Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

ސަސް އަތުން ގްރީންއަށް ރަނގަޅު މޮޅެއް، 5 ވަނައަށް!

20 ޕޮއިންޓާއެކު ތިން ޓީމް އެބައޮތް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 6 ޖުލައި 2022 | ބުދަ 13:44
ލަނޑު ޖެހުމަށްފަހު ގްރީންގެ ކުޅުންތެރިން އުފާފާޅުކުރަނީ

ލަނޑު ޖެހުމަށްފަހު ގްރީންގެ ކުޅުންތެރިން އުފާފާޅުކުރަނީ

ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) ބަލިކޮށް, ދިވެހި ޕްރިމިއަރ ލީގުގެ ތާވަލްގެ ފަސްވަނައަށް ކްލަބް ގްރީން ސްޓްރީޓްސް ޖެހިލައިފިއެވެ.

ގްރީން ފަސްވަނައަށް ޖެހިލީ 16 މެޗުން 20 ޕޮއިންޓް ހަމަކޮށްގެންނެވެ. މިއަދަދަށް ޕޮއިންޓް ލިބިފައިވާ އެހެން ދެ ޓީމެއްވެސް އެބައޮތެވެ. އެއީ ޓީސީއާއި ޔުނައިޓެޑް ވިކްޓްރީއެވެ. ތިން ޓީމް ތަރުތީބުވެފައިވަނީ ފައިދާ ގޯލުންނެވެ.

ސަސްގެ މައްޗަށް ގްރީން ކުރި ހޯދީ 4-0ންނެވެ. މެޗުގައި ގްރީންގެ ފުރަތަމަ ލަނޑު ޖެހީ ހަސަން ނަޒީމްއެވެ. ދެވަނަ ލަނޑާއި ހަތަރުވަނަ ލަނޑު ޖެހީ ހޯސޭ އަވީލާއެވެ. ތިންވަނަ ލަނޑު ޖެހީ މުހައްމަދު ޖައިލަމްއެވެ.

މިނަތީޖާގެ ސަބަބުން ސަސްއަށް އުނދަގޫތަކެއް ވަނީ ކުރިމަތިވެފައެވެ. ލީގުގެ ތިންވަނަ ބުރު ނިމޭއިރު ފުލަށްދާ ދެޓީމް ފުރަތަމަ ޑިވިޝަންގައި ދެމިއޮތުމަށް ކޮލިފިކޭޝަންގައި ވާދަކުރަން ޖެހޭނެއެވެ. މިހާރު އޮތްގޮތުން ސަސް ކޮލިފިކޭޝަން ކުޅެން ޖެހުމުގެ ފުރުސަތު ބޮޑެވެ. އެއީ ސަސްއާ ކުރީގައި އޮތް ތިން ޓީމާ ދެމެދު ހަ ޕޮއިންޓްގެ ފަރަގެއް އޮތުމުންނެވެ. ސަސް އޮތީ ހަތްވަނާގައެވެ.

ލީގުގައި ބުދަ ދުވަހުގެރޭ ވާދަކުރާނީ އެއްވަނާގައި އޮތް މާޒިޔާއާއި ތިންވަނާގައި އޮތް ވެލެންސިޔާއެވެ.

ދިވެހި ޕްރިމިއާ ލީގުއުރީދޫ ދިވެހި ޕްރިމިއަރ ލީގްސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ކުލަބް ގްރީން ސްޓްރީޓްސް

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
24 ނޮވެމްބަރު 2025

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި
10 ނޮވެމްބަރު 2025

ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

10 ނޮވެމްބަރު 2025
 ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި
09 ނޮވެމްބަރު 2025

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް
08 ނޮވެމްބަރު 2025

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު