Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުނައިޓެޑު ދޫކޮށްލަން ރޮނާލްޑޯ ނިންމުން

ރޮނާލްޑޯގެ ރުޅިގަނޑު މީޑިއާ ތަކަށް

ރޮނާލްޑޯ ބުނީ، އޭނާގެ ވާހަކަ ނުދައްކާ ނަމަ މީޑިއާ ތަކަށް ފައިސާ ނުލިބޭ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ޖުލައި 2022 | ހޮނިހިރު 02:29
ކްރިސްޓިއާނޯ ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ

އޭނާއާއި ބެހޭ ގޮތުން މީޑިއާތަކުގައި ވާހަކަ ފަތުރަމުންދާ ގޮތާމެދު ހިތް ހަމަ ނުޖެހި ކްރިސްޓިއާނޯ ރޮނާލްޑޯ ނުރުހުން ފާޅުކޮށްފިއެވެ.

ސީޒަން ނިމުމާއެކު މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަން ހާމަކުރި ނަމަވެސް، ބަދަލުވާނެ ކުލަބެއް ހޯދުމަށް އުނދަގޫވެ ރޮނާލްޑޯ ވަނީ އެ ޓީމުގެ ފަރިތަކުރުންތަކަށް ހާޒިރުވެފައެވެ.

މީޑިއާތަކުގައި އޭނާގެ ވާހަކަ ގެންނަ ގޮތާމެދު ހިތް ހަމަ ނުޖެހި ރޮނާލްޑޯ ބުނީ، އޭނާގެ ވާހަކަ ނުދައްކާ ނަމަ މީޑިއާ ތަކަށް ފައިސާ ނުލިބޭ ކަމަށެވެ. ރޯނާލްޑޯ ބުނީ މީޑިއާ ތަކުން ކުރާ ކަމަކީ ދޮގު ވާހަކަތައް ފަތުރައިގެން ވިޔަސް، މީހުގެ ސަމާލުކަން ހޯދުން ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ދޮގު ވަހަކަތައް ފެތުރުމުގައި މީޑިއާތަކުން ކުރިއަށްދާނަމަ، ކޮންމެވެސް ދުވަހަކުން ތެދު ޚަބަރެއް ގެނެސްދެވިދާނެ ކަމަށެވެ.

ޔުނައިޓެޑް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން ރޮނާލްޑޯ މަސައްކަތް ކުރި ވާހަކަ މީޑިއާ ތަކުގައި ވަނީ ވަރަށް ގަދަޔަށް ދައްކާފައެވެ. އެގޮތުން ޔޫރަޕުގެ ބޮޑެތި ބައެއް ކުލަބުތަކަށް ރޮނާލްޑޯ ގެންދިޔުމުގެ އޮފަރ އޭނާގެ އެޖެންޓު، ޖޯޖް މެންޑޭސް ކުރި ނަމަވެސް ކުލަބު ތަކުން އެކަމަށް އިޖާބަ ނުދިން ވާހަކަ ރިޕޯޓުކުރިއެވެ. އޭގެ ތެރޭގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)، ޖަރުމަނުގެ ބަޔާން މިއުނިކް، ޕްރިމިއަރ ލީގުގެ ޗެލްސީގެ އިތުރުން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑު ހިމެނެއެވެ.

ޓީމު ދޫކޮށްލަން ބޭނުންވާކަން ރޮނާލްޑޯ ޔުނައިޓެޑުގެ އިސް ފަރާތްތަކަށް އެންގި ނަމަވެސް، އެ ޓީމުން އޭނާ ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ރޮނާލްޑޯ ޔުނައިޓެޑްއަށް ބަދަލުވިއިރު، އެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބަ އޮތެވެ. ޔުނައިޓެޑް ދޫކޮށްލަން ރޮނާލްޑޯ ބޭނުންވާ ސަބަބަކީ ކުރިއަށް އޮތް ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުން އެ ޓީމަށް ޖާގަ ނުލިބުމުންނެވެ. ނިމުނު ސީޒަނުގެ ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގައި ލައްވާ ނުލުމުން. އަންނަ ސީޒަނުގައި ޔުނައިޓެޑް ވާދަކުރާނީ ޔޫރޮޕާ ލީގުގައެވެ.

މެންޗެސްޓަރ ޔުނައިޓެޑްކްރިސްޓިއާނޯ ރޮނާލްޑޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު