Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާލޭ ސިޓީ ކައުންސިލް

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ވިލިމާލޭގައި މާރުކޭޓެއް އަޅައިދިން ކުންފުންޏަކަށް ފައިސާ ދިނުމަށް، ސިޓީ ކައުންސިލްގެ މައްޗަށް ހުކުމްކޮށްފި

ވިލިމާލޭގައި ވަގުތީ ލޯކަލް މާރުކޭޓެއް އެޅުމުގެ މަސައްކަތް ކުރި ކުންފުންޏަކަށް 150،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ދެއްކުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ހުކުމްކޮށްފި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2025 | ހޮނިހިރު 15:27
މާލޭ ސިޓީ ކައުންސިލް އިދާރާ

މާލޭ ސިޓީ ކައުންސިލް އިދާރާ

ވިލިމާލޭގައި ވަގުތީ ލޯކަލް މާރުކޭޓެއް އެޅުމުގެ މަސައްކަތް ކުރި ކުންފުންޏަކަށް 150،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ދެއްކުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ރައީސް މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނަވައިގެން މި މަސައްކަތް 2022 ވަނަ އަހަރު ހަވާލުކޮށްފައިވަނީ ގްލޯރިއަސް ޓްރޭޑިން އެންޑް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއެވެ. މި ކުންފުނިން ވަނީ ވަގުތީ މާރުކޭޓުގެ މަަސައްކަތް ނިންމާ ރައީސް މުއިއްޒު މޭޔަރަކަށް ހުންނަވަނިކޮށް ހަވާލު ކޮށްފައެވެ. ނަމަވެސް އޭގެ ފަހުން މަސައްކަތް ކުރި ކުންފުންޔަށް ދޭންޖެހޭ ފައިސާގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

Advertisement - newsAdvertisement

ކޯޓުގެ ހުކުމުގައި ވާގޮތުން، ގްލޯރިއަސް ޓްރޭޑިން އެންޑް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި މާލޭ ސިޓީ ކައުންސިލާ ދެމެދު 2022 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނިން ވަނީ މާރުކޭޓް އެޅުމުގެ މަސައްކަތް ފުރިހަމަކޮށް ހަވާލުކޮށްފައެވެ. ނަމަވެސް މަޝްރޫޢުގެ ޖުމްލަ އަގުގެ ތެރެއިން ރިޓެންޝަން ފައިސާގެ ގޮތުގައި ހިފެހެއްޓި ފަސް ޕަސެންޓަށްވާ 125،841.48 ރުފިޔާ ހޯދުމަށް ބިލު ހުށަހެޅުމުންވެސް، މާލޭ ސިޓީ ކައުންސިލުން އެ ފައިސާ ދޫކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ޖަވާބުދާރީވުމަށް ކޯޓުން ފުރުސަތު ދިންނަމަވެސް، މާލޭ ސިޓީ ކައުންސިލުން އެއްވެސް ޖަވާބެއް ދީފައިނުވާތީ، ކައުންސިލްގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ވަނީ ރިޓެންޝަން ފައިސާގެ އިތުރުން ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި 25،000 ރުފިޔާ ހިމަނައިގެން، ޖުމްލަ 150،841.48 ރުފިޔާ ގްލޯރިއަސް ޓްރޭޑިންގ އެންޑް ޝިޕިންގ އަށް ދެއްކުމަށް ސިޓީ ކައުންސިލްގެ މަށްޗަށް ހުކުމް ކޮށްފައެވެ.

ހުކުމުގައިވާ ގޮތުން، މާލޭ ސިޓީ ކައުންސިލުން މި ފައިސާ 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކަން ޖެހޭނެއެވެ. މިއީ ވިލިމާލޭގެ ވަގުތީ ލޯކަލް މާރުކޭޓުގެ މަސައްކަތާއި ގުޅިގެން ދިމާވެފައިވާ ފައިސާގެ މައްސަލައެއް ކަމަށްވާއިރު، މި މައްސަލައިގައި މާލޭ ސިޓީ ކައުންސިލުން އިތުރު އިސްތިއުނާފެއް ކޮށްފައިވާކަން ނުވަތަ ނޫންކަން އަދި ސާފުވެފައެއް ނުވެއެވެ.

މާލޭ ސިޓީ ކައުންސިލްސިވިލް ކޯޓުވިލިމާލެ ލޯކަލް މާރުކޭޓްގްލޯރިއަސް ޓްރޭޑިންގ އެންޑް ޝިޕިންގރިޓެންޝަން ފައިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު