Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު އިސްލާޙުގެ ބިލު

ކުޅިވަރު އިސްލާޙުގެ ބިލު މަޖިލީހުން ބޭރު ކޮށްލައިފި

ބިލު އަލުން ކޮމެޓީއަށް ފޮނުވަން ފެންނަ ކަމަށް ވޯޓު ދެއްވީ 21 މެމްބަރުން، ނުފެންނަކަމަށް 31 މެމްބަރަކު ވަނީ ވޯޓު ދެއްވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖޫން 2022 | ބުރާސްފަތި 03:56
މެމްބަރު ހަސަން ލަތީފް އަދި ކުޅިވަރާއި ބެހޭ ވަޒީރު މަހްލޫފް

މެމްބަރު ހަސަން ލަތީފް އަދި ކުޅިވަރާއި ބެހޭ ވަޒީރު މަހްލޫފް

ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މެޖޯރިޓީ އޮތް 2015 ވަނަ އަހަރުގެ މަޖިލީހުން ފާސްކުރި ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކުރީގެ ޔޫތު މިނިސްޓަރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއެވެ. އެ އިސްލާހުތައް އޭނާ މަޖިލީހަށް ހުށަހެޅުއްވީ 2020 ވަަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މި އިސްލާހުތައް ދިރާސާ ކުރުމަށްފަހު، ރިޔާސަތަށް ފޮނުވީ، އެ ބިލު އިސްލާހުކުރަން ނުފެންނަ ކަމަށް ފާސްކޮށެވެ. އެގޮތަށް ނިންމީ އެ ކޮމެޓީ މެމްބަރުންގެ އިއްތިފާގުންނެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ވަނީ އެ ބިލު ފާސްކުރުމަށް ވޯޓަށް އަހާފައެވެ. މަޖިލީހުގައި އެވަގުތު ތިއްބެވީ 60 މެމްބަރުންނެވެ. އޭގެ ތެރެއިން ބިލު ފާސްކުރުމަށް ވޯޓު ދެއްވީ 18 މެމްބަރުންނެވެ. އަދި ބިލު ފާސްކުރުމާ ދެކޮޅަށް 35 މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ. ބިލު އަލުން އަނބުރާ ކޮމެޓީއަށް ފޮނުވަން ފެނޭތޯ ވެސް ވަނީ ވޯޓަށް އަހާފައެވެ. އަލުން ބިލު ކޮމެޓީއަށް ފޮނުވަން ބޭނުންވާ އަދަދަކީ 27 ވޯޓެވެ. އެ އަދަދަށް ވޯޓު ލިބިފައެއް ނުވެއެވެ. ބިލު އަލުން ކޮމެޓީއަށް ފޮނުވަން ފެންނަ ކަމަށް ވޯޓު ދެއްވީ 21 މެމްބަރުންނެވެ. އަދި ބިލު އަލުން ކޮމެޓީއަށް ފޮނުވަން ނުފެންނަކަމަށް 31 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އެއާއެކު މި ބިލު ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

މިކަމާ ގުޅިގެން އިޖުތިމާއީ ކޮމެޓީގެ މުގައްރިރު އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ބިލު ފާސްނުކުރަން ނިންމެވީ ކޮމެޓީން ގިނަ ކަންކަމަށް ބެލުމަށްފަހުއެވެ. ޝިފާއު ފާހަގަކުރެއްވި ގޮތުގައި ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހުރިހާ ކަންކަން ކުރިއަށް ގެންދަންވާނީ ބައިނަލްއަގުވާމީ ކުޅިވަރު އިދާރާތަކުން ކަނޑައަޅާފައިވާ އުސޫލާއި ގަވާއިދުގެ ތެރެއިން ކަމަށެވެ. މީގެ އިތުރުން އިސްލާހުގައިވާ ގޮތުގެ މަތިން، ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިޚާބު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފިނަމަ ބައިނަލްއަގުވާމީ އިދާރާތަކުން ރާއްޖެއަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މިކަމާ ގުޅިގެން މެމްބަރު ހަސަން ވިދާޅުވީ ބިލަށް އިސްލާހު ހުށަހެޅުއްވީ އެކަމަކީ އެމްޑީޕީގެ ރިޔާސީ ވައުދަތަކަށް ވާތީ ކަމަށެވެ. އަދި ހަސަން ވަނީ ކޮމެޓީގެ ނިންމުމަށް ތާއީދު ނުކުރައްވާކަން ވެސް ހާމަކުރައްވާފައެވެ. ހަސަން އިތުރަށް ވިދާޅުވީ ކޮމެޓީން ބިލު ދިރާސާ ކުރާއިރު، އެ ބިލެއް ހުށަހެޅި ފަރާތް ކޮމެޓީއަށް ހާޒިރުކުރާކަމަށެވެ. ނަމަވެސް އެ ބިލާ ގުޅިގެން އޭނާ ކޮމެޓީއަށް ހާޒިރުނުކުރާކަމަށެވެ. ހަސަން ވިދާޅުވީ ކޮމެޓީގެ މެމްބަރުން ބިލު ދިރާސާ ކުރީ ކަންކަން ކުރިއަށްދާ ގޮތުގެ އެންމެ ފުރިހަމަ މައުލޫމާތު ލިބިފައިނެތި ކަމަށެވެ.

ކުޅިވަރުގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް 18 ކުޅިވަރު އެސޯސިއޭޝަނަކުން ސޮއިކޮށް 2020 ނޮވެމްބަރު 2 ވަނަ ދުވަހު ވަނީ ނޫސްބަޔާނެއްވެސް ނެރިފައެވެ.

ރައްޔިތުންގެ މަޖިލިސްހަސަން ލަތީފްއަހުމަދު މަޚްލޫފް

އިތުރަށް ކިޔާލަން

16 ޖުލައި 2025

އެމްޑީޕީން ހުޅުމާލޭގައި ބޭއްވުމަށް ނިންމި "ރަންރީނދޫ" ދުވުމަށް ސަރުކާރުން ހުރަސްއަޅައިފި

16 ޖުލައި 2025
އެމްޑީޕީން ހުޅުމާލޭގައި ބޭއްވުމަށް ނިންމި "ރަންރީނދޫ" ދުވުމަށް ސަރުކާރުން ހުރަސްއަޅައިފި
05 ޑިސެމްބަރު 2024

ރައީސް މުއިއްޒު ވަނީ މަޖިލިސް މެންބަރު ހައިޖެކް ކޮށްފައި، އެކަން ބަދަލުކުރަން ރައްޔިތުން ނުކުންނަންޖެހޭ: ހަސަން ލަތީފް

05 ޑިސެމްބަރު 2024
ރައީސް މުއިއްޒު ވަނީ މަޖިލިސް މެންބަރު ހައިޖެކް ކޮށްފައި، އެކަން ބަދަލުކުރަން ރައްޔިތުން ނުކުންނަންޖެހޭ: ހަސަން ލަތީފް
22 މެއި 2024

ރައީސް މުއިއްޒަށް އެނގިވަޑައިނުގެން މި ސަރުކާރުގައި ކިތަންމެ ބޮޑުކަމެއްވެސް ހިނގާފާނެ - ހަސަން ލަތީފް

22 މެއި 2024
ރައީސް މުއިއްޒަށް އެނގިވަޑައިނުގެން މި ސަރުކާރުގައި ކިތަންމެ ބޮޑުކަމެއްވެސް ހިނގާފާނެ - ހަސަން ލަތީފް
21 މެއި 2024

ރައީސް މުއިއްޒަށް ވެގެން ވާނަމަ ކުރީގެ ރައީސް ޔާމީން މިނިވަން ނުކުރައްވާނެކަން ވަރަށް ސާފު - ހަސަން ލަތީފް

21 މެއި 2024
ރައީސް މުއިއްޒަށް ވެގެން ވާނަމަ ކުރީގެ ރައީސް ޔާމީން މިނިވަން ނުކުރައްވާނެކަން ވަރަށް ސާފު - ހަސަން ލަތީފް
21 މެއި 2024

އައިއެމްއެފްއިން ބުނާގޮތާއި ސަރުކާރުގެ އަމަލު ދިމާނުވޭ، މިދެވެނީ އިގްތިސާދީ ކާރިސާއަކާ ދިމާލަށް - ހަސަން ލަތީފް

21 މެއި 2024
އައިއެމްއެފްއިން ބުނާގޮތާއި ސަރުކާރުގެ އަމަލު ދިމާނުވޭ، މިދެވެނީ އިގްތިސާދީ ކާރިސާއަކާ ދިމާލަށް - ހަސަން ލަތީފް
16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު