Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދާންދޫގައި ބިދޭސީންނަށް އުޖޫރަދޭނެ އުސޫލެއް

ދާންދޫގައި ދިރިއުޅޭ ބިދޭސީންނަށް އުޖޫރަދޭނެ އުސޫލެއް

18 ޖޫން 2022 | ހޮނިހިރު 07:09

މިއީ ރާއްޖޭގެ ރަށު ކައުންސިލަކުން ބިދޭސީންގެ އުޖޫރައާގުޅޭ އުސޫލެއް ހެދި ފުރަތަމަ ފަހަރު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 18 ޖޫން 2022 | ހޮނިހިރު 07:09
ގއ. ދާންދޫ އޭރިއަލް ޝޮޓެއް

ގއ. ދާންދޫ އޭރިއަލް ޝޮޓެއް

ގއ. ދާންދޫގައި ދިރިއުޅޭ ބިދޭސީން މަސައްކަތް ކުރުމުގެ ދުވަހު އުޖޫރަ ކަނޑައެޅުމާގުޅޭ އުސޫލެއް އެ ރަށު ކައުންސިލުން ހަދައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ އުސޫލެކެވެ. މި ގާނޫނުގެ ދަށުން ބިދޭސީންގެ އުޖޫރައާގުޅޭ އުސޫލެއް ހެދި މިއީ ފުރަތަމަފަހަރެވެ.

Advertisement - newsAdvertisement

ދާންދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، މި އުސޫލު ފާސްކޮށްފައިވަނީ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 52 ވަނަ އާއްމު ޖަލްސާގައެވެ. މި އުސޫލުގައި ހިމެނެނީ ދާންދޫގައި ދިރިއުޅޭ ބިދޭސީން ކުރާ މަސައްކަތްތަކަށް ދުވަހު އުޖޫރަ ކަނޑައެޅުމުގައި، މަސައްކަތްކުރުވާ ފަރަތާތްތަކުންނާއި އަދި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންވީ ގޮތުގެ ތަފްސީލު ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.

އުސޫލުގައި ބުނެގައިވާ ގޮތުގައި، އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ބިދޭސީންނަށް ދުވަހުގެ އުޖޫރައިގެ ގޮތުގައި 250 ރުފިޔާއާ 300 ރުފިޔާއާ ދެމެދުގެ އަގެއް ދޭން ޖެހޭނެއެވެ. އަދި އުޖޫރަ ކަނޑައަޅާފައިވާ މަސައްކަތްތައް ވެސް ވަކިވަކިން އެ އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

ރަށުގެ އާންމުންގެ ގޯތިގެދޮރުގައި ހުންނަ ރުއްގަސް ކަނޑައި ސާފުކުރުމާއި، ގޯތި ގެދޮރު ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތުގެ ކެޓަގަރީގައި، ދުވަހުގެ އުޖޫރައިގެ ގޮތުގައި 20 ރުފިޔާއާ 150 ރުފިޔާއާ ދެމެދުގެ އަގުތަކެއް ކަަނޑައަޅާފައިވާއިރު، ނަރުދަމާ ޖަންގްޝަން ސާފުކުރުމާއި އެކިއެކި ބޭނުމަށް ކޯރު ކޮނުމުގެ މަސައްކަތަށް ދުވާލަކު 300 ރުފިޔާ، އަދި ކޯރު ކޮންނަނަމަ ކޮންމެ ކޮޑިމީޓަރަކަށް 10 ރުފިޔާގެ މަގުންނެވެ. އަދި ފައިބަރުގެ މަސައްކަތްކުރާ ބިދޭސީންނަށް ދުވާލަކު 300 ރުފިޔާގެ އުޖޫރައެއް ދޭން ޖެހޭނެކަމަށް އެ އުސޫލުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ދާންދޫ ކައުންސިލްގެ އިޚްތިސާސްގައި ހިމެނޭ ފަޅުތެރެއިން ދޮންވެއްޔާއި ކަށިވެލި ނެގުމުގެ އުސޫލާ އެއްގޮތަށް މަސައްކަތުގެ އަގުތަކެއް ވެސް އެ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ދޮންވެލި ބަސްތާއެއް ވިއްކޭ އަގަކަށް 8 ރުފިޔާ ކަނޑައަޅާފައިވާއިރު، ކަށިވެލި ބަސްތާއެއް ވިއްކޭނީ 25 ރުފިޔާއަށެވެ. މިގޮތަށް ނަގާ ކޮންމެ ވެލި ބަސްތާއަކުން 1 ރުފިޔާ ކައުންސިލަށް ދޭންޖެހޭނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުގެ އުސޫލުގެ ދަށުން ބިދޭސީން ލައްވައި ދާންދޫގައި މަސައްކަތް ކުރެވޭނީ ދުވާލަކު 1 ގަޑިއިރުގެ ބްރޭކަކާއެކު 8 ގަޑިއިރަށެވެ.

މި އުސޫލާ ޚިލާފުވާ މީހުން ފުރަތަމަ ފަހަރަށް 500 ރުފިޔާ، ދެވަނަ ފަހަރަށް 1500 ރުފިޔާ، ތިންވަނަ ފަހަރަށް 3000 ރުފިޔާ، އަދި ހަތަރުވަނަ ފަހަރަށް 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްކަމަށް ކަނޑައަޅައި ފުލުހުން މެދުވެރިކޮށް ފިޔަވަޅު އަޅާއިރު، އިކޮނޮމިކް މިނިސްޓްރީގެ ގަވާއިދާ އެއްގޮތަށްވެސް ފިޔަވަޅު އަޅާނެކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ގއ. ދާންދޫ ކައުންސިލްބިދޭސީން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

12 ޖުލައި 2025

ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

12 ޖުލައި 2025
ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި
03 ޖުލައި 2025

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

03 ޖުލައި 2025
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
03 ޖުލައި 2025

ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި

03 ޖުލައި 2025
ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި
30 ޖޫން 2025

"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން

30 ޖޫން 2025
"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން
25 ޖޫން 2025

މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި

25 ޖޫން 2025
މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި
01 މެއި 2025

އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށް ފަށާފައިވާ މަސައްކަތް ކާމިޔާބު ކުރާނަން: ރައީސް މުއިއްޒު

01 މެއި 2025
އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށް ފަށާފައިވާ މަސައްކަތް ކާމިޔާބު ކުރާނަން: ރައީސް މުއިއްޒު
27 ޖެނުއަރީ 2025

ރޯދަ ހަދިޔާ ހިފައިގެން ދިޔަ "ލިއޯ ވިންގް" ދޯނި ފަރަށް އަރައިފި

27 ޖެނުއަރީ 2025
ރޯދަ ހަދިޔާ ހިފައިގެން ދިޔަ "ލިއޯ ވިންގް" ދޯނި ފަރަށް އަރައިފި
17 ޑިސެމްބަރު 2024

ކިއްލިއާއި ހަނާކުރި ފޯކާއި ތެލުލިފަތް ތައްޔާރުކޮށް ވިއްކަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފި

17 ޑިސެމްބަރު 2024
ކިއްލިއާއި ހަނާކުރި ފޯކާއި ތެލުލިފަތް ތައްޔާރުކޮށް ވިއްކަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފި
08 ޑިސެމްބަރު 2024

މުޒާހަރާ ކުރި ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަ އިމިގްރޭޝަނުން ބަލަނީ

08 ޑިސެމްބަރު 2024
މުޒާހަރާ ކުރި ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަ އިމިގްރޭޝަނުން ބަލަނީ
07 ޑިސެމްބަރު 2024

މުސާރަ ނުދޭ މައްސަލާގައި މުޒާހަރާ ކުރި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

07 ޑިސެމްބަރު 2024
މުސާރަ ނުދޭ މައްސަލާގައި މުޒާހަރާ ކުރި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް