Advertisement
ކ. މާލެ
|
29 ޖުލައި 2022 | ހުކުރު 15:45
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
މިނިސްޓްރީ އޮފް ހޯމް އެފެއަރޒް
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ޤައުމެއްގައި އަމާންކަން ކަށަވަރު ކުރެވޭނީ އެ މުޖުތަމައެއް ބިނާވެގެންވާ ނިޒާމުގެ ފުރިހަމަކަމުން: އިމްރާން
ހޯރަފުށީގައި ހާފްވޭ ހައުސް ހަދަނީ އެމްޓީސީސީއާ ހަވާލުކޮށްގެން
ގާއިމްކުރެވޭ ހާފްވޭ ހައުސްގެ ސަބަބުން ކުށްކުރާ ކުދިން ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވި

ޤައުމެއްގައި އަމަން އަމާންކަން ކަށަވަރުވެ, ހަމަޖެހުމާއި މަސްލަހަތު ޤާއިމްވެ, ކުރިއެރުމާއި ފާގަތިކަން ލިބޭނީ އެމުޖުތަމައެއް ބިނާވެގެންވާ ނިޒާމުގެ ފުރިހަމަ ކަމުގެ މައްޗަށް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހއ. ހޯރަފުށީގައި ގާއިމްކުރާ ހާފްވޭ ހައުސްގެ ބިންގާ އެޅުމަށް ހުކުރު ދުވަހުގެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރުގެ ވާހަކައިގައި މުޖުތަމައެއް ބިނާވެގެންވާ ނިޒާމުގެ ފުރިހަމަކަމާއި އޭގެ މައްޗަށް ބިނާކުރެވިފައިވާ ޝަރުޢީ އަދި ގާނޫނީ ނިޒާމަކީ ފުރިހަމަ ނިޒާމެއް ނަމަ އެމުޖުތަމައު އަކީ ފުރިހަމަ ފާގަތި އަމާން މުޖުތަމައު އަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

Advertisement

އިމްރާން ވިދާޅުވީ އިންސާނީ މުޖުތަމައު އެއްގައި ހުންނަންޖެހޭ ހުރިހާ ސިފަތަކާއެކު ބަދަހިކޮށް ބޭއްވުމަށްޓަކައި އެންމެ މުހިންމު ކަމަކީ ފުރިހަމަ އަދި ޝާމިލް ޤާނޫނެއް އޮތުން ކަމަށެވެ. އަދި އެއަށްފަހު ފުރިހަމަކޮށް ވަށާޖެހޭ ގޮތަށް އެގާނޫނު ތަންފީޒު ކުރުން ކަމަށް ޤާނޫނީ ޢިލްމުވެރިން ވިދާޅުވާ ކަމަށެވެ. އަދި އޭގެ މައްޗަށް އެ މުޖުތަމައެއްގެ އަހުލުވެރިން އަހުލުވެރިވެ ހަރުދަނާ ވުން ކަމަށާއި އެގޮތުން ގައުމުތައް ކުރިއަރައި އިންސާނުންނަށް ރަނގަޅު މަގުދައްކައިދޭ ތަންތަނަށް ވެގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގައުމުގައި އަމަން އަމާންކަން ކަށަވަރުވެ،ހަމަޖެހުމާ މަސްލަހަތު ޤާއިމްވެ،ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނީ އެ މުޖުތަމަޢުއެއް ބިނާވެގެންވާ ނިޒާމުގެ ފުރިހަމަ ކަމުގެ މައްޗަށް. އޭގެ މައްޗަށް މުޖުތަމަޢު ބިނާކުރެވިފައިވާ ޝަރުޢީ އަދި ޤާނޫނީ ނިޒާމަކީ ފުރިހަމަ ނިޒާމެއްނަމަ އެ މުޖުތަމައު އަކީ ފުރިހަމަ ފާގަތި މުޖުތަމައެއް،
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ނުރައްކާތެރި ހާލަތްތަކަށް ނުވަތަ ކުށްތަކަށް ހުށަހެޅިގެންދާ ކުދިން އެންމެ ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް މުޖުތަމައަށް އަނބުރާ ގެނައުމުގެ މަސައްކަތަކީ ދުވަސްތަކެއް ވަންދެން އެކީ ހައްލު ނުކުރެވި އޮތް މައްސަލައެއް ކަމަށެވެ. އެގޮތުން، ހޯރަފުށީގައި އަޅާ ހާފްވޭ ހައުސްއަކީ އެކަން ހައްލު ކުރުމަށް 2019 އިން ފެށިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ކަޑައްތު ކުރާނެ މަރުހަލާތަކުގެ ތެރެއިން ގާތްގަނޑަކަށް ހަތަރުވަނަ މަރުހަލާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވިގޮތުގައި ހޯރަފުށީގެ ހާފްވޭ ހައުސްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެއެވެ. އެއީ ސަރުކާރު ފުރަތަމަ ފެށީއްސުރެ ކުރަހާފައި އޮތް ރީތި މަގުތަކުގައި ހިނގަމުން އައިސް އޭގެ ނަތީޖާއާ ހަމައަށް ދެވޭ ހިސާބު ކަމަށް ވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކުށްކުރާ މީހުންނަށް އަދަބެއް ދިނުމާ ހަމައަށް ދަނީ ވަރަށް ގިނަކަންކަން ފެއިލް ވެގެން ކަމަށާއި ކުށެއް ކޮށްގެން މީހެއްގެ މައްޗަށް ޝަރުޢީ ޤާނޫނީ އަދަބެއް އަންނަނީ ހަތަރުވަނައަށް ކަމަށް ޢިލްމުވެރިން ވިދާޅުވާ ކަމަށެވެ. ނުވަތަ 3 ކަމެއް ފުރިހަމައަށް އަދާ ނުކުރެވުނީމަ ކަމަށެވެ. އަދި ކޮންމެ މީހަކުވެސް ފަރުދީ ގޮތުން ހިފަހައްޓަންޖެހޭ ފަރުދީ އަދި ގާނޫނީ ހަމަތަކެއް ހުންނަ ކަމަށާއި އިންސާނާ އޭނަގެ އުމުރުގެ ތަފާތު ހާލަތްތަކުގައި މެދުވެރިވާ ކަންކަމުގެ ސަބަބުން އޭނަގެ އަމިއްލަ ނަފްސު ހަމަތަކުގައި ނުހިފެހެއްޓި ފެއިލްވެއްޖެއްޔާ ފުރަތަމަ ލެވެލް ފަހަނައަޅައި ދިޔައީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުށަށް ހުށަހެޅޭ ކުއްޖަކު ގާނޫނީ ފިޔަވަޅާ ހަމައަށް ދިއުމުގެ ކުރިން އާއިލާއާއި އަވަށްޓެރިންނާއި ސްކޫލާއި ކައުންސިލާ އެންމެން ގުޅިގެން އެފަރުދަކު މުޖުތަމައަށް އަނބުރާ ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ޙާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި ގާއިމްކުރެވޭ ހާފްވޭ ހައުސްގެ ސަބަބުން ކުށްކުރާ ކުދިން ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރާ މަސައްކަތަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހޯރަފުށީގައި ގާއިމް ކުރާ ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނިކުތުމަށް ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެކުދިން ބައިތިއްބުމަށް އުފައްދާ މަރުކަޒެކެވެ. މި ހާފްވޭ ހައުސްތަކުގައި ތިބޭ ކުދިން މުޖުތަމައަށް ނިކުތުމަށް ތައްޔާރު ވުމުގެ ގޮތުން މަރުކަޒުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މުޖުތަމައުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ.

އެމްޓީސީސީއާ ހަވާލު ކޮށްގެން ހޯރަފުށީގައި އިމާރާތްކުރާ ހާފްވޭ ހައުސް އަކީ 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ ތަނެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް