Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫޒަބަލް ރިޒަރވް

ކާޑާއި، ތެލާއި ބޭހަށް 5 މަސް ދުވަހަށް ފުދޭ މިންވަރުގެ ޔޫޒަބަލް ރިޒަރވް ހުންނާނެ – ފިނޭންސް މިނިސްޓަރު

ދިވެހިރައްޖޭގެ ބޭރު ފައިސާގެ ރިޒަރވް މެނޭޖްކުރުން ގާނޫނީ ގޮތުން ހަވާލުކުރެވިފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 ޖޫން 2022 | ބުދަ 08:21
ފިނޭންސް މިނިސްޓަރު އަމީރު

ފިނޭންސް މިނިސްޓަރު އަމީރު

2022 ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކާޑާއި، ތެލާއި ބޭހުގެ އިމްޕޯޓުގެ ގާތްގަޑަކަށް 5 މަސް ދުވަހަށް ފުދޭ މިންވަރުގެ ޔޫޒަބަލް ރިޒަރވް ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު އަމީރު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.

Advertisement - newsAdvertisement

މެންބަރު އީވާ މިނިސްޓަރާއި ލިޔުމުން ޖަވާބު ހޯއްދަވަން ކުރެއްވި ސުވާލުގައި ވިދާޅުވެފައިވަނީ މި ޖޫން މަސް ފެށުނު އިރު ދިވެހިރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލަރު ކަމަށެވެ. މި ހިނގާ ޖޫން މަހާއި ކުރިއަށް އޮތް ޖުލައި މަހު 130 މިލިއަނަށްވުރެ ގިނަ އަދަދުގެ ޑޮލަރު، ދަރަނި އަނބުރާ ދެއްކުމަށް ހޭދަކުރަންޖެހޭ ކަމަށެވެ. މި 130 މިލިއަން ޑޮލަރުގެ އިތުރުން، މި ދެ މަހުގެ ބަޖެޓްކޮށްފައިވާ ޑެފިސިޓަކީ 150 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެކެވެ. މާލީ ކަންކަން މި ދެންނެވި މަގުގައި ހުރި އިރު، ޖުލައި މަސް ނިމޭ އިރު ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކިތައް ދުވަހުގެ ކާޑު، ތެޔޮ އަދި ބޭހުގެ ފައިސާ ހުންނާނެ ކަމަށް ލަފާކުރެވޭތޯއެވެ.

މިނިސްޓަރު ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވީ ދިވެހިރައްޖޭގެ ބޭރު ފައިސާގެ ރިޒަރވް މެނޭޖްކުރުން ގާނޫނީ ގޮތުން ހަވާލުކުރެވިފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ކަމަށެވެ. އަދި ރިޒަރވްގެ ތަފާސްހިސާބުތައް ބަލަހައްޓައި އަންދާޒާތައް ތައްޔާރު ކުރުމަކީ ވެސް އެ އޮތޯރިޓީގެ ޒިންމާއެއް ކަމަށް ވިދާޅުވެފައިވެއެވެ.

އަދި ބޭރުގެ ފައިސާގެ ރިޒަރވްގެ ތެރެއިން ސަރުކާރަށް ބޭނުން ކުރެވޭ ފައިސާ ނުވަތަ ޔޫސަބަލް ރިޒާވަކީ މިވަގުތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ޝާއިރު ކުރާނެ ނަންބަރެއް ނޫނެވެ. ނަމަވެސް ލިބެންހުރި މައުލޫމާތަށް ބަލާ ފިނޭންސް މިނިސްޓްރީއަށް އަންދާޒާކުރެވޭ ގޮތުގައި 2022 ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކާޑާއި، ތެލާއި ބޭހުގެ އިމްޕޯޓުގެ ގާތްގަޑަކަށް 5 މަސް ދުވަހަށް ފުދޭ މިންވަރުގެ ޔޫޒަބަލް ރިޒަރވް ހުންނާނެކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އަދި މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ހޯއްދެވުމަށް ދަންނަވާކަމަށާއި ރިޒަރވް މެނޭޖުކުރުމުގައި ދައުލަތުން ބޭނުންވާ އެއްބާރުލުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް އަބަދުވެސް ދެމުންދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ދަނީ ހަލުވިކަމާއެެކު ކުރިއަރަމުން ކަމަށާއި މިއަހަރު ނިމޭއިރު އިގްތިސާދު ކޮވިޑުގެ ކުރީގައި ހުރިވަރަށް ރުޖޫއަ ކުރެވޭނެ ކަމަށެެވެ.

މީގެ އިތުރުން ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކުގެ އަސަރު ރައްޖެއަށް ކުރާނެ ކަމަށާއި އެއިން އަރައިގަނެވޭނީ ރަނގަޅު ދަނޑިވަޅުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެން ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހާލަތު މޮނިޓަރކޮށް ސަރުކާރުން ފިޔަވަޅު އަޅަމުންދާ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ރިޒާވަށް އަންނަ އިމްޕެކްޓް ކުޑަކުރުމަށް އައިޓީއެފްސީގެ ޓްރޭޑް ފައިނޭންސް ފެސިލިޓީގެ ލިމިޓް 175 މިލިއަން ޑޮލަރަށް އިތުރުކޮށްފައިވާ ކަމަަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ހިދުމަތްތަކަށް ބުރޫ ނާރާނެހެން ހަރަދުތައް އަލުން ބައްޓަންކޮށް، ބަޖެޓް ފައިނޭންސް ކުރުން ކަމަށް ވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ދައުލަތުން ދައްކަން ޖެހޭ ދަރަނި ދެއްކުމުގެ ގާބިލްކަން އެބަހުރި ކަމަށާއި އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ދައުލަތުގެ ރިޒަރވް ކޮވިޑްގެ ކުރިން ހުރިވަރުގައި ހިފެހެއްޓޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، މިފަދަ ވާހަކަތައް ރައްޔިތުން އަދި ބޭރުގެ އިންވެސްޓަރުންނަށް ހަޤީޤަތް އޮޅޭގޮތަށް އަޑުއިވުމުން, ދުނިޔެ މިއޮތް ނާޒުކު ފައްތަރުގައި މުޅި ރާއްޖެއަށް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ވެދާނެ ކަމެއް ކަމަށެވެ. އަދި އިޤްތިސާދުގައި ނުތަނަވަސްތަކަން އިތުރުވެ، މާކެޓަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމެެއް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދައުލަތުގެ އާމްދަނީ ރަނގަޅުވެފައިވީ ނަމަވެސް، ދައުލަތުގެ ޚަރަދުތަކަށް ވަނީ "ވާންވެފައި" ކަމަށެވެ. މިކަމުގައި ސަރުކާރުގެ ވިސްނުމަކީ ޚިދުމަތްތަކަށް ބުރޫ ނާރާނޭހެން ޚަރަދުތައް އަލުން ބައްޓަންކޮށް ބަޖެޓު ފައިނޭންސްކުރުން ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމުގެ އަސަރު ރާއްޖެއަށްވެސް ކުރާނެ ކަމަށާއި، މިފަދަ ރިސްކުތަކުން އަރައިގަނެވޭނީ ރަނގަޅު ދަނޑިވަޅުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެންކަން ފާހަގަކުރައްވަމުން މިނިސްޓަރުވަނީ ސަރުކާރުން ހާލަތު މޮނިޓަރުކޮށް ފިޔަވަޅު އަޅަމުންގެންދާކަމަށެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ރަސްމީ ރިޒަރވް ހުރީ 829 މިލިއަން ޑޮލަރުގައި ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު