Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުދަލު ޒަކާތް

1442 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހޭ އަދަދަކީ 3000 ރުފިޔާ

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރެޖިސްޓްރީވެފައިވަނީ 8959 މީހުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 ޖޫން 2022 | އަންގާރަ 04:16
ޒަކާތް ދެއްކުން -  މުދަލު ޒަކާތް ވަނީ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންގެ އެކައުންޓަށް ޖަމާކޮށްފައި

ޒަކާތް ދެއްކުން - މުދަލު ޒަކާތް ވަނީ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންގެ އެކައުންޓަށް ޖަމާކޮށްފައި

1442 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށްޖެހޭ އަދަދަކީ 3000 ރުފިޔާކަމަށް ކަނޑައަޅައި އެ ފައިސާ ޖަމާކޮށްފިއެވެ.

މިއީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރެޖިސްޓްރީވެފައިވާ 8959 މީހުންގެ ތެރެއިން ބޮލަކަށް ޖެހުނު އަދަދެވެ.

1442 ވަނަ އަހަރުގެ މުދަލުޒަކާތުގެ ގޮތުގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 8959 މީހުނަށް ބޮލަކަށްޖެހޭ އަދަދު 3000 ރުފިޔާގެ މަގުން ޖުމްލަ 26،877،000.00 (ސައްބީސް މިލިއަން އަށްލައްކަ ހަތްދިހަ ހަތްހާސް ރުފިޔާ) އެފަރާތްތަކުގެ އެކައުންޓްތަކަށް ވަނީ ޖަމާކުރެވިފައެވެ.

މި އަހަރަކީ އެންމެ ގިނައިން މުދަލުޒަކާތުގެ ގޮތުގައި ފައިސާ ދޫކުރެވުނު އަހަރެވެ.

މީގެ ކުރީ އަހަރުތަކަށް ބަލާއިރު މުދަލު ޒަކާތުގެ ގޮތުގައި ބަހާފައިވަނީ، 1440 ވަނަ އަހަރު 2000 (ދެހާސް ރުފިޔާ)، އޭރު ފަޤީރުންގެ އަދަދަކީ 10944 (ދިހަހާސް ނުވަސަތޭކަ ސާޅީސް ހަތަރެއް) އެވެ.

1441 ވަނަ އަހަރު ފަޤީރުންގެ ގޮތުގައި 7778 (ހަތްހާސް ހަތްސަތޭކަ ހަތްދިހަ އަށެއް) މީހުން ތިބިއިރު ބޮލަކަށް ޖެހުނީ 2700 (ދެހާސް ހަތްސަތޭކަ) ރުފިޔާއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު