް ބޭނުން ކުރާނެ މައި ކިއްލާއަށް ވެދާނެކަމުގެ އިންޒާރު، އދ.ން ދާދި ފަހުން އާންމުކުރި ރިޕޯޓެއްގައި ދީފައިވެއެވެ.

މާލީގައި އަލްގާއިދާއިން ހޯދި ކުރިއެރުމުން، ޒަވާހިރީގެ އިތުރު އިސްތިރާޖެއްވެސް ހާމަކޮށްދެއެވެ. އެއީ އެންމެ ދަށް ފަންތި ނުވަތަ ގްރާސްރޫޓްގެ ތާއީތު ހޯދުމެވެ. އެ ގިންތިއަކީ ސަރުކާރުތައް އާންމު ގޮތެއްގައި އެންމެ ބަލިކަށިވެފައި އޮންނަ ގިންތި ކަމުން، އެ ގިންތީގެ މީހުން އުފުލާ ތަކުލީފުތަކުން ނާޖާއިޒު ފައިދާ ހޯދުމަށެވެ. ދޭސީ ބައިވެރިންނާއެކު ގުޅުންތައް ވަރުގަދަކޮށްގެންނެވެ. ހަމަލާދޭނަމަ، އަމާޒުފަަށްގަނޑުތައް ހޯދާ އުސޫލުންނެވެ.

މި އިސްތިރާޖަކީ 2014 ވަނަ އަހަރު އައިސިސްގެ ނުފޫޒު ގަދަކުރަން ފެށުމުގެ ކުރިންވެސް އޮތް އިސްތިރާޖެކެވެ. ނަމަވެސް އައިސިސްގެ ކާމިޔާބީއާއެކު އަލްގާއިދާއަށް އިތުރު ހިތްވަރަކަށް ވީއެވެ. އާންމު އާބާދުތައް ނުތަނަވަސް ކުރުމަށް ބިރުވެރިކަން އުފެއްދުމާއި ކަންކަމަށް މަޖުބޫރު ކުރުވުމުގެ ފަލްސަފާއަށް އައިސިސްއިން ބަރޯސާވީ ވުމާ އަޅައިބަލާއިރު، އަލްގާއިދާގައި އޮތީ މެދު މިނުގެ ޖަމާއަތެއްގެ ގޮތުގައެވެ.

އަލްގާއިދާއަށް ބޮޑެތި ފެއިލްވުންތަކާވެސް ކުރިމަތިލާންޖެހުނެވެ. ސޫރިޔާއާއި އިރާގުގައި އަލްގާއިދާގެ ބާރު މުޅިން ކެނޑިގެން ދިޔައިރު، ނައިޖީރިއާއާއި މިސްރުގެ ސައިނާގެ ސަހަރާގައި އައިސިސްއާއި ވާދަކުރުމަށްވެސް އަލްގާއިދާ ފެއިލްވިއެވެ.

ނަމަވެސް ޒަވާހިރީގެ އިސްތިރާޖަށް، އެފްރިކާގައި ކާމިޔާބު ލިބުނެވެ. ސޯމާލިއާގެ ރަށްފުށުގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލްކުރަމުންދާ އައްޝަބާބް ހަނގުރާމަވެރިންނާ އިއްތިހާދު ހެދީ ސީދާ ޒަވާހިރީއެވެ. ލަޝްކަރުގެ މެމްބަރުންގެ އަދަދު ހާހުން ގުނާލެވެއެވެ. މީގެ ކުރިން ފެނިފައި ނުވާފަދަ ވަރުގަދަ ކުރިމަތިލުމެއްގައި، ބޯޑަރު ހުރަސްކޮށް ހަމަލާދީ، އައްޝަބާބުގެ 500 އެއްހާ ހަނގުރާމަވެރިން އިތިއޯޕިއާގެ އަސްކަރިއްޔާއަށް ހަމަލާދިނެވެ. ޖާސޫސީ މައުލޫމާތު ބުރަވާގޮތުގައި އައްޝަބާބަކީ، އަލްގާއިދާގެ މަރުކަޒީ ލީޑަރޝިޕަށް އެތައް މިލިއަން ޑޮލަރެއްގެ އެހީ ފޮނުވުމުގެ ތަނަވަސްކަން އޮތް ބައިވެރިއެކެވެ.

އެނަލިސްޓުން ބުނާގޮތުގައި، މާލީގައި އަލްގާއިދާއަށް ފުރުސަތު ފަހިކުރި އެތައް ސަބަބެއްވެއެވެ. މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ވަސީލަތްތަކަށް އޮތް ވާދަވެރިކަމާ ގުޅިގެން ކުރިމަތިވާ މައްސަލަތަކާއި، ސިޔާސީ ހަމަނުޖެހުންތަކާއި، އާބާދީގެ އެތައް ބައެއްގެ ގެދޮރު ގެއްލުމާއި، ފަރަންސޭސި ފައުޖުތައް ފައިބައިގެން ދިއުންފަދަ ކަންކަން ހިމެނެއެވެ.

މާލީގައި އަލްގާއިދާގެ ބައިވެރިއަކީ ޖަމާއަތު ނުސްރަތު އަލްއިސްލާމް ވަލް މުސްލިމީން (ޖޭނިމް)އެވެ. މާލީގައި އޮތް ވެގްނަރ ގުރޫޕުގެ ފައިދާ ނެގުމަށް ޖޭނިމް އަވަސްވެގަތެވެ. ވެގްނަރ ގްރޫޕަކީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މާލީގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުއްޔަށް ނަގާފައިވާ، ރަޝިއާގެ އަމިއްލަ އަސްކަރީ ކުންފުންޏެކެވެ. ވެގްނަރ ގްރޫޕަކީ ރަޝިއާގެ ސަރުކާރާވެސް ގުޅުން އޮންނަ ކުންފުންޏެއްކަމަށް މައުލޫމާތުލިބެއެވެ.

އިންސާނީ ހައްގުތަކާ ޚިލާފު ޖަރީމާ ހިންގުމުގެ ތުހުމަތު، ސިލްސިލާ ގޮތެއްގައި ވެގްނަރއަށް އަމާޒުވެއެވެ. އާންމު ރައްޔިތުން ގަތުލުކުރުންފަދަ އިލްޒާމުތައް އަމާޒުވެއެވެ. ނަތީޖާއެއްގެގޮތުން އާންމު މުޖުތަމައު އޮންނަނީ ސަރުކާރާ ދެކޮޅުވެރިވެފައެވެ. އަދި ހައްދުފަހަނައަޅާފައިވާ މީހުންނަށް އެއްބާރުލުންދެއެވެ.

ޖޭނިމްއިން ބުނިގޮތުގައި ބަމަކޯގެ ރަށްބޭރުގައި އޮންނަ ކާޓީ އަސްކަރީ ބޭހަށް ދިން ހަމަލާއަކީ ސަރުކާރާއެކު ބާއްވާ ބަދަހި ގުޅުންތަކުގެ ރައްދުގައި ދިން ހަމަލާއެކެވެ.

ސައިޓް އިންޓެލިޖެންސް ގުރޫޕުން ތަރުޖަމާކޮށްފައިވާ ޖެނިމްގެ ބަޔާނުގައި ބުނެފައިވަނީ، ދިފާއެއް ނެތް މައުސޫމު ރައްޔިތުން މެރުމަށް ބޭރުގެ ހަނގުރާމަވެރިން ކުއްޔަށް ހިފާނަމަ، ބަމަކޯ ސަރުކާރު ނުވަތަ މާލީގެ ސަރުކާރަށް އަމާޒުކޮށްގެން އެ ސަރުކާރު ނެތިކޮށްލާނެކަމަށެވެ.

ޔޫއެސް އެފްރިކާ ކޮމާންޑްގެ ކޮމާންޑަރު، ޖެނެރަލް ސްޓީވަން ޖޭ ޓައުންސެންޑް ވިދާޅުވީ، ޖެނިމްއިން މިހާރު މިސްރާބުޖަހާފައިވަނީ ދެކުނަށް ކަމަށެވެ. މިކަންކަމަކީ ދުނިޔެ ކަންބޮޑުވާ ކަމެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެފްރިކާގެ އުތުރުގެ ސަރަހައްދުގައި އަލްގާއިދާގެ ރޫހު އަދިވެސް އެބައޮތެވެ. ނަމަވެސް ލީބިޔާއާއި ތޫނިސްއިން އަލްގާއިދާގެ ވަސް މުޅިންހެން ވަނީ ފޮހެލާފައެވެ.

ބަލިކަށިނަމަވެސް، ޔަމަނުގެ ބައިވެރިޔާވެސް އެބައޮތެވެ. ހުޅަނގުގެ ސަލާމަތާބެހޭ ތަޖުރިބާކާރުން ސިފަކުރައްވާގޮތުގައި އެއީވެސް ނުރައްކާ އޮތް ފައްތަރެކެވެ. އެފްރިކާއިން ބޭރުގައި އަލްގާއިދާއަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދުނީ އަފްޣާނިސްތާނުގައެވެ.

އެމެރިކާގައި މަރުކަޒުކޮށްގެން ހިންގާ، ނުރައްކާ ވަޒަން ކުރާ ވެލެންސް ގްލޯބަލްގެ ސީއީއޯ ޑަވީޑް ގާޓޭންސްޓީން-ރޮސް ވިދާޅުވީ، ކުރިންވެސް ހީވެފައި އޮތް ގޮތަށް، ތާލިބާނުންނަށް ލިބުނު ކާމިޔާބީއާއެކު އަލްގާއިދާގެ ބާރުވެސް ގަދަވާންފަށާފައިވާކަމަށާއި، އެއީ ބަދަލު ކުރެވެން ނެތް ހަގީގަތެއްކަމަށެވެ.

ތާލިބާނުންގެ މުހިންމު ފެކްޝަންތަކާއި އިސް މެންބަރުންނާ އަލްގާއިދާއާ ދެމެދު ވަރުގަދަ ގުޅުންތައް އޮވެއެވެ. ބައިބައިވެފައި އޮތް ކަމުގައި ހީވިނަމަވެސް، އެކި ހާލަތްތަކުގައި އެ ގުރޫޕަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެއެވެ. މަރާލެވުނުއިރު އޭނާގެ އާއިލާއާއެކު ޒަވާހިރީ ދިރިއުޅެމުން ދިޔަ ގެއަކީ ސިރާޖުއްދީން ހައްގާނީގެ ގެއެކެވެ. ސިރާޖުއްދީން ހައްގާނީއަކީ އަފްޣާނިސްތާނުގެ ދާޚިލީވަޒީރެވެ.

އަލްގާއިދާގެ މުހިންމު "މުސްކުޅި-ލީޑަރުން" އުޅެނީ އީރާނުގައެވެ. 2002 ވަނަ އަހަރަށްފަހު އެމީހުން ފިލި މަންޒިލްގައެވެ. ހަރަކާތްތެރިވުމާއި މުވާސަލާތީ ގުޅުންތަކަށް ހުރަސްއެޅިނަމަވެސް، އެ މެންބަރުންނަކީވެސް ހަރަކާތްތެރި ބައެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލްގާއިދާއަށް މިއަދު ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ޒަވާހިރީއަށްފަހު ލީޑަރޝިޕަށް އަންނަން ތިބި ގިނަ މެންބަރުންތަކެއްވެސް މަރާލާފައިވުން ކަމަށް، އެމެރިކަން އެންޓަޕްރައިޒް އިންސްޓިޓިއުޓްގެ ފެލޯ، ކެތެރީން ޒިމަރމަން ވަނީ ފާހަގަކުރައްވާފައެވެ.

އޭގެތެރޭގައި، ޒުވާން ލީޑަރޝިޕްގެ ކެންޑިޑޭޓުން ކަމަށްވާ، ބާނީގެ ދަރިފުޅު ހަމްޒާ ބިން ލާދިން ފަދަ މީހުން ހިމެނެއެވެ. ހަމްޒާ ބިން ލާދިން މަރާލާފައި ވަނީ 2017 ވަނަ އަހަރާ 2019 ވަނަ އަހަރާ ދެމެދު ޕާކިސްތާނަށް ދިން ޑްރޯން ހަމަލާއެއްގައެވެ. އަލްގާއިދާގެ 2 ނަމްބަރު ލީޑަރު މަރާލިކަމަށް ބެލެވެނީ 2020 ވަނަ އަހަރު ތެހްރާންގައި މޮސާޑުން ހިންގި އޮޕަރޭޝަނެއްގައެވެ.

މި ދަނޑިވަޅުގައި އަލްގާއިދާއަށް އޮތް އެންމެ ބޮޑު އެހީއަކީ އެމެރިކާއާއި އެމެރިކާގެ ބައިވެރިންގެ ސަމާލުކަން، އެހެން މިސްރާބުތަކަށް އަމާޒުވެފައި އޮތުމެވެ. އަދި އޭޝިއާއިން ދުރަށް އެމެރިކާ ސަރުކާރުގެ ސަމާލުކަން އަނބުރާލާނީ ކޮން ކަމެއް ދިމާވުމުންތޯ ޒިމަރމަން ވަނީ ސުވާލުކުރައްވާފައެވެ.

އަލް-ޤައިދާއައިމަން އައްޒަވާހިރީއަފްޣާނިސްތާންތާލިބާންއައިސިސްއިރާގުމާލީއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު