Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާރުކޭޓު ގޮޅިތައް

ޖޫރިމަނާ ދެއްކުމުން ބިދޭސީން ތިބުމުން ބަންދުކުރި ގޮޅިތައް ހުޅުވަން ހުއްދަ ދީފި

ގޮޅިތަކުގައި ވެސް ބިދޭސީން ނުބޭތިއްބުމަށް ޝަރުތުކޮށްފައިވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 24 ޖޫން 2022 | ހުކުރު 08:13
ލޯކަލް މާރުކޭޓް ތެރެ

ލޯކަލް މާރުކޭޓް ތެރެ

ޖޫރިމަނާ ދެއްކުމުން ބިދޭސީން ތިބުމުން ބަންދުކުރި ގޮޅިތައް ހުޅުވަން ހުއްދަ ދީފިއެވެ.

ގޮޅިތަކުގައި ބިދޭސީން ބޭތިއްބުން މަނާކޮށްފައި ވަނިކޮށް، އެކަން ކުރުމުން ދަތުރުވެރިންގެ މާރުކޭޓުގެ 46 ގޮޅިއެއް މާލެސިޓީ ކައުންސިލުން ބަންދުކުރުމަށްފަހު ޖޫރިމަނާ ދެއްކުމުން ފަސް ގޮޅި ފިޔަވައި އެހެން ގޮޅިތައް މިހާރު އަލުން ހުޅުވާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ އަލުން ހުޅުވާފައިވާ ގޮޅިތަކުގައި ވެސް ބިދޭސީން ނުބޭތިއްބުމަށް ޝަރުތުކޮށްފައިވާނެ ކަމަށެވެ. މާލެ ސިޓީ ކައުންސިލުން ކޮންމެ ހަފްތާއަކު ވެސް އިންސްޕެކްޝަންތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ބިދޭސީންގެ އުޅޭތީ އެތަނުގައި ތިބޭ ދިވެހީން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެއެވެ. ރާއްޖޭގައި ފައިސާ ލިބޭ ކޮންމެ ކަމެއްގައި ބިދޭސީންނަށް ހަރަކާތްތެރިވެވުމަކީ ނުހަނު ފަސޭހަކަމެކެވެ. އެއީ ކިތަންމެ ގިނަ ދިވެހިން ހަރަކާތްތެރިވާ ވިޔަފާރިއެއްނަމަވެސް އެފުރުސަތު އޮންނަނީ ފަހިވެފައެވެ. އޭގެ ފައިދާ ބިދޭސީން އަންނަނީ ނަގަމުންނެވެ. އެކަން މިއަންނަނީ ހުރިހާ ދާއިރާތަކެއްގައިވެސް ފެންނަމުންނެވެ.

ރާއްޖޭގައި ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު ޤަވާއިދާ ޙިލާފަށް ވެސް ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ދަނީ ދިރިއުޅެމުންނެވެ. ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި، ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އަލުން އިރާދަކުރެއްވިއްޔާ ފެށޭ ވަރަށް މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

އިބްރާހިމް މުހައްމަދު ސާލިޙު ނޫސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖެއެމްވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ވެސް ބިދޭސީންގެ މައްސަލަ، ޚާއްޞަކޮށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ، ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް ކަމަށެވެ. އެހެންކަމުން މިސަރުކާރުން ޚާއްސަ ސަމާލުކަމެއްދީގެން، އެ މަސައްކަތަށް ހައްލެއް ހޯދުން ކުރިއަށް ގެންދިޔަ ކަމަށާއި، ކޮވިޑާ އެކީގައިވެސް އެކަން ކުރިއަށްދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ހުއްދަނެތި ރާއްޖޭގައި އުޅޭ މީހުންގެ ތެރެއިން ވޮލަންޓިއަރ ކޮށްގެން، ގާތްގަނޑަކަށް 14000 މީހުން ފުރުވާލެވުނު ކަމަށެވެ. އަދި މަގުމަތިން، ގަވާއިދާ ޚިލާފަށް އުޅެގެން 8000 މީހުންނާއެކު، މުޅިއެކު 24000 މީހުން އެބުރުގައި ފޮނުވާލެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ހުއްދަ ނެތި އުޅޭ ބިދޭސީން ނިސްބަތްވާ ޤައުމުތަކުގެ އެމްބަސީތަކާ ސަރުކާރުން އަލުން މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށެވެ. އަދި ޕާސްޕޯޓް ނެތް މީހުންވެސް އުޅޭތީ، އެމީހުންގެ ޕާސްޕޯޓުތައް ހައްދައި، އެމީހުން ފުރުވާލުމުގެ ކަންތައްތައް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ލޯކަލް މާރުކޭޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ވިލިމާލޭގައި މާރުކޭޓެއް އަޅައިދިން ކުންފުންޏަކަށް ފައިސާ ދިނުމަށް، ސިޓީ ކައުންސިލްގެ މައްޗަށް ހުކުމްކޮށްފި

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ވިލިމާލޭގައި މާރުކޭޓެއް އަޅައިދިން ކުންފުންޏަކަށް ފައިސާ ދިނުމަށް، ސިޓީ ކައުންސިލްގެ މައްޗަށް ހުކުމްކޮށްފި

06 ސެޕްޓެމްބަރު 2025
ކުދި ވިޔަފާރިވެރިން ބަނގުރޫޓްވަނީ، ދުވާލެއްގެ މައްޗަށް 300 ރުފިޔާވެސް ނުލިބޭ މާރުކޭޓް ގޮޅިތައް އެބަހުރި!

ކުދި ވިޔަފާރިވެރިން ބަނގުރޫޓްވަނީ، ދުވާލެއްގެ މައްޗަށް 300 ރުފިޔާވެސް ނުލިބޭ މާރުކޭޓް ގޮޅިތައް އެބަހުރި!

03 އޯގަސްޓު 2025
ބާޒާރުގެ އަގުތަކަށް ބަދަލުތަކެއް: ލުނބޯގެ އަގު ތިރިއަށް، ކެރެޓުގެ އަގު މައްޗަށް

ބާޒާރުގެ އަގުތަކަށް ބަދަލުތަކެއް: ލުނބޯގެ އަގު ތިރިއަށް، ކެރެޓުގެ އަގު މައްޗަށް

26 މާރިޗު 2023
ހަތަރު މަސް ދުވަހަށް ވިލިމާލޭ މާރުކޭޓް ގޮޅިތަކުގެ ކުލި މާފުކޮށް، މާލޭގެ މާރުކޭޓް ގޮޅިތަކުގެ ކުލި ކުޑަކޮށްފި

ހަތަރު މަސް ދުވަހަށް ވިލިމާލޭ މާރުކޭޓް ގޮޅިތަކުގެ ކުލި މާފުކޮށް، މާލޭގެ މާރުކޭޓް ގޮޅިތަކުގެ ކުލި ކުޑަކޮށްފި

01 މާރިޗު 2023
އަދިވެސް ލޯކަލް މާރުކޭޓުގެ ގޮޅިތައް ދޫކޮށް ނުނިމޭކަމުގެ ޝަކުވާ

އަދިވެސް ލޯކަލް މާރުކޭޓުގެ ގޮޅިތައް ދޫކޮށް ނުނިމޭކަމުގެ ޝަކުވާ

03 އެޕްރީލު 2022

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު