Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސިޔާސީ ޕާޓީއެއްގެ ނަމުގައި އާންމުންނަށް ހަމަލާދީ ޓެރަރިޒަމްގެ އަމަލު ހިންގަނީ!

ޔޯގާ ހަރަކާތްތެރެއަށް ވަދެ ހަމަލާދިން މީހުން ބޭނުންކުރީ ޕީޕީއެމް އޮފީހުން ނެރުނު ދިދަތަކެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ޖޫން 2022 | އަންގާރަ 11:03
ޔޯގާ އިވެންޓް ތެރެއަށް ވަނީ ޕީޕީއެމް މީހުން ކަމަށް ބެލެވޭއިރު، ދިދަތައް ދިނީ ވެސް ޕީޕީއެމް އިން ކަމަށް ފުލުހުން ބުނޭ

ޔޯގާ އިވެންޓް ތެރެއަށް ވަނީ ޕީޕީއެމް މީހުން ކަމަށް ބެލެވޭއިރު، ދިދަތައް ދިނީ ވެސް ޕީޕީއެމް އިން ކަމަށް ފުލުހުން ބުނޭ

އަންގާރަ ދުވަހަށް އިރު އަރައިގެން އައީ ފުރަ މާލޭގައި ބޭއްވި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޔޯގާ ޑޭގެ ހަރަކާތްތަކުގެ ތެރެއަށް އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމުން ވަދެ އެތަނުގައި ތިބި އާންމުންނަށް ހަމަލާދީ ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމާ އެކު އެކީ އެވެ. ދީނުގެ ނަމުގައި ނިކުމެ ދިވެހި ރައްޔިތުންގެ ގައިގަތަޅާ، ފަހާދުވެ، ގަލޮޅު ދަނޑުގައި ތިބި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ބައެއްއާންމުން އަދި ދުލަހެޔޮ ސިއްހަތަކަށް ލޯބި ކުރުމާއެކު މިހަރަކާތުގައި ބައިވެރިވި އެންމެނަށް މިހަމަލާތައް އަމާޒުވި މަންޒަރު ފެނިގެން ދިޔައެވެ.

ޔޯގާ އަކީ ސިދުޑިއާ ހަށިގަޑުގެ ދުލަހެޔޮކަމަށް ފައިދާތަކެއް ކުރުވާކަން ސާބިތުވެފައިވާ ކަސްރަތު ހަރަކާތްތަކަށްވާއިރު، ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރާތާ އެތަކެއް އަހަރުވަނީ ވެފައެވެ. މިގޮތުން 9 ޖެނުއަރީ 2015 އިން ފެށިގެން މި ދުވަސް ރާއްޖޭގައި އަންނަނީ ފާހަގަކުރަމުންނެވެ. ކޮންމެ އަހަރެއްގެ ޖޫން 21 އަކީ ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އދ. އިން  ފާސްކުރުމާއި ގުޅިގެން، އެންމެ ފުރަތަމަ ރާއްޖޭގައި މި ދުވަސް ފާހަގަކޮށްފައިވަނީ 21 ޖޫން 2015 ގައެވެ. އެފަހަރު ޔޯގާ ދުވަސް ފާހަގަކުރީ އިންޑިއަން ހައިކޮމިޝަނުން އިސްނަގައިގެން ސޯޝަން ސެންޓަރުގައެވެ. އެފަހަރު 300 މީހުން މި އިވެންޓުގައި ބައިވެރިވެފައިވެއެވެ.

21 ޖޫން އަކީ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ކަމަށް އދ. އިން ކަނޑައެޅި އިރު، މި ދުވަސް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރުމަށް އދ އަށް ހުށަހެޅި ރެޒޮލިއުޝަން ކޯ ސްޕޮންސަރކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، އެއިރު ވެރިކަމުގައި އޮތީ ޕީޕީއެމްގެ ސަރުކާރެކެވެ. ޔޯގާޑޭ ރެޒޮލިއުޝަން ފާސްކުރަން 177 ގައުމަކަށް ވޯޓު ދިން އިރު ރާއްޖެވެސް ހިމެނެއެވެ. އެހެން ކަމުން އެކަން ފާސްވެފައިވަނީ ޕީޕީއެމްގެ ފުރިހަމަތާއީދާ އެކުކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.

2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖޫން މަހުގެ 21 ވަނަ ދުވަސް ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ އިރު، ކުރީ ސަރުކާރުގެ އިސްވެރިންނާއި، އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބެވި އިސް ފަރާތްތައް އަދި އެތައް ސަތޭކަ އާންމުންނެއް މި ހަރަކާތްތަކުގައި އަންނަނީ ބައިވެރިވަމުންނެވެ.

2015 ވަނަ އަހަރު މި ރެޒޮލިއުޝަނަށް ވޯޓުދިން އިރު، ވެރިކަމުގައި އެއިރު ޕީޕީއެމް އޮވެފައި މި ކަމަކީ ލާދީނީ ކަމަކަށް ނުވެއެވެ. ނަމަވެސް މިއަދު އިދިކޮޅުގައިތިބެ އަމިއްލަ އެޖެންޑާއެއްގައި، ތިމަންނަ މެންގެ ވެރިކަން ގެއްލުނީ އިންޑިއާއާއި ހެދިކަމަށް ބުނަމުން، ޔޯގާޑޭއާއި އިންޑިއާއާއި ގުޅުވައި، މިއަދު ޕީޕީއެމް އިން ދައްކާފައިވަނީ ވަރަށްވެސް ނާތަހުޒީބު އަދި ބައިނަލްއަގުވާމީ ދުނިޔެއިން ބަލައި ނުގަންނަ ވަރުގެ ހުތުރު އަމަލެވެ.

ދީން ހަތިޔާރަކަށް ބޭނުންކޮށްގެން އިދިކޮޅު ޕީޕީއެމުން މިކަން ހިންގާފައިވާ އިރު، އެމީހުންގެ ވެރިކަމުގައި ޔޯގާޑޭ ފާހަގަކުރީ ކޮން އުސޫލަކުންތޯ އާންމުންދަނީ ސުވާލު އުފައްދަމުންނެވެ. ދައުލަތުން ފައިސާ ހަރަދު ކުރާ ސިޔާސީ ޕާޓީއަކުން ދިވެހި ރައްޔިތުންނަށް އަނިޔާވެރި ވުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް އެތައް ބަޔަކު އަންނަނީ ގޮވަމުންނެވެ. އަދި އެއީ ސީދާ ޓެރަރިޒަމަށް ވާގިވެރިވާ ކަމެއް ކަމަށާއި، މިނިވަންކަމާއެކު ހިނގަ ހިނގާ އޮތް ދައުލަތެއްގައި ރައްޔިތުންގެ ތެރެއިން ބަޔަކު ބާއްވަމުން ދިޔަ މިފަދަ ކަމެއްގެ ތެރެއަށް ވަދެ އަނިޔާ ދީ ހެދުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ޕީޕީއެމް އިން މިކަން ކުރިކަން ހާމަވާ އެތައް ހެއްކެއް މިހާރު ފެންނަން އެބަހުއްޓެވެ. ފުރަތަމަ ކަމަކީ ގަލޮޅު ދަނޑު ތެރެއަށް ވަތް މީހުން ހިފައިގެން ތިބި ދިދަތަކެވެ. އެ ދިދަތަކަކީ އިދިކޮޅު ޕީޕީއެމުން ނަބިއްޔާގެ ދިފާއުގައި ކަމަށް ބުނެ، ކާނިވަލުގައި ބޭއްވި ސިޔާސީ ޖަލްސާއެއްގައި ބޭނުންކުރި ދިދައެވެ. އަދި އެ ދިދަތައް ޕީޕީއެމްގެ އޮފީހުން ފަތިސް ގަޑީގައި ނެރޭ ފޮޓޯތައް އެހުރީ ފެންނާށެވެ.

ދެވަނަ ކަމަކީ ޕީޕީއެމް އޮފީސްތެރެއިން ދިދައާއި ސައުންޑް ނެރުމުގައި އެ ޕާޓީގެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވިކަން ހާމަވާ ފޮޓޯތަކާއި، ދެކެވުނު ވާހަކަތައް އަދި އެ ފޮޓޯތަކުގައި އެމީހުން ފެންނަން ތިބުމެވެ. އޭގެ ތެރޭގައި ޕީޕިއެމްގެ އިސް ސަފުގައި ހަރަކާތްތެރިވާ އިދިކޮޅު ޕާޓީގެ މެންބަރު އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އަދި ޕީޕީއެމްގެ ޔޫތް މޫވްމެންޓުގައި ހިމެނޭ މީހެއްގެ މެސެޖްތައް ވަޓްސްއެޕް ގްރޫއްޕެއްގައި ހިއްސާކޮށްފައި އެބަހުއްޓެވެ.

މީގެ އިތުރުން ފުލުހުން ވެސް ވަނީ، ގަލޮޅު ސްޓޭޑިއަމްގައި ބޭރުގައުމުތަކުގެ ޑިޕްލޮމެޓުންނާއި، ސަފީރުންނާއި އާންމުންގެ މީހުންނާ ދެކޮޅަށް ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާ ދީފައިވާ ކަމަށް ބުނެފައެވެ. އަދި ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ބުނެފައެވެ. ފުލުހުން ބުނެފައިވަނީ މި އަމަލު ހިންގަން މީހުން ބޭނުންކުރި ބައެއް އާލާތްތައް ނެރެފައިވަނީ ޕީޕިއެމްގެ އޮފީހުންކަން އެނގިފައިވާ ކަމަށެވެ.

މިއީ އިންޑިއާ އައުޓް ހަރަކާތާއެކު ގައުމު ހަލަބޮލި ކުރަން އަދި މިހާރު އޮތް ސަރުކާރު ބަދަލުކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޕީޕީއެމުން އަޑީގައި އޮވެގެން ކޮށްފައިވާ މަސައްކަތެއްކަން ހާމަވެގެންދެއެވެ. ގައުމު ހަލަބޮލި ކޮށްލާ ވެރިކަން ފުރޮޅާލުމަށް މީގެ ކުރިން ވެސް ޕީޕީއެމްއާއި އިދިކޮޅުގައި ތިބި މީހުން ކުރަމުންދިޔަ މަސައްކަތް އިތުރަށް ފުޅާކުރަން ކުރި ކަމެއްގެ ގޮތުގައި ސިފަވެގެންދެއެވެ.

ޕީޕީއެމުން ވަނީ ފޮޓޯތައް އާންމުވުމާއެކު، އެކަން ނުކުރާ ކަމަށް ދެއްކުމުގެ ގޮތުން، ދިދަ ދިން ކަމަށް ބުނެފައެވެ. އަދި ހަމަނުޖެހުމަށް ހިތްވަރު ނުދޭކަމަށް ބުނެފައި، ފަހުން ދިދަ ދިންތޯ ބަލާނެކަމަށް ބުނެ ޕީޕީއެމްގެ ރާގު ވަނީ ބަދަލުކޮށްފައެވެ.

މީގެ އިތުރުން މިފަދަ ބޮޑުކަމެއް ހިނގައިދިޔައިރު، ފުލުހުންނަށް އެކަމުގެ އިންޓެލް މައުލޫމާތެއް ނުލިބި، އާންމު ރައްޔިތުންގެ ތެރެއަށް ބަޔަކު ވަދެ މާރާމާރީ ހިންގަން މަސައްކަތްކޮށް އެކި މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާތީ، އާންމުން އަންނަނީ ފުލުހުންނަށް ވެސް ފާޑުކިޔަމުންނެވެ. އެވަގުތު އެތަނުގައި ފުލުހުން ތިބެފައި އެ ފުރުސަތު ލިބުނީ ކީއްވެގެންތޯ ވެސް ސުވާލު އުފައްދާފައިވެއެވެ.

ކޮންމެއަކަސް ދައުލަތުން ހަރަދުކުރާ ސިޔާސީ ޕާޓީއަކުން ގައުމުގެ ހަމަޖެހުން ނަގާލާ އަދި ބޭރުގެ ޑިޕްލޮމެޓުން ތިބި ތަނަކަށް ވަދެ ހިންގި އަމަލާއެކު، މިއީ ގައުމަށް ލިބިގެންދާނެ ކިހާ ނިކަމެތިކަމެއްތޯ ވިސްނާލަންޖެހެއެވެ. ރާއްޖެއިން އެއްބަސްވެފައިވާ މުއާހަދާތަކާއި ހިލާފަށް މި ހިންގި ކަންކަމަކީ ރާއްޖެގެ އަގު ބައިނަލްއަގުވާމީ ދުނިޔޭގެ ކުރިމަތީގައި ވެއްޓިގެންދާނެ ކަމެކެވެ. ޔޯގާ ޑޭ ދުނިޔޭގެ އެކި ގައުމުތަކުގައި، އިސްލާމީ ގައުމުތައް ހިމެނޭހެން ފާހަގަކުރި، މި ހަރަކާތް ހަލަބޮލި ކޮށްލާ އާމުންނަށް ހަމަލާދީފައިވަނީ ރާއްޖޭގައި އެކަންޏެވެ. މިއީ ވިސްނާލަން ޖެހޭވަރު ކަމެއްނޫންތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

20 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު