Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓްރިޕަލް ތްރެޓް ބާސްކެޓްބޯލް ޓޯނަމެންޓް 2022

އެމް.އެން.ޔޫ.އެސް.ޔޫގެ ދެ ޓީމު ވެސް މޮޅުވެއްޖެ

އެމް.އެން.ޔޫ.އެސް.ޔޫގެ އަންހެން ޓީމު ވަނީ އަހުމަދިއްޔާ ބަލިކޮށްފައި، ފިރިހެން ޓީމު ވަނީ ވިލާ ކޮލެޖު ބަލިކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ޖުލައި 2022 | ހޮނިހިރު 04:11
ޓީޓީބީޓީ ބާސްކެޓު ބޯޅަ މުބާރާތުގެ ތެރެއިން

ޓީޓީބީޓީ ބާސްކެޓު ބޯޅަ މުބާރާތުގެ ތެރެއިން

ވިލާ ކޮލެޖްގެ ސްޓޫޑެންޓް އެސޯސިއޭޝަން (ވީ.ސީ.އެސް.އޭ)ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ޓްރިޕަލް ތްރެޓް ބާސްކެޓްބޯލް ޓޯނަމެންޓް 2022 (ޓީ.ޓީ.ބީ.ޓީ)ގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ފިރިހެން ޓީމް އާއި އަންހެން ޓީމު ވެސް މޮޅުވެއްޖެއެވެ.

އައުޓްޑޯ ބާސްކެޓް ކޯޓުގައި ހުކުރު ދުވަހުގެ ރޭ ފުރަތަަމަ ކުޅުނީ އަންހެން ޑިވިޝަންގެ މެޗެވެ. އެއީ ވިލާ ކޮލެޖްއާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ހައި ސްކޫލް ވާދަކުރި މެޗެވެ. އެ މެޗު 16-6 ން ކާމިޔާބުކުރީ އަހުމަދިއްޔާ އިންނެވެ. އަަންހެން ޑިވިޝަންގެ ދެ ވަނަ މެޗުގައި ވާދަކުރީ ވިލާ ކޮލެޖް އާއި ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ)އެވެ. އެ މެޗު 25-7 ން ކާމިޔާބުކުރީ ސީ.އެޗް.އެސް.އީއެވެ. ރޭ ކުޅުނު އަންހެން ޑިވިޝަންގެ ފަހު މެޗުގައި ބައްދަލުކުރީ އެމް.އެން.ޔޫ.އެސް.ޔޫއާއި އަހުމަދިއްޔާއެވެ. އެ މެޗު 14-9 ން ކާމިޔާބުކުރީ އެމް.އެން.ޔޫ.އެސް.ޔޫއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ ފުރަތަަމަ މެޗުގައި ބައްދަލުކުރީ މެޕްސް ކޮލެޖް އާއި ސީ.އެޗް.އެސް.އީއެވެ. އެ މެޗު 27-13 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސީ.އެޗް.އެސް.އީއެވެ. ފިރިހެން ޑިވިޝަންގެ ދެ ވަނަ މެޗުގައި ވާދަކުރީ ވިލާ ކޮލެޖް އާއި އެމް.އެން.ޔޫ.އެސް.ޔޫއެވެ. މި މެޗު 33-17 ގެ ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އެމް.އެން.ޔޫ.އެސް.ޔޫއެވެ.

ވިލާ ކޮލެޖުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި ހަ ޓީމް އަކުން ވާދަކުރެއެވެ. އޭގެ ތެރޭގައި އެމް.އެން.ޔޫ.އެސް.ޔޫ، ވިލާ ކޮލެޖު، އަހުމަދިއްތާ އަދި ސީ.އެޗް.އެސް.އީ ހިމެނެއެވެ. މިއީ ހަޔަރ އެޑިއުކޭޝަން ކޮމިއުނިޓީގެ މެދުގައި ޓްރިޕަލް ތްރެޓް ބާސްކެޓްބޯލް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. ވިލާ ކޮލެޖުގެ ދަރިވަރުންގެ އެސޯސިއޭޝަނުން ވަނީ ކޮންމެ އަހަރުވެސް މި މުބާރާތް ބޭއްވުމަށް ނިންމާފައެވެ. މުބާރާތުގެ ފައިވް އޮން ފައިވް އާއި ތްރީ އޮން ތްރީގައި ވެސް އަންހެން އަދި ފިރިހެން ޓީމުތައް ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަށްދާނީ ޖުލައި ހަ ވަނަ ދުވަހާ ހަމައަށް، އައުްޓްޑޯ ބާސްކެޓު ކޯޓުގައެވެ.

މުބާރާތާ ގުޅޭ ގޮތުން ވިލާ ކޮލެޖުގެ ދަރިވަރުން އެސޯސިއޭޝަންގެ ރައީސް މޫސާ މީކާއީލް އަހުމަދު ވިދާޅުވީ މުބާރާތް ކުރިއަށް ގެންދިޔުމުގައި ހުރިހާ ޓީމުތަކެއްގެ ވެސް އެއްބާރުލުން ލިބޭ ކަމަށެވެ. މީކާއީލް ވިދާޅުވީ ހުރިހާ ޓީމުތަކެއްގެ ފަރާތުން ވެސް ފެންނަނީ އެކުވެރިކަމާއި އެއްބައިވަންތަކަމާއިއެކު، ކުޅިވަރުގެ ރޫޙާއި އެއްގޮތަށް މުބާރާތް ކުރިއަށް ގެންދިޔުމަށް އެހީތެރިވާ މަންޒަރުކަމަށެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންގެ އެސޯސިއޭޝަނުން އިންތިޒާމުކުރާ މި މުބާރާތް އިންތިޒާމްކުރުމުގެ ބައިވެރިއަކީ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު