Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިޓަލީވިލާތުގައި ފަތުރުވެރިން ތޮއްޖެހޭ މައްސަލަ

ފަތުރުވެރިން ތޮއްޖެހޭ މައްސަލައަށް ވެނިސްއިން ހޯދި ހައްލު ކަމުދޭތަ؟

26 ޖުލައި 2022 | އަންގާރަ 07:23

އެކްސެސް ޓުއަރިޒަމްގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ވެނިސްއަށް ޒިޔާރަތް ކުރަން ބޭނުންވާ ފަރާތްތަކުން ހާއްސަ ދަފުތަރެއްގައި ނަން ނޯޓު ކުރަން ޖެހޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 26 ޖުލައި 2022 | އަންގާރަ 07:23
ވެނިސްއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެ ސިޓީއަކަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރާ ސިޓީ

ވެނިސްއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެ ސިޓީއަކަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރާ ސިޓީ

އިޓަލީވިލާތުގެ ވެނިސްއޭ ދެންނެވުމުން އިތުރު ތައާރަފަކަށް ބޭނުމެއް ނުވާނެއެވެ. އެއީ މިއަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބައެއްގެ ދުލުކުރީގައި އޮންނަ، އެންމެ ހިތްގައިމު ކަމަށް ބުނާ ފަތުރުވެރި މަންޒިލެވެ. ވެނިސްއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިންތިހާއަށް އިތުރުވެ، "އެކްސެސް ޓުއަރިޒަމް"ގެ މައްސަލައާ ކުރިމަތިލާން ޖެހިފައިވާއިރު، އެކަމަށް ހައްލު ހޯދުމުގެ ގޮތުން، ވެނިސްގެ ލޯކަލް ގަވަމަންޓުން މިހާރު ވަނީ އެ ސިޓީއަށް ޒިޔާރަތް ކުރެވޭ އުސޫލުތައް ހަރުކަށި ކުރަން ނިންމާފައެވެ.

އެގޮތުން، ވެނިސްއަށް ޒިޔާރަތް ކުރަން ބޭނުންވާ ފަރާތްތަކުން ހާއްސަ ދަފުތަރެއްގައި ނަން ނޯޓު ކުރަން ޖެހޭއިރު، ސިޓީއަށް އެތެރެވުމަށް އެކަނިވެސް ހާއްސަ ފީއެއް ދައްކަން ޖެހެއެވެ. މިއީ ހައްލެއް ކަމަށް ލޯކަލް ގަވަމަންޓުން ބުނި ނަމަވެސް، ވެނިސްއަށް ޒިޔާރަތް ކުރާ ފަރާތްތަކާއި، ވިޔަފާރިވެރިން އެކަމާ މާ ގަބޫލެއް ނޫނެވެ. އާ ނިޒާމަކީ އިންސާފެއްނެތް ނިޒާމަކަށްވާއިރު، ލޮޖިސްޓިކްސްގެ ގޮތުންވެސް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭކަމުގެ ޝަކުވާ އުފުލައެވެ.

ވެނިސްއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެ ސިޓީއަކަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރާ ސިޓީއެވެ. ރަށު ތެރެއިން ފެން ކޯރުތައް ދެމިގެންދާ އެ ހިތްގައިމު ސިޓީގެ މީރު ޕިއްޒާގެ ކޭންތަކަށް އިންސާފު ކުރުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަހަރެއްގެ މައްޗަށް 20 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރެއެވެ.

ވެނިސްގެ ކައުންސިލުން ބުނީ އެ ސިޓީއަށް އެތެރެވުމަށް ފީއެއް ދެއްކުމަށާއި، ހާއްސަ ދަފުތަރެއްގައި ނަން ނޯޓު ކުރަން ޖެހޭ ގޮތަށް ލާޒިމު ކުރީ، ޕީކް ދުވަސްވަރުގައި އެތެރެވާ ފަތުރުވެރިންގެ އަދަދު ކޮންޓްރޯލް ކުރުމަށް ކަމަށެވެ.

އާ ނިޒާމްގެ ތެރެއިން ފީ ނަގަނީ ހަމަ އެކަނި ދުވާލުގެ ވަގުތަކުގައި ވެނިސްއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަތުންނެވެ. ރޭ ކުރާ ފަތުރުވެރިންގެ އަތުން ވަކި ފީއެއް ނުނަގަނީ، އެކޮމޮޑޭޝަންގެ ތެރެއިން ސިޓީ ޓެކްސް ކަނޑާތީއެވެ.

ކަން މިހެން އޮތް ނަމަވެސް، މި ނިންމުމާ މެދު ވެނިސްގެ ރަށްވެހިންނާއި ވިޔަފާރިވެރިން މާ ރުހޭ ކަމަކަށް ނުފެނެއެވެ.

ވެނިސް ގޮންޑޮލިއަރ އެސޯސިއޭޝަންގެ ރައީސް، އޭންޑްރިއާ ބަލްބީ ބުނީ މިއީ ރަނގަޅު ނިންމުމެއް ކަމެއް ނުވަތަ ނޫން ކަމެއްވެސް ބުނަން އަދި ނޭނގޭ ކަމަށެވެ. އެހެނީ މި ނިޒާމު މަސައްކަތް ކުރާނެ ކަން ނުވަތަ ނޫން ކަންވެސް ނޭނގޭތީ ކަމަށް އޭނާ ފާހަގަ ކުރިއެވެ.

ފަތުރުވެރިންގެ މެދުގައިވެސް ވާހަކަ ހުރީ އެ ފަދަ ގޮތަކަށެވެ.

މިހާ ހިސާބުން އުފެދޭ ބޮޑު ސުވާލަކީ އާ ގަވާއިދު އެންމެ ފުރިހަމަ ގޮތުގައި ރެގިއުލޭޓް ކުރާނެ ގޮތަކާ މެދު ކުރެވޭ ސުވާލެވެ. ވެނިސްގައި ވަޒީފާ އަދާ ކުރުމަށް، ކިއެވުމަށް ނުވަތަ އާއިލާ މެންބަރުންގެ ގާތަށް ޒިޔާރަތް ކުރާ މީހުންގެ އިތުރުން ސަގާފީ ނުވަތަ ކުޅިވަރު އިވެންޓެއްގައި ބައިވެރިވުމަށް ވެނިސްއަށް ޒިޔާރަތް ކުރާ މީހުންގެ އަތުން އެ ފީ ނަގާ ގޮތަށް ހަމަޖެހިފައެއް ނެތެވެ. އިސްތިސްނާ ލިބޭ ގިންތީގައި ހިމެނޭ މީހަކު ނަމަ، އެކަން ބަޔާން ކުރާ އިގުރާރެއްގައި ސޮއި ކުރަން ޖެހެއެވެ. އެމީހަކު ދޮގު ހެދިކަން ފަޅާ އަރައިފިނަމަ، ޖިނާއީ ކުށެއްގެ ގޮތުގައި މައްސަލަ ބަލައެވެ.

ފަތުރުވެރިން ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމަށް ވެނިސްއިން ތަންފީޒު ކުރާ އާ ނިޒާމުގައި ހުރި ފެންވަރު ވަޒަން ކުރުން، މި ހޫނު މޫސުމުގައި ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ރަސްމީކޮށް ނިޒާމް ތަންފީޒު ކުރާނީ ޖެނުއަރީ 2023 ގައި ކަމަށް މައުލޫމާތު ލިބެއެވެ.

މިއާއެކު ވެނިސް ވެގެން ދާނީ، ފަތުރުވެރިން ޒިޔާރަތް ކުރުމަށް ފީއެއް ނަގާ، ދުނިޔޭގެ ފުރަތަމަ ސިޓީއަށެވެ.

އިޓަލީއެކްސެސް ޓުއަރިޒަމް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޖީސީސީ ސަމިޓުގަައި މެލޯނީ ގޮވާލެއްވީ، ގަލްފް-އިޓަލީ ގުޅުން ވަރުގަދަ ކުރުމަށް

04 ޑިސެމްބަރު 2025
ޖީސީސީ ސަމިޓުގަައި މެލޯނީ ގޮވާލެއްވީ، ގަލްފް-އިޓަލީ ގުޅުން ވަރުގަދަ ކުރުމަށް
21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
10 އޮކްޓޯބަރު 2025

ޣައްޒާގެ ސުލްޙަ އަށް ސިފައިން ފޯރުކޮށްދިނުމަށް އިޓަލީ އޮތީ ތައްޔާރަށް

10 އޮކްޓޯބަރު 2025
ޣައްޒާގެ ސުލްޙަ އަށް ސިފައިން ފޯރުކޮށްދިނުމަށް އިޓަލީ އޮތީ ތައްޔާރަށް
22 ސެޕްޓެމްބަރު 2024

އިޓަލީގެ މަޝްހޫރު ''އޯވީއެސް'' މާލޭގައި ހުޅުވައިފި

22 ސެޕްޓެމްބަރު 2024
އިޓަލީގެ މަޝްހޫރު ''އޯވީއެސް'' މާލޭގައި ހުޅުވައިފި
02 ޖުލައި 2024

މާލެ މަތިން އިވުނު ބާރުގަދަ އަޑުފަށްގަނޑު - އިޓަލީގެ އަސްކަރީ 5 އުޅަނދެއް ވީއައިއޭއަށް ޖައްސައިފި

02 ޖުލައި 2024
މާލެ މަތިން އިވުނު ބާރުގަދަ އަޑުފަށްގަނޑު - އިޓަލީގެ އަސްކަރީ 5 އުޅަނދެއް ވީއައިއޭއަށް ޖައްސައިފި
24 ޖޫން 2024

އިޓަލީގެ އަމާޒަކީ އަވަހަށް ނުކަޓާނެ ގޮތެއް ހޯދުން

24 ޖޫން 2024
އިޓަލީގެ އަމާޒަކީ އަވަހަށް ނުކަޓާނެ ގޮތެއް ހޯދުން
21 ޑިސެމްބަރު 2023

ޔަތީމު ޙާލުގައި ނާމާން ދަތުރެއްކޮށް، އިޓަލީވިލާތުގެ މަގުތައް ފަތަހަ ކުރީ މަންމައާއި ކޮއްކޮމެނަށްޓަކައި!

21 ޑިސެމްބަރު 2023
ޔަތީމު ޙާލުގައި ނާމާން ދަތުރެއްކޮށް، އިޓަލީވިލާތުގެ މަގުތައް ފަތަހަ ކުރީ މަންމައާއި ކޮއްކޮމެނަށްޓަކައި!
11 އޮކްޓޯބަރު 2023

އިޓަލީ އާއި ތުރުކީން، 2032 ގެ ޔޫރޯ ބާއްވަނީ

11 އޮކްޓޯބަރު 2023
އިޓަލީ އާއި ތުރުކީން، 2032 ގެ ޔޫރޯ ބާއްވަނީ
08 އޮކްޓޯބަރު 2023

ވެނިސްގައި ހިނގި ބަހުގެ އެކްސިޑެންޓެއްގައި 21 މީހުން މަރުވެއްޖެ

08 އޮކްޓޯބަރު 2023
ވެނިސްގައި ހިނގި ބަހުގެ އެކްސިޑެންޓެއްގައި 21 މީހުން މަރުވެއްޖެ
17 ސެޕްޓެމްބަރު 2023

އިޓަލީގެ އަސްކަރީ ޖެޓެއް ވެއްޓި ފަސް އަހަރުގެ ކުއްޖަކު މަރުވެއްޖެ

17 ސެޕްޓެމްބަރު 2023
އިޓަލީގެ އަސްކަރީ ޖެޓެއް ވެއްޓި ފަސް އަހަރުގެ ކުއްޖަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް