Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަކުދިންގެ އަދުލުގެ ޤާނޫނު

ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ މަޤްސަދު ހާސިލްކުރުމަށްޓަކައި ކުރަންވީ އެންމެ މުހިއްމު އެއްކަމަކީ ޑައިވާޝަންގެ ނިޒާމް ޤާއިމްކޮށް ފައްކާކުރުން - އިމްރާން

ރެސިޑެންޓަލް ފެސިލިޓީޒް އަދި ހާފްވޭ ހައުސް ހެދުމުގެ މަސައްކަތަކީ އެކަމަށް ވަގުތުކޮޅެއް ނަގާނެ ކަންކަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ޖޫން 2022 | އަންގާރަ 07:38
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ މަޤްސަދު ހާސިލްކުރުމަށްޓަކައި ކުރަންވީ އެންމެ މުހިއްމު އެއްކަމަކީ ޑައިވާޝަންގެ ނިޒާމް ޤާއިމްކޮށް, އެނިޒާމް ފައްކާކުރުންކަމަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ "އިމްޕްލިމެންޓޭޝަން އޮފް ޑައިވަރޝަން ފޮރ ޗިލްޑްރަން އިން ކޮންފްލިކްޓް ވިތް ދަ ލޯ" ގެ ނަމުގައި އަންގާރަ ދުވަހު ފެށި މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު އިމްރާން ވިދާޅުވީ މި މިޕްރޮގްރާމް ފެށިގެން ދަނީ އެމަޤްސަދަށްޓަކައި އެދިމާއަށް ކަމަށެވެ. މިއީ ދިވެހިރާއްޖޭގައި އަލަށް ފެށިގެންދާކަމަކަށްވާތީ މިކަމަށް އެންމެން ވަރަށް ބޮޑަށް އަހުލުވެރިވާން ޖެހޭނެކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެކަމަށް ވަރަށްބޮޑަށް ތައްޔާރުވާންޖެހޭނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިކަން ކާމިޔާބުކުރަން ވަރަށް ގިނަ ހުނަރުތައް ދަސްކުރަން ޖެހޭކަމަށެވެ.

މީގެއިތުރުން މިކަން ކުރެވޭނީ އަޅުގަނޑުމެން އެންމެން ގުޅިގެން ކަމަށާއި, ކުޑަކުދިންގެ މުޅި އަދުލުގެ ނިޒާމް ފުރިހަމަކުރުމަށްޓަކައި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް އެކުގައި މަސައްކަތްކުރުމަކީ ވަރަށް މުހިއްމުކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަތީޖާއަކާ ހަމައަށް ދެވޭނީ ގުޅުންހުރި ހުރިހާ މުއައްސަސާތައް އެކުގައި މަސައްކަތްކޮށްގެންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ މުޅި އިޖުތިމާއީ ވެއްޓަށް އަންނަމުން ދިޔަ ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބަދަލެއް އައިސްފައިވަނީ އަޅުގަނޑުމެންގެ ޢާއްމު ބަހުރުވައިންނަމަ ކުޑަކޮށް ސިޔާސަވަމުންދާ ކުޑަކުދިންނަށް ރަނގަޅު ހައްލެއް ހޯދޭނެ މަގެއް އަޅުގަނޑުމެންނަށް ރަނގަޅަށް ހޯދިފައި ނެތުމުންކަމަށެވެ. މިމަސައްކަތް އެކިސަރުކާރުތަކުން އެމިންވަރަށް ކުރަމުންގޮސް މިސަރުކާރު އައުމާއެކު އެންމެ އިސްކަމެއްދިން އެއްކަމަކީ ކުޑަކުދިންގެ އަދުލުގެ ޤާނޫނު ވުޖޫދުކުރަންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ސަރުކާރުން ވުޖޫދުކުރި ޤާނޫނުގެ ތެރެއިން ކުޑަކުދިންގެ އަދުލުގެ ޤާނޫނު ހިމެނެނީ އެންމެ ކުރީކޮޅު ވުޖޫދުކުރި ޤާނޫނުގެ ތެރެއިންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކުޑަކުދިންގެ އަދުލުގެ ޤާނޫނު ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތަކާއެކުވެސް އެމަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ރެސިޑެންޓަލް ފެސިލިޓީޒް އަދި ހާފްވޭ ހައުސް ހެދުމުގެ މަސައްކަތަކީ އެކަމަށް ވަގުތުކޮޅެއް ނަގާނެ ކަންކަންކަމަށް ވިޔަސް އެމަސައް މިއަދު ފެށިފައިވާކަމަށެވެ. މިއަހަރު ނިމިގެންދާއިރު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އެމަސައްކަތުގައި އަމަލީ ނަތީޖާ އަޅުގަނޑުމެންނަށް ފެނި ރަނގަޅަށް މިކަންކަން ފަށައިގަނެވޭނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިތަމްރީނުތައް ކުރިއަށްގެންދާއިރު މިމަސައްކަތުގައި ޔޫއެންގެ ތަފާތު އެޖެންސީތަކުން ޚާއްސަކޮށް ޔޫއެންއޯޑީސީގެ ފަރާތުން ދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެއެޖެންސީތަކަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ. ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކު މިއަދު ފެށި މަސައްކަތު ބައްދަލުވުން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިމަސައްކަތުބައްދަލުވުން އަމާޒުކޮށްފައިވަނީ ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި, ޕީޖީއާއި, ދިވެހި ފުލުހުންގެ ޚިދުމަތާއި, ޖުވެނައިލް ކޯޓާއި, އެޑިއުކޭޝަން މިނިސްޓްރީއާއި, ޖެންޑަރ މިނިސްޓްރީގެ ބޭފުޅުންނަށެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއަރޒްހޯމް މިނިސްޓަރު، އިމްރާން އަބްދުﷲޖުވެނައިލް ޑިޓެންޝަން ސެންޓަރ

ކޮމެންޓް

އިތުރަށް ކިޔާލަން

"ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ދޫކޮށްލުން ގޯސް، ނަމަވެސް ވާނުވާ ޖަހާފައި ތިބޭ ތިބުން ނިމުމަކަށް ގެންނާނެ"

"ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ދޫކޮށްލުން ގޯސް، ނަމަވެސް ވާނުވާ ޖަހާފައި ތިބޭ ތިބުން ނިމުމަކަށް ގެންނާނެ"

23 މާރިޗު 2024
ހަފުތާ 14ގެ ތެރޭގައި، އެންޑީއޭއާ ގުޅުންހުރި މާ މުހިންމު މަސައްކަތްތަކެއް ނެތް: އިމާދު

ހަފުތާ 14ގެ ތެރޭގައި، އެންޑީއޭއާ ގުޅުންހުރި މާ މުހިންމު މަސައްކަތްތަކެއް ނެތް: އިމާދު

20 ޑިސެމްބަރު 2023
މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

10 އޮކްޓޯބަރު 2023
އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

06 އޮކްޓޯބަރު 2023
އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން

އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން

17 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު