Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޮތަބަޔާ ރާއްޖެއިން ފުރާވަޑައިގަތުން

ގޮތަބަޔާ ރާއްޖޭން ފުރާވަޑައިގަތުމުގައި އިންޑިއާގެ އަތެއް ނޯންނާނެ: ހައިކޮމިޝަން

14 ޖުލައި 2022 | ބުރާސްފަތި 13:00

ގޮތަބަޔާ ފުރާވަޑައިގަތުމުގައި އިންޑިއާގެ އަތެއް ވާކަމަށް ބައެއް ފަރާތްތަކުން ދަނީ ޚަބަރު ފަތުރަމުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 ޖުލައި 2022 | ބުރާސްފަތި 13:00
އިންޑިއާ ހައިކޮމިޝަން

އިންޑިއާ ހައިކޮމިޝަން

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ރާއްޖޭން ފުރާވަޑައިގަތުމުގައި އިންޑިއާގެ އެއްވެސް އަތެއް ނޯންނާނެކަމަށް، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ބުރާސްފަތި ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ގޮތަބަޔާ ރާއްޖޭން ފުރާވަޑައިގަތުމުގައި އިންޑިއާ ސަރުކާރުގެ އަތެއް ވާކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށެވެ. އަދި އެ ކަމުގައި އިންޑިއާ ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އިންޑިއާ ހައިކޮމިޝަނުން މިހެން ބުނީ ގޮތަބަޔާ ރާއްޖެއަށް ވަޑައިގަތުމުގައްޔާއި ރާއްޖެއިން ފުރާވަޑައިގަތުމުގައި އިންޑިއާ ސަރުކާރުގެ އަތެއް ވާކަމަށް ބުނެ ބައެއް ފަރާތްތަކުން ޚަބަރު ފެތުރުމާ ގުޅިގެންނެވެ. އިންޑިއާއިން ވަނީ ގޮތަބަޔާ އެ ގައުމަށް ވަޑައިގަތުމުގެ ހުއްދަ ނުދޭންވެސް ނިންމާފައެވެ.

ރާއްޖޭގައި 1 ދުވަސް ހޭދަކުރެއްވުމަށްފަހު ގޮތަބަޔާ ވަނީ ބުރާސްފަތި ދުވަހު ސިންގަޕޫރަށް ވަޑައިގެންފައެވެ. އެމަނިކުފާނު ލަންކާ ދޫކުރައްވައި ފިއްލަވައިގެން ރާއްޖެވަޑައިގަތީ އަންގާރަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެމަނިކުފާނަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތުދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ. ނަމަވެސް އެކަމާގުޅޭގޮތުން މިހާތަނަށް ރައީސް ނަޝީދު އެއްޗެއް ވިދާޅުވެފައިނުވާއިރު، މަޖިލީހުން ބުނަނީ އެފަދަ ޚަބަރެއް ލިބިފައިނުވާކަމަށެވެ.

ލަންކާ ދޫކުރައްވައި ފިއްލަވައިގެން ގޮތަބަޔާ ރާއްޖެ ވަޑައިގަތުމުން ލަންކާގެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން، ރާއްޖޭގައި ތިބި ލަންކާގެ ރައްޔިތުންވެސް ބުދަ ދުވަހު ވަނީ، ގޮތަބަޔާއަށް އެހީތެރިކަން ފޯރުކޮށްނުދިނުމަށާއި އެމަނިކުފާނު އަނބުރާ ލަންކާއަށް ފޮނުވައިދިނުމަށް އެދި މުޒާހަރާކޮށްފައެވެ.

ގޮތަބަޔާ ރާއްޖެއިން ސިންގަޕޫރަށް މިހާރު ވަޑައިގެންފައިވާއިރު، ބޭރުގެ ރިޕޯޓުތައް ބުނާގޮތުގައި އެމަނިކުފާނު ދެން ވަޑައިގަންނަވާނީ ސައޫދީ އަރަބިއްޔާއަށެވެ. އެ ގައުމުން އެ މަނިކުފާނަށް ހިމާޔަތްދީފައިވާ ކަމަށްވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

އިންޑިއަން ހައި ކޮމިޝަންގޮތަބަޔާ ރާޖަޕަކްސަ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ރާއްޖޭގައި މަަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިނަށް ޑޮލަރުން މުސާރަ ދޭން ބާރު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން ގޮވާލައިފި

16 އޮކްޓޯބަރު 2025
ރާއްޖޭގައި މަަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިނަށް ޑޮލަރުން މުސާރަ ދޭން ބާރު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން  ގޮވާލައިފި
20 ސެޕްޓެމްބަރު 2024

‎ލަންކާގެ ރިޔާސީ އިންތިޚާބު ހޮނިހިރު ދުވަހު – ރައީސްކަމަށް ހޮވޭނީ ކޮން ބޭފުޅެއް؟

20 ސެޕްޓެމްބަރު 2024
‎ލަންކާގެ ރިޔާސީ އިންތިޚާބު ހޮނިހިރު ދުވަހު – ރައީސްކަމަށް ހޮވޭނީ ކޮން ބޭފުޅެއް؟
05 ފެބުރުއަރީ 2023

އޮލިމްޕަސް އަލުން ތަރައްޤީ ކުރުމުގައި ބައިވެރި ވެވުމަކީ އިންޑިއާ އަށް ލިބޭ ޝަރަފެއް: އިންޑިއާ އެމްބަސީ

05 ފެބުރުއަރީ 2023
އޮލިމްޕަސް އަލުން ތަރައްޤީ ކުރުމުގައި ބައިވެރި ވެވުމަކީ އިންޑިއާ އަށް ލިބޭ ޝަރަފެއް: އިންޑިއާ އެމްބަސީ
14 ޖެނުއަރީ 2023

އިންޑިއާ ކޭމްޕަށް ފުރާ އެތުލީޓުންނާ މިނިސްޓަރ މަޚްލޫފް އަދި އިންޑިޔާގެ ހައި ކޮމިޝަނަރު މުނޫ މަހާވާރު ބައްދަލުކުރައްވައިފި

14 ޖެނުއަރީ 2023
އިންޑިއާ ކޭމްޕަށް ފުރާ އެތުލީޓުންނާ މިނިސްޓަރ މަޚްލޫފް އަދި އިންޑިޔާގެ ހައި ކޮމިޝަނަރު މުނޫ މަހާވާރު ބައްދަލުކުރައްވައިފި
08 ޑިސެމްބަރު 2022

ގާބިލްކަން އިތުރުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް 50 ޖުޑީޝަލް އޮފިސަރުން އިންޑިއާއަށް ފުރަނީ

08 ޑިސެމްބަރު 2022
ގާބިލްކަން އިތުރުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް 50 ޖުޑީޝަލް އޮފިސަރުން އިންޑިއާއަށް ފުރަނީ
03 ސެޕްޓެމްބަރު 2022

ފިއްލަވައިގެން އުޅުއްވުމަށްފަހު އެންމެފަހުން ގޮތަބަޔާ އެނބުރި ލަންކާއަށް

03 ސެޕްޓެމްބަރު 2022
ފިއްލަވައިގެން އުޅުއްވުމަށްފަހު އެންމެފަހުން ގޮތަބަޔާ އެނބުރި ލަންކާއަށް
19 އޯގަސްޓު 2022

36 ސިވިލް ސާވަންޓުން ތަމްރީނަށް އިންޑިއާ އަށް ފުރަނީ

19 އޯގަސްޓު 2022
36 ސިވިލް ސާވަންޓުން ތަމްރީނަށް އިންޑިއާ އަށް ފުރަނީ
19 އޯގަސްޓު 2022

ގޮތަބަޔާ އެނބުރި ވަޑައިގަންނަވަން އުޅުއްވާކަމެއް ނުދެނަހުރިން: ރަނިލް ވިކްރަމަސިންހަ

19 އޯގަސްޓު 2022
ގޮތަބަޔާ އެނބުރި ވަޑައިގަންނަވަން އުޅުއްވާކަމެއް ނުދެނަހުރިން: ރަނިލް ވިކްރަމަސިންހަ
06 އޯގަސްޓު 2022

ގޮތަބަޔާ ސިންގަޕޫރު ގައި ހުންނެވުމަށް ވިސާ އިތުރު ކުރުމަށް އެދިވަޑައިގެންފި

06 އޯގަސްޓު 2022
ގޮތަބަޔާ ސިންގަޕޫރު ގައި ހުންނެވުމަށް ވިސާ އިތުރު ކުރުމަށް އެދިވަޑައިގެންފި
02 އޯގަސްޓު 2022

މިއީ ގޮތަބަޔާ އެނބުރި އަންނަން އެންމެ ރަނގަޅު ވަގުތެއް ނޫން: ރަނިލް

02 އޯގަސްޓު 2022
މިއީ ގޮތަބަޔާ އެނބުރި އަންނަން އެންމެ ރަނގަޅު ވަގުތެއް ނޫން: ރަނިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް