Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނީ ބަހުގެ ޚިދުމަތް

ޖުލައި މަހުގައި މިނީ ބަހުގެ ޚިދުމަތް މާލޭގެ ބޮޑެތި މަގުތަކުގައި ފެށިގެންދާނެ: އެމްޓީސީސީ

17 ޖޫން 2022 | ހުކުރު 03:54

މަޖީދީ މަގު، އަމީނީ މަގު އަދި އޯކިޑް މަގުގައި މިނީ ބަހުގެ ޚިދުމަތް ފެށިގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ޖޫން 2022 | ހުކުރު 03:54
އެމްޓީސީސީން އަލަށް ތައާރަފު ކުރި ބަސްތައް

އެމްޓީސީސީން އަލަށް ތައާރަފު ކުރި ބަސްތައް

ޖުލައި މަހުގައި މިނީ ބަހުގެ ޚިދުމަތް މާލޭގެ ބޮޑެތި މަގުތަކުގައި ފެށިގެންދާނެ ކަމަށް އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މަޖީދީ މަގު، އަމީނީ މަގު އަދި އޯކިޑް މަގުގައި މިނީ ބަހުގެ ޚިދުމަތް ފެށިގެންދާނެ ކަމަށެވެ. މިހާރު ކަމާއި ބެހޭ މުއައްސަސާތަކާއި ގުޅިގެން މަޝްވަރާތައް ކުރަމުންދާ ކަމަށާއި ބަސް ހުއްޓިތައް ވެސް ހަދާނެ ތަންތަން ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނާޒިމް ވިދާޅުވީ މިނީ ބަހުގެ ޚިދުމަތް ފަށަންވާއިރަށް މާލޭގެ ޓްރެފިކަށް ބަލާ، މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފުލުހުންނާއި، މާލޭ ސިޓީ ކައުންސިލާއި ގުޅިގެން އެމްޓީސީސީން ކުރަމުންދާ ކަމަށެވެ. މިނީ ބަހުގެ ޚިދުމަތް ދިނުމަށް އިލެކްޓްރިކް ވެހިކަލްތަކެއް ބޭނުންކުރަން ނިންމާފައިވީނަމަވެސް، ޓްރެފިކަށް ބަލާ، ޑީސެލް ބަސްތަކެއްވެސް ޚިދުމަތް ފަށައިގަންނައިރުގައި ބޭނުންކުރަން ޖެހިދާނެކަން ނާޒިމް ފާހަގަކުރެއްވިއެވެ.

މިނީ ބަސްތައް ދަތުރުކުރާނެ ރޫޓްތައް ކަނޑައަޅާނީ މާލޭގެ މައި ބޮޑެތި މަގުތައް ހިމެނޭހެންކަމަށާއި، މިނީބަހުގެ ރޫޓާއި، އެމްޓީސީސީން މާލެއާއި ހުޅުމާލެއާއި ދެމެދުކުރާ ބަސްދަތުރުތަކުގެ ރޫޓާވެސް ގުޅުވާލާނެކަމަށްވެސް އެމްޓީސީސީން ހާމަކޮށްފައިވެއެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ގެންނަ ބަސްތަކަކީ 15 މީހުންގެ ޖާގައިގެ ބަސްތަކެއްކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މިނީ ބަހުގެ ޚިދުމަތް ދޭން ފެށުމުން، ޚިދުމަތުގެ ޑިމާންޑަށް ބަލާ، ބަސްތައް އިތުރުކުރުމާއި، ބަސް ދަތުރުކުރާނެ ރޫޓްތައް އިތުރުކުރަމުންދާނެ ކަމަށް ވެސް އެމްޓީސީސީއިން ބުނެއެވެ.

މާލޭ ސަރަޙައްދުގައި ދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެއަށް މިނީ ބަހުގެ ޚިދުމަތް ތަޢާރަފުކުރުމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.

ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ އިސްމާއިލް ފާރިގް ވިދާޅުވީ އަތޮޅުތެރޭގައި ރަށްތަކުގެ މަގުތައް ހުންނަ ގޮތުން ބޮޑެތި ބަސްތައް ގެނައުމުގެ ބަދަލުގައި މިނީ ބަސް ގެންނަން ނިންމާފައިވާ ކަަމަށެވެ. އަދި 41 މިނީ ބަސް ގެންނަން ނިންމާފައިވާ ކަމަށެވެ. އަދި މި ޙިދުމަތުގެ ސަބަބުން ރަށްތަކަށް ރަނގަޅު ޙިދުމަތެއް ލިބިގެންދާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން އެމްޓީސީސީން ވަނީ ދާދިފަހުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަސް ދަތުރުގެ ޚިދުމަތް ރަސްމީކޮށް ފަށާފައެވެ. (އެމްޓީސީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ޚިދުމަތް ރަސްމީކޮށް ފެށުމާއެކު އެ ސަރަހައްދުގައި ބަސް ދަތުރުތައް ވެސް އިތުރުވެގެން ގޮސްފައެވެ. އެގޮތުން، ކުރިން 1 ގަޑިއިރުން ކުރަމުން އައި ދަތުރުތައް މިހާރު އެއަށްވުރެ އެތައް ގުނައެއް އަވަސްވެގެން ގޮސްފައިވެއެވެ. އެމްޓީސީސީން ރަސްމީކޮށް މި ދަތުރުތައް ފެށުމާއެކު ދެވަނަ ފިޔަވަހިން އިތުރު ދެ ރޫޓަކަށް ދަތުރުކުރަންވެސް ވަނީ ފަށާފައެވެ. މީގެކުރިން އެ ސަރަހައްދުން ދަތުރުކުރަނީ މާލޭ ވެސްޓް ޕާކާ ދެމެދު އެކަންޏެވެ. ނަމަވެސް 16ވަނަ ދުވަހުން ފެށިގެން ކާނިވާ ސަރަހައްދަށާއި އެއާޕޯޓަށް ވެސް ދެވަނަ ފިޔަވަހިން ބަސް ދަތުރުތައް ވަނީ ފަށާފައެވެ.

ދެވަނަ ފިޔަވަހިން މާލެއަށް ކުރާ ދަތުރުތައް ފަތިހު 5:45ގައި ފަށާއިރު، އެއާޕޯޓް ދަތުރުތައް ހެނދުނު 6:00ގައި ފަށާނެއެވެ. މި ދަތުރުތައް އެމްޓީސީސީން ރާވާފައިވާ ގޮތަށް ބަލާއިރު މާލޭގެ ވެސްޓް ޕާކަށާއި ކާނިވާ ސަރަހައްދަށް ޕީކް ގަޑިތަކުގައި ކޮންމެ 15 މިނެޓަކުން ދަތުރުތައް އޮންނާނެއެވެ. އެ ނޫން ގަޑިތަކުގައި ދަތުރުތައް އޮންނާނީ ކޮންމެ 20 މިނެޓަކުންނެވެ. އެއާޕޯޓަށް ކުރާ ދަތުރުތައް އޮންނާނީ ކޮންމެ އެއް ގަޑިއިރަކުންނެވެ. އެމްޓީސީސީން ބުނީ މިހާރު ދުވާލެއްގެ މައްޗަށް 383 ދަތުރު ޝެޑިއުލްކޮށްގެން އެމްޓީސީސީން ކުރިއަށް ގެންދާ ކަމަށެވެ.

އެމްޓީސީސީގެ ބަހުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އަލަށް ގެނައި 15 ބަހާއެކު، މި ޚިދުމަތުގައި ބޭނުންކުރާ ބަހުގެ ޢަދަދު 46 އަކަށް މިވަނީ އިތުރުވެފައެވެ. އޭގެ ތެރޭގައި 23 ޑަބަލް ޑެކް ބަސް، ސިޓީ ބަސް، އަދި ކޯޗް ހިމެނެއެވެ. ފަހުން ގެނައި 15 ޑަބަލް ޑެކް ބަހަކީ 86 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭ ބަސްތަކެކެވެ. އަދި މި ބަސްތަކުގައިވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ އަދި މާބަނޑު މީހުންނަށް ޚާއްސަ ސީޓުތަކެއް ހިމެނެއެވެ. އަދި ފުރޮޅުލީގޮނޑި ބޭނުންކުރާ މީހުންނަށްވެސް ފަސޭހައިން އަރައި ފޭބޭނެހެން ރޭމްޕެއް ހިމެނެއެވެ.

އެމްޓީސީސީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް