Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުނައިޓެޑު ދޫކޮށްލަން ރޮނާލްޑޯ ނިންމުން

ގޮތް ދޫކޮށް ރޮނާލްޑޯ ޔުނައިޓެޑުގެ ފަރިތަކުރުންތަކަށް ނުކުންނަނީ

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޔުނައިޓެޑުގެ ޕްރީ ސީޒަން ފަރިތަކުރުންތަކުގައި މިއަދު ރޮނާލްޑޯ ބައިވެރިވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ޖުލައި 2022 | އަންގާރަ 04:07
ކްރިސްޓިއާނޯ ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައިވާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމުގެ ފަތިތަކުރުންތަކުގައި ބައިވެރިވުމަށް ތައްޔާރުވެއްޖެއެވެ.

ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޔުނައިޓެޑުގެ ޕްރީ ސީޒަން ފަރިތަކުރުންތަކުގައި މިއަދު ރޮނާލްޑޯ ބައިވެރިވާނެއެވެ. އެއީ ޓީމު ބަދަލުކުރަން ރޮނާލްޑޯ ބޭނުންވި ނަމަވެސް، އެއްވެސް ކުލަބަކުން އޭނާ ގެންދަން ބޭނުންނުވެ، ދިގުދެމިގެންދާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން ހާމަކުރި ފަހުން، ޔުނައިޓެޑުގެ ފަތިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިވެފައެއް ނުވެއެވެ. އެކަމާ ގުޅިގެން ޔުނައިޓެޑުން އޭރު ބުނީ، ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިނުވަނީ އަމިއްލަ އާއިލީ ސަބަބަކާ ހެދި ކަމަށެވެ.

މީގެ އިތުރުން ރިޕޯޓުތައް ބުނާ ގޮތުގައި ޓެން ހާގް ބޭނުންވަނީ ރޮނާލްޑޯއާ ބައްދަލުކޮށް، ޓީމު ބަދަލުކުރުމުގެ ވިސްނުން ދޫކޮށްލަން އެދެންކަމަށެވެ. މީގެ ކުރިން ޓެން ހާގް ވަނީ ރޮނާލްޑޯއަކީ އޭނާގެ ޕްލޭންގައި މުހިންމު ކުޅުންތެރިއެއް ކަމަށް ވެސް ބުނެފައެވެ.

ޓީމު ދޫކޮށްލަން ރޮނާލްޑޯ ބޭނުންވާ ސަބަބަކީ ކުރިއަށް އޮތް ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގަ ޔުނައިޓެޑަށް ގެއްލުމުންނެވެ. އަންނަ ސީޒަނުގައި ޔުނައިޓެޑު ވާދަކުރާނީ ޔޫރޮޕާ ލީގުގައެވެ. ޗެމްޕިއަންސް ލީގުގައި ވާދަކުރާ ބޮޑު ކުލަބަކުން ރޮނާލްޑޯއަށް ޖާގަ ހޯދުމަށް އޭނާގެ އެޖެންޓު ޖޯޖް މެންޑޭސް މަސައްކަތް ކުރި ނަމަވެސް، އެ މަސައްކަތް ކާމިޔާބުވާ ގޮތް ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ން އެ ޓީމުގައި ރޮނާލްޑޯ ހިމަނަން ބޭނުންނުވާއިރު، ބަޔާން މިއުނިކްގެ ކޯޗު ހޫލިއަން ނާގަލްސްމަންއާއި ސްޕޯޓިން ޑިރެކްޓަރު ހަސަން ސަލިހަމްދްޒިޗް ބުނީ މިވަގުތު ރޮނާލްޑޯގެ ސޮއި ހޯދުމަކީ ޖަރުމަނު ލީގައި ބަޔާނަށް ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. މީގެ އިތުރުން އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވެސް ވަނީ ރޮނާލްޑޯ ބޭނުންނުވާކަން ހާމަކޮށްފައެވ. އޭނާ ބުނީ ޗެލްސީގެ އަމާޒަކީ ޓީމުގެ ޑިފެންސް ވަރުގަދަ ކުރުން ކަމަށެވެ.

ދެން ރޮނާލްޑޯ ބަދަލުވުމުގެ ވާހަކަތައް ދެކެވެނީ އެތުލެޓިކޯ މެޑްރިޑަށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ ޓީމުގެ ރައީސް އެންރީކޭ ސެރޭޒޯ ވަނީ އެކަމާ ގުޅޭ ގޮތުން ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީއާ މަޝްވަރާކޮށް، ރޮނާލްޑޯއަށް ބިޑު ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. އެވާހަކަތައް ދެކެވެމުން ދިޔަ ދަނޑިވަޅެއްގައި އެތުލެޓިކޯގެ ބައެއް ސަޕޯޓަރުން ވަނީ ރޮނާލްޑޯ އެ ޓީމަށް ގެނައުމާ ދެކޮޅު ކެމްޕެއިނެއް ފަށާފައެވެ. ނަމަވެސް، އެ ޓީމުގެ ބައެއް ސަޕޯޓަރުން މި ކެމްޕެއިނާ ދެކޮޅެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯމެންޗެސްޓަރ ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު