Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާގެ އިގުތިސާދީ ކާރިސާ

ލަންކާގައި ކައްކާ ގޭސް ފޯރުކޮށްދޭން ފަށައިފި

12.5 ކިލޯގްރާމްގެ ގޭސް ފުޅިއެއް އެންމެ އަގުބޮޑުކޮށް ވިއްކަން ކަނޑައަޅާފައިވާ އަގަކީ 4،910 ރުޕީސް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 11 ޖުލައި 2022 | ހޯމަ 06:18
ލަންކާގެ އާންމު ރައްޔިތުންނަށް ކައްކާ ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތް އެގައުމުގެ ލިޓްރޯ ގޭސް ކުންފުނިން ފަށައިފި

ލަންކާގެ އާންމު ރައްޔިތުންނަށް ކައްކާ ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތް އެގައުމުގެ ލިޓްރޯ ގޭސް ކުންފުނިން ފަށައިފި

ލަންކާގެ އާންމު ރައްޔިތުންނަށް ކައްކާ ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތް އެގައުމުގެ ލިޓްރޯ ގޭސް ކުންފުނިން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ހޯމަ ދުވަހު ލިޓްރޯ ކުންފުނިން ވަނީ ކޮލޮމްބޯގެ އެކި ހިސާބުތަކުގައި ކައްކާ ގޭސް ވިއްކަން އަލަށް ފަށައި އެކަން އިއުލާނުކޮށްފައެވެ. އަދި ގައުމުގެ ބާކީ ހުރި ސަރަހައްދުތަކުގައި ބުދަ ދުވަހުން ފެށިގެން ކައްކާ ގޭސް ވިއްކަން ފަށާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ލިޓްރޯ ކުންފުނިން ވަނީ 12.5 ކިލޯގްރާމްގެ ގޭސް ފުޅިއެއް އެންމެ އަގުބޮޑުކޮށް ވިއްކަން ކަނޑައަޅާފައިވާ އަގަކީ 4،910 ރުޕީސް ކަމަށާއި އެއަށް ވުރެ އަގުބޮޑުކޮށް ވިއްކާ ނަމަ ގޭސް ނުގަތުމަށް އިލްތިމާސްކުރާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ގޭސް ގަތުމުގެ ކުރިން އެގެއެއްގެ މެއި މަހުގެ ކަރަންޓު ބިލް ދެއްކުމަށްވެސް އެކުންފުނިން ވަނީ އެދިފައެވެ. މިއީ އެއް ބަޔަކު މާ ގިނައިން ގޭސް ގަނެ ފޮރުވާފައި ބަހައްޓަފާނެތީ އެކުންފުނިން ކުރަން ނިންމި ކަމެކެވެ.

އާދިއްތަ ދުވަހު ލަންކާއަށް ވަނީ އެގައުމުން އޯޑަރުކޮށްފައިވާ ކައްކާ ގޭހުގެ ފުރަތަމަ ޝިޕްމެންޓް ލިބިފައެވެ. އެގޮތުން ފުރަތަމަ ޝިޕްމެންޓްގައި ވަނީ 3،700 މެޓްރިކް ޓަނުގެ ކައްކާ ގޭސް ލިބިފައެވެ. އަދި އިތުރު 3،740 މެޓްރިކް ޓަނުގެ ގޭހުގެ ޝިޕްމެންޓެއް ހޯމަ ދުވަހުގެ ހަވީރު ލިބޭނެ ކަމަށް އެޤައުމުގެ ރައީސް އޮފީހާ ހަވާލާދީ ވަނީ ރިޕޯޓުކޮށްފައެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ކައްކާ ގޭސް ޝިޕްމެންޓުތައް ލިބުނުހާ އަވަހަކަށް ގޭސް ބެހުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ރައީސް ގޮތަބަޔާ ރާޖަޕަކްސަ އަންގަވާފައިވާކަމަށް ބުނެފައެވެ.

އިތުރު 3،200 މެޓްރިކް ޓަނުގެ ގޭސް ޝިޕްމެންޓެއް މިމަހުގެ 15 ވަނަ ދުވަހު ލިބޭނެ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އަދި ލަންކާއިން މިމަހު 33،000 މެޓްރިކް ޓަނުގެ ކައްކާ ގޭސް އޯޑަރުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ލިޓްރޯ ގޭސް ކުންފުނީގެ ޗެއަރމަން މުޑިތާ ޕެއިރިސްއާ ހަވާލާދީ ރައީސް އޮފީހުގެ ބަޔާނުގައި ވަނީ ޖުލައި 12 ވަނަ ދުވަހުން ފެށިގެން އެކުންފުނިން އާންމުކޮށް ގޭސް ބަހަން ފަށާނެ ކަމަށާއި މިމަސް ނިމެންވާ އިރަށް އާންމުންނަށް ބޭނުންވާ ގޭސް ލިބުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.

ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާގައި އެގައުމަށް ބޭނުންވާ ތެލާ ގޭހުގެ އިމްޕޯޓަށް ޚަރަދުކުރާނެ ފައިސާ ނެތުމުން އެގައުމަށް ވަނީ ތެޔޮ އަދި ގޭހުގެ ސަޕްލައި ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.

ސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު