Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތައުލީމް ފޯރުކޮށްދިނުން

ސަރުކާރުގެ އަމާޒަކީ ތަޢުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުޞަތުތަކެއް ދަރިވަރުންނަށް ފަސޭހަކަމާއެކު ހޯދައިދިނުން - ރައީސް

ދަރިވަރުން މަތީ ތަޢުލީމުގެ މަރުޙަލާއާ ކުރިމަތިލަނީ، ދުނިޔޭގެ ތާރީޚުގައިވެސް އަދި ރާއްޖޭގެ ތާރީޚުގައިވެސް ވަރަށް ނާޒުކް ދަނޑިވަޅެއްގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ޖުލައި 2022 | ބުދަ 04:15
ރައީސް އިބްރާހިމް މުހައްމަދު ސާލިހު

ރައީސް އިބްރާހިމް މުހައްމަދު ސާލިހު

ސަރުކާރުގެ އަމާޒަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުޞަތުތަކެއް، ދިވެހި ދަރިވަރުންނަށް ފަސޭހަކަމާއެކު ހޯދައިދެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕާއި، ހައި އެޗީވަރސް ސްކޮލަޝިޕްގެ ލިޔުން ޙަވާލުކުރުމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް ހޯލުގައި މިރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުޞަތުތަކެއް، ދިވެހި ދަރިވަރުންނަށް ފަސޭހަކަމާއެކު ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހުނަރުވެރި ޒުވާނުން ތަމްރީނުކުރުމުގެ ފުރުޞަތު ރާއްޖޭގައި އިތުރުކުރެވިއްޖެ ކަމަށެވެ. ޓިވެޓް ސެންޓަރަކާއި ޖޫނިއަރ ކޮލެޖެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ދެ ރަށެއްގައި މިހާރުވެސް ކުރިއަށްދާ ކަމަށާއި، އިތުރު ރަށްރަށުގައި މިފަދަ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތްތައްވެސް ލަސްތަކެއްނުވެ އިރާދަކުރެއްވިއްޔާ ފެށިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ދަރިވަރުންނަށް ވިދާޅުވެދެއްވަން އޮތްހާވެސް ވާހަކައަކީ، އަބަދުވެސް ޤައުމާ ދޭތެރޭގައި ވިސްނާ ޒުވާނުންތަކަކަށް ވާން އެބަޖެހޭ ކަމެވެ. އަދި ޤައުމު މިހާރު އޮތް ޙާލަތުން އެއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުކޮށްލެވޭނެ ގޮތަކާމެދު އަބަދުވެސް ފިކުރު ހިންގުމަށާއި، އެ ބަދަލު ޤައުމަށް ގެނެވޭނީ ދަރިވަރުންގެ ސިކުނޑީގެ ތެރޭގައި އެ ބަދަލު އުފަންކުރުވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދަރިވަރުން މަތީ ތަޢުލީމުގެ މަރުޙަލާއާ ކުރިމަތިލަނީ، ދުނިޔޭގެ ތާރީޚުގައިވެސް އަދި ރާއްޖޭގެ ތާރީޚުގައިވެސް ވަރަށް ނާޒުކް ދަނޑިވަޅެއްގައި ކަމަށެވެ. މި ހުރިހާ ދުވަހު މައިންބަފައިންނާއި ބެލެނިވެރިންގެ ހިޔާވަހިކަމުގެ ތެރޭގައި އުޅެމުން އައިއިރު، ރާއްޖެއާއި މުޅި ދުނިޔެ ތަޙައްމަލުކުރަމުންދާ ކަންތައް ކުދިންނަށްވެސް އިޙްސާސް ކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދަރިވަރުން ނުކުންނަނީ ހުޅުވިފައިވާ ދުނިޔެއަކަށް ކަމަށާއި، ތަފާތު ސަގާފަތްތަކާއި، ތަފާތު އާދަކާދަތަކުގެ މަސްހުނި ވެށްޓެއްގެ ތެރެއަށް ކަމަށެވެ. އެ ވެށީގެ ތެރެއިން ޒަމާނީ އޮއިވަރާއި އުދަބާނިތައް ވަށައިލާނެ ކަމަށެވެ. ހިތް އެދޭ އެތައް ކަމެއް ވިސްނުމާ ކުޅެމުންދާނެ ކަމަށާއި، ހޮޅިލައި ނަގާ ކިތަންމެ ރާޅެއްގެ މިޞްރާބު ބަދަލުކުރުމަށް މަޖުބޫރުކުރާނެ ކަމަށެވެ.

އެހެން ނަމަވެސް، ދަރިވަރުންނަކީ ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ ކަމަށާއި، ކޮންމެ ބިމެއްގައި، ކޮންމެ ސަގާފަތެއްގެ ތެރޭގައި ދަތުރު ނަގަހައްޓަން ޖެހުނަސް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއަށްވުރެ ބޮޑަށް، ދަރިވަރުންގެ ހިތު މިޞްރާބު ސީދާކޮށްދޭނެ އެހެން ސަމުގާއެއް ނުފެންނާނެ ކަމަށެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަމާއި ހިތްހަމަޖެހުން ޙާޞިލްކުރެވޭނީ ދީނީ ކަންކަމަށް ފަރުވާތެރިކަން ބެހެއްޓި މިންވަރަކުންކަން ތާއަބަދަށް ހަނދާނުގައި ބަހައްޓަންވާނެ ކަމަށް ރައީސް ވަނީ ދަރިވަރުންނަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު