Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ބާސްކެޓު ޓީމު

ތަމްރީނުތަކަށް އަންހެން ބާސްކެޓުބޯޅަ ޓީމު އިންޑިއާއަށް

20 ޖުލައި 2022 | ބުދަ 03:17

އިންޑިއާ އަށް ގޮސްފައިވަނީ 10 ދުވަހުގެ ތަމްރީނު ޕްރޮގްރާމަކަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖުލައި 2022 | ބުދަ 03:17
މިނިސްޓަރު މަޚްލޫފް ބާސްކެޓު ޓީމާ ބައްދަލުކުރުން

މިނިސްޓަރު މަޚްލޫފް ބާސްކެޓު ޓީމާ ބައްދަލުކުރުން

ބައިނަލްއަޤުވާމީ ތަމްރީނުތަކެއްގައި ޤައުމީ އަންހެން ސީނިއަރ ބާސްކެޓު ޓީމާއި، 18 އަހަރުން ދަށުގެ ބާސްކެޓު ޓީމު އިންޑިއާއަށް ފުރައިފިއެވެ.

މިއީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ބާސްކެޓު މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ބާސްކެޓުބޯލް ޗެމްޕިއަންޝިޕާއި، އިންޑިއާގައި ބާއްވާ 18 އަހަރުން ދަށުގެ އަންހެން މުބާރާތަށް ފަރިތަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ތަމްރީނުތަކެކެވެ. އިންޑިއާގައި މި ތަމްރީނުތައް ކުރިއަށް ދާނީ 10 ދުވަހުގެ މުއްދަތަކަށެވެ.

ތަމްރީނުތަކަށް ފުރި ޓީމާ ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވަނީ ހޮނިހިރު ދުވަހު ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ދެ ޓީމަށް ވެސް ހިތްވަރު ދެއްވައި، ކާމިޔާބަށް އެދިފައެވެ. ތަމްރީނުތަކަށް ޓީމު ފުރައިފަވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކެއް މިއަހަރު ރާއްޖޭގައި ބާއްވާއިރު، ބާސްކެޓު މުބާރާތަކީ އޭގެ ތެރެއިން އެއް މުބާރާތެވެ. ބައިނަލްއަޤުވާމީ ފުރަތަމަ މުބާރާތެއްގެ ގޮތުގައި މިއަހަރު ރާއްޖޭގައި ބާއްވާފައިވަނީ، ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތެވެ. އޭގެ ފަހުން ދެ ވަނަ މުބާރާތެއްގެ ގޮތުގައި ބޭއްވީ ވެސްޓާން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕްއެވެ. މިއީ އަތޮޅުތެރޭ ރަށެއްގައި ބައިނަލްއަޤުވާމީ މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ. އެ މުބާރާތް ބާއްވާފައިވަނީ އއ.އުކުޅަހުގައެވެ.

ތިންވަނަ މުބާރާތެއްގެ ގޮތުގައި މިހާރު ކުރިއަށްދާ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވަނީ ކ.މާފުށީގައެވެ. މި މަހުގެ ފަހުކޮޅު ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ކުރިއަށްދާނެއެވެ. މީގެ އިތުރުން މިއަހަރުގެ ތެރޭގައި ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތް ރާއްޖޭގައި ބާއްވާއިރު، ބީޗް ވޮލީ މުބާރާތެއް ވެސް ބާއްވާނެއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް