Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާރުކޭޓްގެ މައްސަލަތައް ހައްލުކުރުން

މަސްމާރުކޭޓާއި ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓުގައި ހުރި މައްސަލަތައް ހައްލުކުރަނީ

މަސް މާރުކޭޓު ސަރަހައްދުގައި އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 މެއި 2021 | އަންގާރަ 06:52
ދަތުރުވެރިންގެ މާރުކޭޓް، މާރުކޭޓްގެ މައްސަލަތަކުގައި މިހާރު ވެސް ވިޔަފާރިވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރޭ

ދަތުރުވެރިންގެ މާރުކޭޓް، މާރުކޭޓްގެ މައްސަލަތަކުގައި މިހާރު ވެސް ވިޔަފާރިވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރޭ

ކުރިއަށް އޮތް ފަސް އަހަރަށް ފާސްކޮށްފައިވާ "ރައްޔިތުން އެދޭ އަމާޒަށް" މާލޭ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް، މަސްމާރުކޭޓާއި، ލޯކަލް މާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 3 ވަނަ ރަސްމީ އާއްމު ޖަލްސާގެ ނިންމުންތަކުގައި ބުނެފައިވަނީ މަސް މާރުކޭޓުގައި ހަދާފައިވާ އަށިތަކުގެމަތީގައި އައިސް އަޅާ އެ އައިސް މަތީގައި، މަސްވެރިންނަށާއި މަސް ގަނެވިއްކާ ފަރާތްތަކަށް ފުރުސަތު ލިބޭގޮތަށް ގުރުއަތުލައިގެން މަސް ވިއްކޭނެ ނިޒާމު ގާއިމުކުރާނެ ކަމަށާއި، މަސް މާރުކޭޓުގައި ފޮށިގަނޑުގައި ބަހައްޓައިގެން މަސް ވިއްކުން ނިމުމަކަށް ގެންނާނެ ކަމަށެވެ. އަދި ކުދިމަސް (މުށިމަސް، ރިންމަސް ފަދަ) ވިއްކަން ޚާއްސަ ކުރެވިފައިވާ ގޮޅިތަކުގައި ހުކުރު ދުވަހު މަސް ނުވިއްކޭގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް ހުކުރު ދުވަހު މަސް ވިއްކޭ ގޮތަށް ބަދަލުކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

ކައުންސިލުން ބުނީ މަސް މާރުކޭޓު ސަރަހައްދުގައި އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށާއި، މަސް މާރުކޭޓު ކޮންމެ ދުވަހެއްގެ މަސައްކަތް ނިންމައި، ރަނގަޅަށް ސާފުކޮށް ބަލަހައްޓާ ނިޒާމު ގާއިމުކުރާނެ ކަމަށެވެ. ކައުންސިލުން ބުނީ ލޯކަލް މާރުކޭޓު ސަރަހައްދުގައި މަސްވެރިންނަށް ހަދާފައި ހުރި ގޮޅިތައް އަލުން އިއުލާންކޮށް އަލުން ކުއްޔަށް ދޫކުރާނެ ކަމަށާއި، ފަޅުތެރޭގައި މަސް ގަނެވިއްކާ ފަރާތްތަކަށް ޚާއްސަ ހުއްދައެއްގެ ދަށުން، ކަމޭބެހޭ ހުރިހާ މިންގަނޑުތަކަކަށް ފެތޭގޮތަށް، ވަކި އަދަދަކަށް ދޯނި ފައްތިޔާ ދޭނެ ކަމަށެވެ. އެން ހިފައިގެން އައިސް މަޑުކޮށްލަން ހުރަސް ތޮށީގެ އިރުމަތިން، ކަނޑައެޅޭ އުސޫލަކުން ޖާގަ ދިނުމާއި ލޯކަލް މާރުކޭޓު ސަރަހައްދުގައި މަސްވެރިންނަށް ހަދާފައި ހުރި ގޮޅިތައް އަލުން އިއުލާންކޮށް ކުއްޔަށް ދޫކުރާނެ ކަމަށް ކައުންސިލުން ބުނެއެވެ. މަސް މާރުކޭޓާ ބެހޭ ގަވާއިދު ހަދައި ތަންފީޒުކުރުމާއި މަސް މާރުކޭޓުގެ ކަންކަން ބެލެހެއްޓުމަށް އިތުރު ސުޕަވައިޒަރުން ހަމަޖައްސާނެ ކަމަށް ކައުންސިލުން ބުނެއެވެ.

ކާނުތައް ސާފުކޮށް، ކާނުތައް އެއްކޮށް ބަދަލުކުރާނެކަން ފާހަގަކޮށް ކައުންސިލުން ބުނީ މަސް މާރުކޭޓުގައި މަސް ކަނޑަން ބޭނުންކުރާ ފެނަކީ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތް ފެނެއްކަން ކަށަވަރުކުރުމަށް ގަވާއިދުން ޓެސްޓުކުރާނެ ކަމަށާއި، ވިއްކާ މަހުގެ ކޮލިޓީ ކަށަވަރު ކުރުމަށް މަހުގެ ސާމްޕަލް ގަވާއިދުން ޓެސްޓުކުރާނެ ކަމަށެވެ.

ކައުންސިލުން ބުނީ ލޯކަލް މާރުކޭޓުގެ އެއްކޮޅުން އަނެއްކޮޅަށް މާރުކޭޓުގެ މެދުން، ދެކުނުން އުތުރަށް ޕާތްވޭ އެއް ހަދާނެ ކަމަށާއި، ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި ފްރިޖް ބެހެއްޓުމުގެ ހުއްދަ ދޭނެ ކަމަށެވެ. އެ ފްރިޖްގައި ވިއްކޭނޭ ތަކެތި ގަވާއިދުގައި ބަޔާންކުރާނެ ކަމަށާއި، ކަރަންޓް ބިލު އެފަރާތުން ދައްކާ ގޮތަށް، ނުވަތަ ވަކި އަދަދެއް އެއަށް ނަގާ ގޮތަށް ހަމަޖައްސާނެ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި 2 ފާހާނާ ހަދައިދިނުމާއި، 2 މަސް ދުވަހުގެ މުހުލަތެއް ދީ، އިސްލާހު ނުކޮށްފިނަމަ، ބިދޭސީން ސޭޓުންގެ ގޮތުގައި ބައިތިއްބާ ގޮޅިތަކުގެ އެގްރީމެންޓް ބާތިލުކުރުމުގެ އިތުރުން ލޯކަލް މާރުކޭޓުގައި ގޮޅިއެއްގެ ކުލި، އަކަފޫޓަކަށް ޖެހޭވަރަށް ދަތުރުވެރިންގެ މާރުކޭޓުގައި ވެސް އެ ރޭޓަށް ގޮޅީގެ ކުލި ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

ލޯކަލް މާރުކޭޓުގައި ގޮޅި ކުއްޔަށް ނެގި ފަރާތުން އެހެން ފަރާތަކަށް ކުއްޔަށްދީފައި ހުންނަ ގޮޅިތައް ފާހަގަކޮށް، 2 މަސް ދުވަހުގެ މުހުލަތެއް ދީ، އެގްރީމެންޓާއި ޚިލާފުވެފައިވާ ފަރާތްތަކުގެ އެގްރީމެންޓް ބާތިލުކޮށް އެ ގޮޅިތައް އަލުން އިއުލާންކުރާނެ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

ލޯކަލް މާރުކޭޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ވިލިމާލޭގައި މާރުކޭޓެއް އަޅައިދިން ކުންފުންޏަކަށް ފައިސާ ދިނުމަށް، ސިޓީ ކައުންސިލްގެ މައްޗަށް ހުކުމްކޮށްފި

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ވިލިމާލޭގައި މާރުކޭޓެއް އަޅައިދިން ކުންފުންޏަކަށް ފައިސާ ދިނުމަށް، ސިޓީ ކައުންސިލްގެ މައްޗަށް ހުކުމްކޮށްފި

06 ސެޕްޓެމްބަރު 2025
ކުދި ވިޔަފާރިވެރިން ބަނގުރޫޓްވަނީ، ދުވާލެއްގެ މައްޗަށް 300 ރުފިޔާވެސް ނުލިބޭ މާރުކޭޓް ގޮޅިތައް އެބަހުރި!

ކުދި ވިޔަފާރިވެރިން ބަނގުރޫޓްވަނީ، ދުވާލެއްގެ މައްޗަށް 300 ރުފިޔާވެސް ނުލިބޭ މާރުކޭޓް ގޮޅިތައް އެބަހުރި!

03 އޯގަސްޓު 2025
ބާޒާރުގެ އަގުތަކަށް ބަދަލުތަކެއް: ލުނބޯގެ އަގު ތިރިއަށް، ކެރެޓުގެ އަގު މައްޗަށް

ބާޒާރުގެ އަގުތަކަށް ބަދަލުތަކެއް: ލުނބޯގެ އަގު ތިރިއަށް، ކެރެޓުގެ އަގު މައްޗަށް

26 މާރިޗު 2023
ހަތަރު މަސް ދުވަހަށް ވިލިމާލޭ މާރުކޭޓް ގޮޅިތަކުގެ ކުލި މާފުކޮށް، މާލޭގެ މާރުކޭޓް ގޮޅިތަކުގެ ކުލި ކުޑަކޮށްފި

ހަތަރު މަސް ދުވަހަށް ވިލިމާލޭ މާރުކޭޓް ގޮޅިތަކުގެ ކުލި މާފުކޮށް، މާލޭގެ މާރުކޭޓް ގޮޅިތަކުގެ ކުލި ކުޑަކޮށްފި

01 މާރިޗު 2023
ޖޫރިމަނާ ދެއްކުމުން ބިދޭސީން ތިބުމުން ބަންދުކުރި ގޮޅިތައް ހުޅުވަން ހުއްދަ ދީފި

ޖޫރިމަނާ ދެއްކުމުން ބިދޭސީން ތިބުމުން ބަންދުކުރި ގޮޅިތައް ހުޅުވަން ހުއްދަ ދީފި

24 ޖޫން 2022

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު