Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަރަނބޫދޫގެ މިސްކިތެއްގައި ބިދޭސީންތަކެއް ނިދުން

ބިދޭސީންތަކެއް ނިދާފައިތިބީ މީގެ 5 އަހަރު ކުރިން ބަންދުކޮށްފައިވާ މިސްކިތެއްގައި: ކައުންސިލް

18 ޖޫން 2022 | ހޮނިހިރު 14:52

މީގެ ކުރިންވެސް އެތަން މީހުން ބޭތިއްބުމަށް ކުއްޔަށް ދީފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 18 ޖޫން 2022 | ހޮނިހިރު 14:52
ދަރަނބޫދޫގެ މިސްކިތެއްގައި ތިބި ބިދޭސީންތަކެއް

ދަރަނބޫދޫގެ މިސްކިތެއްގައި ތިބި ބިދޭސީންތަކެއް

ފ. ދަރަނބޫދޫ މިސްކިތެއްގައި ބިދޭސީންތަކެއް ނިދާފައިތިބި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު، އެތަނުގައި ނިދާފައިތިބީ އެތަން ކުއްޔަށް ހިފައިގެން ތިބި ބައެއް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ދަރަނބޫދޫގެ މިސްކިތެއްގައި ބިދޭސީންތަކެއް ނިދާފައިތިބި މަންޒަރު ފެންނަގޮތަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ވަނީ ވީޑިއޯއެއް އާންމުކުރައްވާފައެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން "ރާއްޖެއެމްވީ"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ދަރަނބޫދޫ ކައުންސިލްގެ ރައީސް އަބްދުލް ހަމީދު އާދަމް ވިދާޅުވީ އެ މިސްކިތަކީ ގަބުރުތަކެއް މަތީގައި އަޅާފައިވާ މިސްކިތަކަށް ވާތީ ރައްޔިތުން ޝަކުވާ ކޮށްގެން ސަރުކާރުން އައު މިސްކިތެއް އަޅާފައިވާކަމަށެވެ. އެ މިސްކިތުގައި ނަމާދުކުރަން ފެށި ހިސާބުން ވީޑިއޯއިން އެ ފެންނަ މިސްކިތަކީ ބޭނުންކުރާ މިސްކިތެއް ނޫން ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

މި މިސްކިތް ކައުންސިލާ ހަވާލުކުރި ފަހުން އެރަށުން ބޭރު ބަޔަކާ ހަވާލުކޮށްގެން އެތަނުގައި ގުރުއާން ކްލާހެއް ހިންގާފައިވާކަމަށެވެ. އެހެންނަމަވެސް ދުވަސްކޮޅަކުން އެ ކްލާސް ހުއްޓުނު ކަމަށާއި، އެއަށްފަހު އެތަން ބޭނުންކުރީ ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމަށް ކަމަށެވެ. އެއަށްފަހު އެރަށު ބަނދަރު ހަދަން އެމްޓީސީސީން ގެނައި ޓީމު ނިދުމަށް ދެ އަހަރަށް އެތަން އެމްޓީސީސީއަށް ކުއްޔަށް ދީފައިވާކަމަށް ހަމީދު ވިދާޅުވިއެވެ.

އެތަނުގައި މިހާރު ތިބީ ފެނާއި ނަރުދަމާގެ މަސައްކަތަށް އެރަށަށް ގޮސްތިބި އިންޑިއާގެ ބިދޭސީންތަކެއްގެ ތެރެއިން 15 ވަރަކަށް ބިދޭސީން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކީ ކައުންސިލަށް އެނގިގެން ހިނގާ ކަމެއް ކަމަށް ހަމީދު ވިދާޅުވިއެވެ. އެތަނުގައި އެމީހުން ކުރަނީ ކޮން ކަމެއްތޯ ކައުންސިލުން ބަލާ ކަމަށާއި، އަދިވެސް އެތަނުގައި ގުރުއާން ކްލާސް ހިންގަން ބަޔަކު ބޭނުންވާނަމަ އެކަން ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަށް ރައްދުދީ އިސްލާމިކް މިނިސްޓްރީންވެސް ވަނީ އެ މިސްކިތަކީ މިހާޜު ބޭނުންކުރާ މިސްކިތެއް ނޫން ކަމަށް ބުނެފައެވެ. މިނިސްޓްރީން ބުނީ 2017 ވަނަ އަހަރު ދަރަނބޫދޫގައި އަލަށް އިމާރަތްކުރި މިސްކިތް ބޭނުންކުރަން ފެށުމާއެކު މިހާރު އާންމުވެފައިވާ ވީޑިއޯއިން ފެންނަ މިސްކިތް ބަންދުކޮށްފައިވާކަމަށެވެ. އަދި އެ މިސްކިތް ކައުންސިލާ ވަނީ ހަވާލުކޮށްފައެވެ. އޭގެ ފަހުން ކައުންސިލުން އެތަނުގައި ގުރުއާން ކްލާހެއް ހިންގިކަން އެނގިފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް