Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އިއުލާންކުރުން

އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އިއުލާންކުރުން ސެޕްޓެމްބަރު 5 ގައި

11 ޖުލައި 2022 | ހޯމަ 23:51

ވޯޓުލުން އަންނަ ބުދަ ދުވަހު ފާށާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 11 ޖުލައި 2022 | ހޯމަ 23:51
1922 ކޮމިޓީގެ ޗެއަރމަން ގްރަހަމް ބްރެޑީ

1922 ކޮމިޓީގެ ޗެއަރމަން ގްރަހަމް ބްރެޑީ

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުގެ މަގާމަށް ބޮރިސް ޖޯންސަންގެ ބަދަލުގައި އަންނާނެ ބޭފުޅަކު އަންނަ ސެޕްޓެމްބަރު މަހުގެ 5 ގައި އިއުލާންކުރަން ނިންމައިފިއެވެ.

އެ ޤައުމުގެ ބޮޑުވަޒީރަކު ހޮވަން ވެރިކަން ކުރާ ޕާޓީ ކޮންސަވޭޓިވް ޕާޓީން ވަނީ މިހާރު ވެސް މަސައްކަތް ފަށައިފައެވެ. އެގޮތުން، މިހާތަނަށް 11 މެމްބަރަކު އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު ޖުމްލަ 20 މެމްބަރުން ކުރިމަތިލާނެ ކަމަށް ކޮންޒަވޭޓިވް ޕާޓީގެ 1922 ކޮމިޓީގެ ޗެއާމަން ގްރަހަމް ބްރެޑީ ވަނީ ވިދާޅުވެފައެވެ.

ބޮޑުވަޒީރު ހޮވާނީ އެ ޤައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ ކޮންޒަވޭޓިވް ޕާޓީގެ 358 މެމްބަރުންގެ ތެރެއިންނެވެ. އެ މަގާމަށް ކުރިމަތިލާ މެމްބަރުންގެ މެދުގައި ނަގާ ވޯޓުގެ ފުރަތަމަ ބުރު ބުދަ ދުވަހު އޮންނައިރު އެ އިންތިޚާބުގައި 30 ވޯޓަށްވުރެ މަދުން ލިބޭ ކެނޑިޑޭޓުން އެލިމިނޭޓްވާނެއެވެ. އެއަށްފަހު ބުރާސްފަތި ދުވަހު އިތުރު ވޯޓެއް ނަގާނެއެވެ.

ކުރިމަތިލާ މެމްބަރުންގެ ތެރެއިން ފަހު އިންތިޚާބުގައި ވާދަ ކުރާނީ 2 މެމްބަރުންނެވެ. އެ 2 ކެނޑިޑޭޓުންނަށް ކޮންޒަވޭޓިވް ޕާޓީގެ ހުރިހާ މެމްބަރުންނަށް ވޯޓު ދެވޭއިރު މި އިންތިޚާބު އޮންނާނީ އޮގަސްޓު ފަހުކޮޅުގައެވެ.

ބޮރިސް ޖޯންސަން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އާއްމުން ހިތްހަމަނުޖެހޭފަދަ ގިނަ ވާހަކަތަކެއް ފެތުރިގެން ދިއުމާއި، ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުންގެ ސަޕޯޓް ގެއްލިގެން ދިއުމާއެކު އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގެންނެވެ. އެމަނިކުފާނުގެ ސަރުކާރުން، ކެބިނެޓް މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން ހިމެނޭހެން 50އަށްވުރެ ގިނަ އިސް މެމްބަރުން، މަގާމުން އިސްތިއުފާދެއްވާފައިވާއިރު، މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ބޮރިސް ޖޯންސަން މަގާމުން އިސްތިއުފާދެއްވަން ޖެހޭކަމަށް ވިދާޅުވެފައެވެ. މިއާއެކު ބޮރިސް ޖޯންސަން ވަނީ ބުރާސްފަތި ދުވަހު މަގާމުން އިސްތިއުފާދެއްވާނެކަމަށް ވިދާޅުވެފައެވެ.

މަގާމުން އިސްތިއުފާދެއްވަމުން ބޮރިސް ޖޯންސަން ވަނީ، ގައުމުގެ އައު ބޮޑުވަޒީރު އައްޔަންކުރުމުގެ މަސައްކަތް މިހާރު ފަށަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އައު ބޮޑުވަޒީރަކު އައްޔަނުކުރެއްވެންދެން މަގާމުގައި މަޑުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިނގިރޭސިވިލާތް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
30 ނޮވެމްބަރު 2025

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ
24 ނޮވެމްބަރު 2025

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ

24 ނޮވެމްބަރު 2025
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ
31 އޮކްޓޯބަރު 2025

ޓެކްސް އިތުރު ނުކުރާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވަން ސްޓާމާ ފަސް ޖެހިއްޖެ

31 އޮކްޓޯބަރު 2025
ޓެކްސް އިތުރު ނުކުރާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވަން ސްޓާމާ ފަސް ޖެހިއްޖެ
30 އޮކްޓޯބަރު 2025

ސްޓާމާގެ ލޭބާ ޕާޓީ އަށް އޮތް ތާއީދު ރެކޯޑު މިންވަރަކަށް ދަށަށް ވެއްޓިއްޖެ

30 އޮކްޓޯބަރު 2025
ސްޓާމާގެ ލޭބާ ޕާޓީ އަށް އޮތް ތާއީދު ރެކޯޑު މިންވަރަކަށް ދަށަށް ވެއްޓިއްޖެ
28 އޮކްޓޯބަރު 2025

ކުރީގެ ބޮޑު ވަޒީރު ސުނާކް، ސަންޑޭ ޓައިމްސްގައި ކޮލަމް ލިޔުއްވަނީ

28 އޮކްޓޯބަރު 2025
ކުރީގެ ބޮޑު ވަޒީރު ސުނާކް، ސަންޑޭ ޓައިމްސްގައި ކޮލަމް ލިޔުއްވަނީ
28 އޮކްޓޯބަރު 2025

އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ހާމަ ކުރެއްވީ ޕޯސްޓް-ޕަންކް މިޔުޒިކަށް ކުރައްވާ ލޯބި

28 އޮކްޓޯބަރު 2025
އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ހާމަ ކުރެއްވީ ޕޯސްޓް-ޕަންކް މިޔުޒިކަށް ކުރައްވާ ލޯބި
26 އޮކްޓޯބަރު 2025

ލޭބާ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް ލޫސީ ޕަވެލް ހޮވައިފި

26 އޮކްޓޯބަރު 2025
ލޭބާ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް ލޫސީ ޕަވެލް ހޮވައިފި
26 އޮކްޓޯބަރު 2025

ލޯކަލް އިންތިޚާބުގައި ބަލިވެއްޖެ ނަމަ، ސްޓާމާގެ ވެރިކަން ނިމުމަކަށް އަންނާނެ ކަމަށް މެމްބަރުން ބުނަން ފަށައިފި

26 އޮކްޓޯބަރު 2025
ލޯކަލް އިންތިޚާބުގައި ބަލިވެއްޖެ ނަމަ، ސްޓާމާގެ ވެރިކަން ނިމުމަކަށް އަންނާނެ ކަމަށް މެމްބަރުން ބުނަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް