Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހައްޖު ދުވަސް

މިއަހަރުގެ ހައްޖު ދުވަހަކީ ޖުލައި 8

29 ޖޫން 2022 | ބުދަ 18:23

އީދު ދުވަހަކީ ޖުލައި ނުވަ ވަނަ ދުވަސް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 ޖޫން 2022 | ބުދަ 18:23
1443 ވަނައަހަރު، ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕް އެއާޕޯޓުން މައްކާއަށް ދިއުމަށް ބަހަށް އަރަނީ

1443 ވަނައަހަރު، ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕް އެއާޕޯޓުން މައްކާއަށް ދިއުމަށް ބަހަށް އަރަނީ

މި އަހަރުގެ ހައްޖު ދުވަހަކީ ޖުލައި މަހުގެ 8 ވަނަ ދުވަސް ކަމަށް ސައުދީ ސަރުކާރުން ކަނޑައަޅައިފިއެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން ބުނީ ޒުލްޣައިދާ މަހުގެ އެންމެ ފަހު ދުވަހަކީ ބުދަ ދުވަސް (މިއަދު) ކަމަށެވެ. އެހެންކަމުން ހައްޖު މަހުގެ އެއްވަނަ ދުވަހަަކީ ބުރާސްފަތި ދުވަހެވެ. އަދި ހައްޖު ދުވަހަކީ ޖުލައި މަހުގެ 8 ވަނަ ދުވަހެވެ.

ސައުދީ ސަރުކާރުން ބުނީ ހަނދު ފެނިފައިވާތީ ބުރާސްފަތި ދުވަހަކީ ހައްޖު މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އަލްހާ އީދު ދުވަހަކީ ޖުލައި ނުވަ ވަނަ ދުވަހެވެ. އީދު ދުވަސް މިފަހަރު ދިމާވަނީ ހޮނިހިރު ދުވަހަށެވެ.

ހައްޖުމަހުގެ ފުރަތަމަ 10 ދުވަހަކީ މާތް ﷲ މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތަކެވެ. މި ދުވަސްތަކުގައި ހެޔޮ އަމަލުކުރުން ގިނަކުރުމަށް ކޮންމެ މީހަކު ވެސް ގަދައަޅާ މަސައްކަތް ކުރަން ޖެހެއެވެ. ހެޔޮކަން ބޮޑު ދުވަސްތަކުގައި ޞާލިޙު އަމަލުތައް ގިނަކޮށް، ﷲ ގެ ރުހިވޮޑިގަތުން ލިބޭތޯ ވާދަ ކުރަންޖެހެއެވެ. މި ދިހަ ދުވަހު ކުރުން ހެޔޮވެގެންވާ އަމަލުތަކުގެ ތެރޭގައި، ރޯދަހިފުމާއި، ޤުރްއާން ކިޔެވުމާއި، ގިނަގިނައިން މާތް ﷲ ހަނދުމަކުރުން ހިމެނެއެވެ. މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ، މާތްﷲ ހަނދުމަކުރުމުންނެވެ. މި ދިހަ ދުވަހު ކުރުން އިތުރުވެގެންވާ ހެޔޮ އަމަލުތަކުގެ ތެރޭގައި މާތް ﷲ އަށް ޒިކުރު ކުރުން ހިމެނެއެވެ.

މާތް ﷲ ގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ ޒިކުރު ކުރުމެވެ. އެއީ މުއުމިން އަޅާ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރެވެ. ޒިކުރު ކުރާ މީހާ ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި ޝައިތާނާގެ މަޅީގައި ޖެހުމުންނާއި ނަރަކައިގެ ގިނި ހިލަތަކުގެ ހޫނުން ރައްކާތެރިކޮށްދެއްވާނެއެވެ. މާތް ﷲ އަށް ޒިކުރު ކުރާ މީހާގެ މައްޗަށް މާތް ﷲ ގެ ރަހުމަތާއި މަލާއިކަތުންގެ ހެޔޮ ދުޢާ ލިބިގެންވެއެވެ. ހައްޖުވެރިޔާ ނޫން މީހާ އަރަފާތު ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރާއި ކުރިއަތް އޮތް އަހަރުގެ ފާފަތައް ފުއްސަވާ ކަމެއް ކަމަށާއި ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރުގެ ފާފަ ފުއްސަވާ ކަމެއްކަމަށް އިލްވެރިން ވިދާޅުވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2018

ހަނގުރާމައިގެ ސަބަބުން ދެކުނު ސޫދާނުގެ ދެލައްކައަށް ވުރެ ގިނަ ކުޑަކުދިން، ޖުލައި މަހުގެ ކުރިން މަރުވުމުގެ ބިރު އެބައޮޮތް: ޔުނިސެފް

20 ޖެނުއަރީ 2018
ހަނގުރާމައިގެ ސަބަބުން ދެކުނު ސޫދާނުގެ ދެލައްކައަށް ވުރެ ގިނަ ކުޑަކުދިން، ޖުލައި މަހުގެ ކުރިން މަރުވުމުގެ ބިރު އެބައޮޮތް: ޔުނިސެފް
09 ޖެނުއަރީ 2018

އިންޑިއާ އަށް 5000 ހައްޖު ކޯޓާ އިތުރު ކޮށްދީފި

09 ޖެނުއަރީ 2018
އިންޑިއާ އަށް 5000 ހައްޖު ކޯޓާ އިތުރު ކޮށްދީފި
28 ނޮވެމްބަރު 2017

ރޮބާޓް މުގާބޭ ގެ އުފަން ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ޒިމްބާބުވޭ އިން ކަނޑައަޅައިިފި

28 ނޮވެމްބަރު 2017
 ރޮބާޓް މުގާބޭ ގެ އުފަން ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ޒިމްބާބުވޭ އިން ކަނޑައަޅައިިފި
29 އޮކްޓޯބަރު 2017

މިއަހަރުގެ މިހާތަނަށް ލަންކާގައި މަގުމަތީ 2200 މަރު!

29 އޮކްޓޯބަރު 2017
މިއަހަރުގެ މިހާތަނަށް ލަންކާގައި މަގުމަތީ 2200 މަރު!
06 އޮކްޓޯބަރު 2017

މިއަހަރުގެ ނޯބެލް ޞުލްހައިގެ އިނާމް ނިއުކްލިއަރ ހަތިޔާރާ ދެކޮޅު ބައިނަލްއަޤްވާމީ ކެމްޕެއިން އަށް

06 އޮކްޓޯބަރު 2017
މިއަހަރުގެ ނޯބެލް ޞުލްހައިގެ އިނާމް ނިއުކްލިއަރ ހަތިޔާރާ ދެކޮޅު ބައިނަލްއަޤްވާމީ ކެމްޕެއިން އަށް
23 އޯގަސްޓު 2017

ހައްޖުގެ މުނާސަބަތުގައި ސްޓޭމްޕެއް ނެރެފި

23 އޯގަސްޓު 2017
ހައްޖުގެ މުނާސަބަތުގައި ސްޓޭމްޕެއް ނެރެފި
21 އޯގަސްޓު 2017

މައްކާގެ ހޮޓަލެއްގައި އަލިފާން ރޯވެ، 600 ހައްޖުވެރިން ހޮޓަލުން ނެރެފި

21 އޯގަސްޓު 2017
މައްކާގެ ހޮޓަލެއްގައި އަލިފާން ރޯވެ، 600 ހައްޖުވެރިން ހޮޓަލުން ނެރެފި
26 ޖުލައި 2017

މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ

26 ޖުލައި 2017
މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ
03 ޖޫން 2017

އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު

03 ޖޫން 2017
އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް