Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީ ހުނަވަރު ޕްރޮގްރާމް

އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމް ނިންމި 52 ފަރާތަކަށް ސެޓްފިކެޓް ހަވާލުކޮށްފި

27 ޖޫން 2022 | ހޯމަ 16:49

އިތުރު 32 ބައިވެރިން ދަނީ މިހާރުވެސް ޕްރޮގްރާމް ފުރިހަމަ ކުރަމުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 27 ޖޫން 2022 | ހޯމަ 16:49
އެމްޓީސީސީ ހުނަވަރު ޕްރޮގްރާމް ނިންމި ބައިވެރިއަކަށް ސެޓްފިކެޓް ހަވާލު ކުރަނީ

އެމްޓީސީސީ ހުނަވަރު ޕްރޮގްރާމް ނިންމި ބައިވެރިއަކަށް ސެޓްފިކެޓް ހަވާލު ކުރަނީ

މީހުން ތަމްރީން ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގާ ހުނަވަރު ޕްރޮގްރާމް ނިންމި ފަރާތްތަކަށް ސެޓްފިކެޓް ހަވާލު ކޮށްފިއެވެ.

ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިންނާ ސެޓްފިކެޓް ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއާއި ޗީފް އޮޕަރޭޓިންގ އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. މި ރަސްމިއްޔާތުގައި 52 ފަރާތަކަށް ވަނީ ޕްރޮގްރާމް ނިންމި ކަމުގެ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

Advertisement - newsAdvertisement

2018ވަނަ އަހަރު ތައާރަފު ކުރި އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމުގެ ދަށުން އެކި ދާއިރާތަކުން ޓެކްނިކަލް ވަޒީފާތަކަށް މީހުން ތަމްރީން ކުރެއެވެ. އަހަރުގެ ކޮންމެ ކުއަރޓާއެއްގައި ވެސް މި ހަރަކާތް އެމްޓީސީސީން ކުރިއަށްގެންދެއެވެ.

ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ހުނަވަރު ލައިސެންސިންގ ޕްރޮގްރާމުގެ ދަށުން ބަސް ޑްރައިވަރުންގެ ގޮތުގައި 43 މީހުން ތަމްރީން ފުރިހަމަކޮށްފައިވާއިރު ހުނަވަރު ޓެކްނިކަލް ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން އެސިސްޓެންޓް ސައިޓް ސުޕަވައިޒަރުންގެ ގޮތުގައި 6 އަދި މެރިން މެކޭނިކުންގެ ގޮތުގައި 3 މީހުން ވަނީ ތަމްރީން ފުރިހަމަ ކޮށްފައެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެ ކުންފުނިން އެންމެ އިސްކަމެއް ދޭ އެއް ކަމަކީ މީހުން ތަމްރީން ކުރުމާއި އުނގަންނައިދިނުން ކަމަށެވެ. އަދި އެމްޓީސީސީ އިން ދިވެހިންނަށް ފަސޭހައިން ވަޒީފާގެ ފުރުސަތުތައް ލިބެން ހުންނަ ކަމަށާއި ނަމަވެސް ބައެއް ފަރާތްތަކުން އެ ފުރުސަތު ލިބި ވެސް ދޫކޮށްލާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީގެ ވަޒީފާތައް ގިނަ ފަހަރު ދޫކޮށްލަނީ އެ މަސައްކަތަކީ ކުރަން ހަޑި މަސައްކަތެއް ކަމުގައި ދެކިންގެން ކަމަށެެވެ. މިއި ބަދަލު ކުރަންވީ ވިސްނުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީ ހުނަވަރު ޕްރޮގްރާމްއަކީ ވަޒީފާގެ ބާޒާރަށް ތަޖުރިބާ ހުރި މަސައްކަތްތެރިން ބިނާ ކުރުމަށާއި ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި ކޮންސްޓްރަކްޝަން ދާއިރާ ފަދަ ދާއިރާތަކުން ދިވެހިންނަށް ފުރުސަތުތައް ފަހި ކޮށްދިނުމަށް ހިންގާ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމުގެ ދަށުން އަންހެނުންނަށް ވެސް އެމްޓީސީސީން ފުރުސަތު ދެއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގެ ގޮތުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ސައިޓުތަކުގައި 3 މަސް ދުވަހު އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބެއެވެ. މި މުއްދަތުގައި ކޮންމެ ބައިވެރިއަކަށް އެލަވެންސްގެ ގޮތުގައި 5000 ރުފިޔާ ދޭއިރު 3 މަސް ތެރޭގައި ކާމިޔާބުކަމާއެކު ޕްރޮގްރާމް ނިންމާލައިފިނަމަ ވަޒީފާގެ ފުރުސަތު ވެސް އެމްޓީސީސީން ދެއެވެ.

ހޯމަ ދުވަހު މި ޕްރޮގްރާމް ނިންމި 52 މީހުންގެ އިތުރުން މިހާރު ވެސް 32 މީހުން ތަމްރީން ހޯދަމުން ދާ ކަމަށް އެމްޓީސީސީން މައުލޫމާތު ދީފައި ވެއެވެ.

އެމްޓީސީސީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް