Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ގްރީން ފަންޑު ރިޕޯޓް

ފަތުރުވެރިން އަތުން ނަގާ ޓެކެސްއިން މެއި މަހު ދައުލަތަށް 96.5 މިލިއަން ރުފިޔާގެ އާމްދަނީއެއް

އެންމެ ބޮޑު އަދަދެއް ގްރީން ފަންޑަށް ލިބިފައިވަނީ ރިސޯޓުތަކަށް އައި ފަތުރުވެރިންގެ އަތުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 3 ޖުލައި 2022 | އާދީއްތަ 03:19
ރިސޯޓެއްގައި މީހަކު ޕޫލެއްގައި ފްލޯޓިން ބްރެކްފާސްޓާއެކު

ރިސޯޓެއްގައި މީހަކު ޕޫލެއްގައި ފްލޯޓިން ބްރެކްފާސްޓާއެކު

ނިމިދިޔަ މެއި މަހު ގްރީން ޓެކްސްގެ ގޮތުގައި 96،586،761.51 (ނުވަދިހަ ހަމިލިއަން ފަސްލައްކަ އަށްޑިހަ ހަހާސް ހަތްސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ފަންސާސް އެއްލާރި) ދައުލަތަށް ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މެއި މަހުގެ ގްރީން ފަންޑް ރިޕޯޓުން ދައްކާގޮތުން ގްރީން ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ރާއްޖޭގައި ހިންގާ ރިސޯޓުތަކަށް އައި ފަތުރުވެރިންގެ އަތުންނެވެ. ރިސޯޓުތަކަށް އައި ފަތުރުވެރިންގެ އަތުން 90،911،209.32 (ނުވަދިހަމިލިއަން ނުވަލައްކަ އެގާރަހާސް ދުވިސައްތަ ނުވަރުފިޔާ ތިރީސް ދެލާރި) ދައުލަތަށް ވަނީ ލިބިފައެވެ.

ގެސްޓްހައުސްތަކަށް އައި ފަތުރުވެރިންގެ އަތުން 2،470،588.83 (ދެމިލިއަން ހަތަރުލައްކަ ހަތްދިހަހާސް ފައްސަތޭކަ އަށްޑިހަ އަށްރުފިޔާ އަށްޑިހަ ތިންލާރި) ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާއިރު، ހޮޓާތަކަށް އައި ފަތުރުވެރިންގެ އަތުން 1،041،159.36 (އެއްމިލިއަން ސާޅީސް އެއްހާސް ސަތޭކަ ފަންސާސް ނުވަ ރުފިޔާ ތިރީސް ހަލާރި) ވަނީ ދައުލަތަށް ލިބިފައެވެ. މީގެ އިތުރުން ލިވަރބޯޑް ތަކަށް އައި ފަތުރުވެރިންގެ އަތުން 2،162،804 (ދެމިލިއަން އެއްލައްކަ ފަސްދޮޅަސް ދެހާސް އަށްސަތޭކަ ހަތަރު ރުފިޔާ) ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ ލިބިފައެވެ.

މެއި މަހު ގްރީން ފަންޑަށް ދައުލަތަށް ލިބުނު އާމްދަނީން 36،732،962.94 (ތިރީސް ހަމިލިއަން ހަތްލައްކަ ތިރީސް ދެހާސް ނުވަސަތޭކަ ފަސްދޮޅަސް ދެހާސް ނުވަދިހަ ހަތަރުލާރި) ގެ ޕްރޮޖެކްޓު ހިންގާފައިވާކަމަށެވެ. މީގެ ތެރޭގައި އެކި ރަށްރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، އައްޑޫ ސިޓީގައި ގާއިމްކުރާ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ފެސިލިޓީ ހިމެނެއެވެ.

މިއާއެކު މަޝްރޫއުތަކަށް ކެނޑުމަށްފަހު ދައުލަތަށް ލިބިފައިވަނީ 59،853،798.57 (ފަންސާސް ނުވަމިލިއަން އަށްލައްކަ ފަންސާސް ތިންހާސް ހަތްސަތޭކަ ނުވަދިހަ އަށްރުފިޔާ ފަންސާސް ހަތްލާރި) އެވެ. އަހަރުގެ މިހާތަނަށް އައިއިރު ގްރީން ފަންޑުގައި ބާކީ ހުރީ 827،619،751.29 (އަށްސަތޭކަ ހަތާވީސް މިލިއަން ހަލައްކަ ނަވާރަހާސް ހަތްސަތޭކަ ފަންސާސް އެއްރުފިޔާ ނަވާވީސް ލާރި)އެވެ. މިހާތަނަށް ގްރީން ފަންޑުން ޚަރަދުކޮށްފައިވާ އަދަދު 356،789،428.11 (ތިންސަތޭކަ ފަންސާސް ހަމިލިއަން ހަތްލައްކަ އަށްޑިހަ ނުވަހާސް ހަތަރުސަތޭކަ އަށާވީސްރުފިޔާ އެގާރަ ލާރި) އަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ގްރީން ޓެކުހަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހަކަށް ވުމުން، ފަތުރުވެރިން އައުން މަަދުވާނަމަ ގްރީން ފަންޑަށް ޖަމާވާ ފައިސާ މަދުވާނެއެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ސަފާރީ، ރިސޯޓް އަދި ހޮޓެލްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ދުވާލަކަށް 6 ޑޮލަރު ނަގައެވެ. އަދި ގެސްޓް ހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ދުވާލަކަށް 3 ޑޮލަރެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ބަލާލާއިރު މިއަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރި ފަތުރުވެރިންގެ 50 އިންސައްތަ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ވަނީ އައިސްފައެވެ. ޓޫރިޒަމް މިނިސްޓްރީން ލަފާ ކޮށްފައިވާ ގޮތުގައި ކޮވިޑް-19އާއި ގުޅިގެން ފަތުރުވެރިކަމަށް އައި ހީނަރުކަމުން އަރައިގަނެ މިއަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެއެވެ. އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ކުރެވުނު އަންދާޒާ އާއި އެއްގޮތަށް، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު 809،603 އަށްވުރެ ގިނަ ފަތުރުވެރިން މިހާރު ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އިންނެވެ. އެއީ 111،967 ފަތުރުވެރިންނެވެ. އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް 14.8 އިންސައްތައަށް އަރާއިރު ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. އެގައުމުން އައި ފަތުރުވެރިންގެ ނިސްބަތަކީ މާކެޓުގެ 11.9 އިންސައްތައެވެ. އެއީ 96،176 ފަތުރުވެރިންނެވެ.

ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައީ ރަޝިއާ އިންނެވެ. ޔޫކްރެއިން-ރަޝިއާ ހަނގުރާމަ އާއި އެކުވެސް މިއަހަރު މިހާތަނަށް އެ ޤައުމުން 81،266 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ. ރާއްޖެށް ގިނައިން ފަތުރުވެރިން އަންނަ އިތުރު ޤައުމުތަކުގެ ތެރޭގައި ޖަރުމަން، އިޓަލީ، އެމެރިކާ، ފްރާންސް، ސްވިޓްޒަލެންޑް، ސައުދިއަރަބިއްޔާ އަދި ސްޕެއިން ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރާންސުން އަންނަ ފަތުރުވެރިން އިތުރުވެއްޖެ

ފްރާންސުން އަންނަ ފަތުރުވެރިން އިތުރުވެއްޖެ

21 ޑިސެމްބަރު 2017
ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އަދިވެސް ދަށަށް ދަނީ!

ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އަދިވެސް ދަށަށް ދަނީ!

25 ނޮވެމްބަރު 2017
ރާއްޖޭގެ ފުރަތަމަ އައިސް ރިންކް ޖުމެއިރާއަށް!

ރާއްޖޭގެ ފުރަތަމަ އައިސް ރިންކް ޖުމެއިރާއަށް!

22 ނޮވެމްބަރު 2017
"ޑިޕް އެންޑް ވިން" ޕްރޮމޯޝަންގެ ވީކްލީ ޕްލައިޒް ލިބޭ ފަރާތް ގުރުއަތުން ހޮވައިފި

"ޑިޕް އެންޑް ވިން" ޕްރޮމޯޝަންގެ ވީކްލީ ޕްލައިޒް ލިބޭ ފަރާތް ގުރުއަތުން ހޮވައިފި

02 އޮކްޓޯބަރު 2017
ފަތުރުވެރިން ރާއްޖެއަށް ޝައުގުވެރިކުރުވުމަށް އާ އުކުޅެއް!

ފަތުރުވެރިން ރާއްޖެއަށް ޝައުގުވެރިކުރުވުމަށް އާ އުކުޅެއް!

02 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު