Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް

ފޭސް 2ގެ ސެކަންޑްރީ ސްކޫލް ޖެނުއަރީގައި، ޕްރައިމަރީ ސްކޫލް ސެޕްޓެމްބަރުގައި ހުޅުވޭނެ: ސުހައިލް

ޕްރައިމަރީ ސްކޫލާއެކު އަޅާ ޕްރީސްކޫލުގެ މަސައްކަތް މި މަހު ނިންމާލެވޭނެ ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 އޯގަސްޓު 2022 | ހޯމަ 02:09
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދެ ސްކޫލެއް އެޅުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި އޭގެ ތެރެއިން ޕްރައިމަރީ ސްކޫލް އަންނަ ސެޕްޓެމްބަރު މަހު ހުޅުވޭނެ ކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުޚީގައި ވާހަކަދައްކަވަމުން ސުހައިލް ވިދާޅުވީ ދެވަނަ ފިޔަވަހީގައި އަޅާ ސެކަންޑްރީ ސްކޫލުގެ މަސައްކަތް ވެސް ނިންމައި އަންނަ އަހަރުގެ ޖެނުއަރީގައި ކިޔެވުން ފެށޭނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ. އަދި ދެ ޕްރީސްކޫލެއް ހެދުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކޮށްފައިވާއިރު އެތަނުން އެއް ސްކޫލް، ޕްރީސްކޫލާއި ޕްރައިމަރީ ސްކޫލް ހިމެނޭހެން އަންނަ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ ކަމަށާއި ސެޕްޓެމްބަރު 5ގައި ކިޔެވުން ފަށަން ނިންމާފައިވާ ކަމަށް ވެސް ސުހައިލް ވިދާޅުވިއެވެ.

ސެޕްޓެމްބަރު މަހު ހުޅުވާ ޕްރައިމަރީ އަދި ޕްރީސްކޫލުގެ ސަބަބުން ދެވަނަ ފިޔަވަހީން ތުއްތު ކުދިން ގޮވައިގެން މާލެއަށް އަދި ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް ދަތުރު ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ ސެކަންޑްރީ ސްކޫލުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ. އަދި ޕްރީ ސްކޫލުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެޗްޑީސީއާއެވެ.

ހުޅުމާލެ ދެވަނަ ދިޔަވަހީގައި މީހުން ދިރިއުޅެން ފެށިތާ އަހަރެއްވާން ކައިރިވެފައިވާއިރު އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ މުހިންމު ޚިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު އެ ސަރަހައްދުގައި ފިހާރަތަކާއި ކްލިނިކެއްގެ އިތުރުން ދެ މިސްކިތް ވެސް ވަނީ ހުޅުވާފައެވެ. އަދި އެ ސަރަހައްދުގެ މަގުތައް ވެސް ނިމިފައިވާއިރު ލިފްޓުގެ މައްސަލަ ވެސް ހައްލު ކުރެވިފައިވާ ކަމަށް ސުހައިލް ވިދާޅުވިއެވެ.

އެޗްޑީސީން އަންނަނީ އެ ސަރަހައްދުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ވެސް ހަރުކުރަމުންނެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންސުހައިލް އަހުމަދު

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
09 ނޮވެމްބަރު 2025

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް
22 އޮކްޓޯބަރު 2025

އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

22 އޮކްޓޯބަރު 2025
އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!
05 އޯގަސްޓު 2025

އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި

05 އޯގަސްޓު 2025
އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި
10 ޖުލައި 2025

ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

10 ޖުލައި 2025
ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން
28 ޖޫން 2025

4،000 ފްލެޓު ރެޖިސްޓަރީ ކޮށްދޭނީ ކުލިދައްކައި ނިމުމުން: މުއްތަލިބު

28 ޖޫން 2025
4،000 ފްލެޓު ރެޖިސްޓަރީ ކޮށްދޭނީ ކުލިދައްކައި ނިމުމުން: މުއްތަލިބު
16 އެޕްރީލު 2025

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

16 އެޕްރީލު 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
18 މާރިޗު 2025

ޤާނޫނުއަސާސީ އާއި ބަޖެޓާއި ޚިލާފަށް ސަރުކާރައި އެމްއެމްއޭ އިން ކުރާ ކަންކަމާއި މެދު މެމްބަރުން ދެކޭ ގޮތްް ހޯދުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

18 މާރިޗު 2025
ޤާނޫނުއަސާސީ އާއި ބަޖެޓާއި ޚިލާފަށް ސަރުކާރައި އެމްއެމްއޭ އިން ކުރާ ކަންކަމާއި މެދު މެމްބަރުން ދެކޭ ގޮތްް ހޯދުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
18 ޑިސެމްބަރު 2024

ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ

18 ޑިސެމްބަރު 2024
ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ
01 އެޕްރީލު 2024

ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"

01 އެޕްރީލު 2024
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު