Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާރުކޭޓުން ގޮޅި ދޫކުރުން

އަދިވެސް ލޯކަލް މާރުކޭޓުގެ ގޮޅިތައް ދޫކޮށް ނުނިމޭކަމުގެ ޝަކުވާ

އަދިވެސް ގޮޅި ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 3 އެޕްރީލު 2022 | އާދީއްތަ 08:47
މާލޭގެ ލޯކަލް މާރުކޭޓު

މާލޭގެ ލޯކަލް މާރުކޭޓު

އަދިވެސް މާލޭގެ ލޯކަލް މާރުކޭޓުން ގޮޅި ދޫކޮށް ނުނިމޭކަމުގެ ޝަކުވާ ވިޔަފާރިވެރިން ކޮށްފިއެވެ.

ރަމަޟާން މަސް ފެށުނުއިރުވެސް މާރުކޭޓުގެ ގޮޅިތައް ބަދަލުކުރުމުގެ މަސައްކަތުގައި ވިޔަފާރިވެރިން ހަރަކާތްތެރިވެއެވެ. އަދި މާރުކޭޓުގައި ގިނަ އަދަދެއްގެ ހުސް ގޮޅިތައް ހުރިކަންވެސް ފާހަގަކުރެއެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީއާއި ވާހަކަދެއްކި ވިޔަފާރިވެރިއަކު ބުނި ގޮތުގައި މާރުކޭޓުން އަދިވެސް ގޮޅި ދޫކޮށް ނިމިފައިނުވެއެވެ. އަދި ސިޓީ ކައުންސިލުން ބައެއް ގޮޅިތަކުގެ އެގްރީމެންޓު ނުހަދައި، އެގްރީމެންޓުގައި ސޮއިކޮށްފައިނުވެއެވެ. އެހެންކަމުން ބައެއް މީހުންނަށް ވިޔަފާރި ފަށައިނުގަނެވި ގިނަ ދުވަސްތަކެއް މަޑުކުރަން ޖެހިފައިވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

އަދި ރަމަޟާން މަހު ގޮޅިތައް ބަދަލުކުރަންޖެހުމަކީ މާރުކޭޓުގައި އުޅޭ ވިޔަފާރިވެރިންނަށްވެސް ވަރަށް ބޮޑު ދައްޗަކާއި ކުރިމަތިލާންޖެހޭ ކަމެއް ކަމަށްވެސް އޭނާ ބުނިއެވެ.

އޭނާ ބުނީ މި ހުރިހާ ކަމެއް މިހެން ދާތީ ސިޓީ ކައުންސިލަށް ރަމަޟާން މަހަށް ތައްޔާރު ނުވެވި އޮތް މިންވަރު ހާމަވާ ކަމަށެވެ. ދެތިންމަސް ކުރިން ގޮޅިތައް ދީ ނިންމާފައިހުރިނަމަ މި ދަތިތަކާއި ކުރިމަތިލާން ނުޖެހުނީސްކަމަށް ބުނެފައިވެއެވެ. އަދި އެގްރީމެންޓުތައް ހެދުމުގެ މަސައްކަތް ފެށީވެސް ރޯދަމަސް ފެށެން ދެތިން ދުވަހަށް ވެފައި ވަނިކޮށް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ލޯކަލް މާރުކޭޓްރަމަޟާން 1443

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ވިލިމާލޭގައި މާރުކޭޓެއް އަޅައިދިން ކުންފުންޏަކަށް ފައިސާ ދިނުމަށް، ސިޓީ ކައުންސިލްގެ މައްޗަށް ހުކުމްކޮށްފި

06 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ވިލިމާލޭގައި މާރުކޭޓެއް އަޅައިދިން ކުންފުންޏަކަށް ފައިސާ ދިނުމަށް، ސިޓީ ކައުންސިލްގެ މައްޗަށް ހުކުމްކޮށްފި
03 އޯގަސްޓު 2025

ކުދި ވިޔަފާރިވެރިން ބަނގުރޫޓްވަނީ، ދުވާލެއްގެ މައްޗަށް 300 ރުފިޔާވެސް ނުލިބޭ މާރުކޭޓް ގޮޅިތައް އެބަހުރި!

03 އޯގަސްޓު 2025
ކުދި ވިޔަފާރިވެރިން ބަނގުރޫޓްވަނީ، ދުވާލެއްގެ މައްޗަށް 300 ރުފިޔާވެސް ނުލިބޭ މާރުކޭޓް ގޮޅިތައް އެބަހުރި!
26 މާރިޗު 2023

ބާޒާރުގެ އަގުތަކަށް ބަދަލުތަކެއް: ލުނބޯގެ އަގު ތިރިއަށް، ކެރެޓުގެ އަގު މައްޗަށް

26 މާރިޗު 2023
ބާޒާރުގެ އަގުތަކަށް ބަދަލުތަކެއް: ލުނބޯގެ އަގު ތިރިއަށް، ކެރެޓުގެ އަގު މައްޗަށް
01 މާރިޗު 2023

ހަތަރު މަސް ދުވަހަށް ވިލިމާލޭ މާރުކޭޓް ގޮޅިތަކުގެ ކުލި މާފުކޮށް، މާލޭގެ މާރުކޭޓް ގޮޅިތަކުގެ ކުލި ކުޑަކޮށްފި

01 މާރިޗު 2023
ހަތަރު މަސް ދުވަހަށް ވިލިމާލޭ މާރުކޭޓް ގޮޅިތަކުގެ ކުލި މާފުކޮށް، މާލޭގެ މާރުކޭޓް ގޮޅިތަކުގެ ކުލި ކުޑަކޮށްފި
23 ފެބުރުއަރީ 2023

ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

23 ފެބުރުއަރީ 2023
ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު