Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިންތިޚާބާ ކައިރިވާވަރަކަށް ރައީސް ޔާމީންގެ ރާގުފުޅު ބަދަލުވަނީ

އެމަނިކުފާނު ދެކޮޅުހައްދަވަނީ އިންޑިއާއިން ރާއްޖޭގެ ޚާރިޖީ އަދި ދާޚިލީ ކަންކަމާ ބެހޭތީކަމަށް ރައީސް ޔާމީން ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޖޫން 2022 | ބުދަ 14:33
ޖަލު ހުކުމަށްފަހު ރައީސް ޔާމީން ގެންދަވަނީ އިންޑިއާ އައުޓް ކެމްޕޭން ފުޅާކުރައްވަމުން

ޖަލު ހުކުމަށްފަހު ރައީސް ޔާމީން ގެންދަވަނީ އިންޑިއާ އައުޓް ކެމްޕޭން ފުޅާކުރައްވަމުން

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަސްކޮށް އިންޑިއާ ވަރެއް ނެތިގެން އުޅުއްވިއެވެ. އިންޑިއާއަށް ކުރެއްވި ކޮންމެ ދަތުރުފުޅެއްގައި، އިންޑިއާއަކީ އަތާއަތްމަހާލައި، ސަރާސަރު ގުޅުމުގެ މައްޗަށް ގުޅުން ބަދަހިކުރަންޖެހުނު ގައުމެއްގެ ގޮތުގައި ވިދާޅުވަމުން ގެންދެވިއެވެ.

މިހާރު މިއޮތް ހިސާބުން އަޅުގަނޑުމެން އިންޑިޔާއާ ޚާއްސަ ގުޅުމެއް އުފައްދަން އެބަޖެހޭކަމަށްވެސް ވިދާޅުވިއެވެ. ރައީސް މައުމޫންގެ ސަރުކާރުން އަދި އޭގެ ކުރިން ފެށިގެންވެސް މިއޮތީ ހަމަ އިންޑިޔާއާ އަޅުގަނޑުމެންނާ ދޭތެރޭގައި ވަރަށް ގާތް ގުޅުމެއްކަމަށާއި، އިންޑިޔާއަކީ އަޅުގަނޑުމެންނަށް ކަންބޮޑުވާ ކޮންމެ ވަގުތެއްގައި އަޅުގަނޑުމެންގެ އެހީތެރިކަމަށް މިހާތަނަށް އައިސްފައިވާ ގައުމުކަމަށާއި، އަދި ކުރިއަށް އޮތް މުސްތަގުބަލަށްވެސް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، އިތުބާރުކުރެވޭ، އަޅުގަނޑުމެންނަށް ދިމާވާ ބޮޑު ކޮންމެކަމެއްގައި (އެއީ އުދުވާނެއް ކަމުގައިވީނަމަވެސް، ސުނާމީކަހަލަ ގުދުރަތީ ބޮޑު ކާރިސާއެއް ކަމުގައިވީނަމަވެސް) އެކަހަލަ ހާލަތަކަށް އިސްވެ އިޖާބަދޭ ގައުމަކީ އިންޑިޔާކަމަށެވެ. މިއީ އެމަނިކުފާނު އިންޑިއާއާ ދޭތެރޭގައި އެއިރު ގެންގުޅުއްވި ސިޔާސަތެވެ.

ވެރިކަމުގެ މެދެއްހާ ހިސާބުން ފޮނި ޝަބާބު ހުތަށްވެއްޖެއެވެ. އިންޑިއާ ވަރުގެ ނުބައި ގައުމެއް ނެތްކަމަށް ދައްކަވަން މަސައްކަތްކުރައްވަން ފެއްޓެވިއެވެ. މުސްލިމުންނަށް އެންމެ ދުއްތުރާކުރަމުން ގެންދާ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީއަކީ އެއިރު އެމަނިކުފާނަށް ޖަވާހިރެކެވެ. ޔާގޫތެކެވެ. އެއިރު އެ ޕާޓީގެ އިސްވެރިންނަށް ރާއްޖެވަޑައިގަތުމަށް ވެސް ދައުވަތު ދެއްވިއެވެ. ނަމަވެސް ރައީސް ޔާމީން ވިދާޅުވާގޮތުންނަމަ، އެއީ އެމަނިކުފާނުގެ ވެރިކަން ފޭރިގަތް ގައުމެވެ. އެގައުމުގައި ވެރިކަންކުރާ ޕާޓީއަކީ ހަރުކަށި ފިކުރުގެ ޕާޓީއެކެވެ.

އެންމެ ފަހުން ވެރިކަން ދިން ބަޔަކު ވެރިކަން އަތުލައި އެހެން ބަޔަކަށް ދިނުމުން، އެކަން ކުރީވެސް އިންޑިއާއިން ކަމަށް ބުނެ ބޮޑާ ހޭއްކެވިއެވެ. އަދިވެސް އެ ބޮޑާ އެބަ ހާއްކަވައެވެ. މައިކެއް ލިބިވަޑައިގަންނަވާ ކޮންމެ ފަހަރަކު އިންޑިއާއެވެ. އިންޑިއާ އައުޓް ނޫން އެހެން އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ. ހެދުންކޮޅު ތުރުކުރައްވާއިރު ވެސް މޭފުޅު ފުރެންދެން ޖައްސަވައިގެން ހުންނަވަނީ އިންޑިއާ އައުޓެވެ. ނަމަވެސް އެއީ އިންޑިއާ އައުޓެއް ނޫން ކަމަށާއި، އެއީ އިންޑިއާ މިލިޓަރީ އައުޓްކަމަށް ވިދާޅުވަމުން ގެންދަވައެވެ.

މިފަހަކާ ޖެހެންދެން ވެސް އެމަނިކުފާނު ގެންދެވީ އިންޑިއާ އައުޓްގެ ހަރަކާތްތައް އާ އުސްމިނަކަށް ގެންދަވަމުންނެވެ. ނަމަވެސް އޭގެ އަޑު މަޑުމަޑުން ފަނޑުވާން ފަށައިފިއެވެ. ދެކެވެނީ ވެރިކަމުގެ ވާހަކައެވެ. އެމަނިކުފާނު ނޫން ވެރިއަކު ވެރިކަމުގައި ހުންނަވަން ނުޖެހޭކަމުގެ ވާހަކައެވެ. އިންޑިއާ އައުޓްގެ އަޑު ހަމައެއްކޮށް ކެނޑުނީބާއޭ ވެސް ހިތަށް އަރާފަހަރު އާދެއެވެ.

އިހަށްދުވަހަކު އެމަނިކުފާނު އަނެއްކާވެސް އޮންލައިން ނޫހަކަށް އިންޓަރވިއުއެއް ދެއްވައިފިއެވެ. ވިދާޅުވެފައިވަނީ އިންޑިއާ އައުޓް ހަރަކާތަކީ އިންޑިއާ ގޯސްވެގެން ކުރިއަށް ގެންދަވާ ހަރަކާތެއް ނޫން ކަމަށެވެ. އިންޑިއާ ޓީޗަރުންނާއި ޑޮކްޓަރުންނާއި އެހެނިހެން ފަންނުވެރިންނާވެސް ދެކޮޅު ނޫންކަމަށެވެ. ނަމަވެސް މަނިކުފާނު ވެރިކަމަށް ކޮއްޓަވާ މަގުގައި، އެފަދަ އެތައް ބަޔަކު ބިރުން މި އަމާން ގައުމު ދޫކޮށް ހިނގައްޖެއެވެ. ހިތާމަ ހުއްޓެވެ.

ދެން ވިދާޅުވެފައިވަނީ އިންޑިއާއަކީ ރަނގަޅު އަވައްޓެރިއެއްކަމަށް ޚުދު އެމަނިކުފާނުވެސް ގަބޫލުކުރައްވާ ކަމަށާއި، ގަބޫލު ނުކުރެއްވެނީ އިންޑިއާ ސަރުކާރުގެ ހާރިޖީ ސިޔާސަތުތައް ކަމަށެވެ. އަދި އިންޑިއާ އައުޓް ހަރަކާތަކީ ވެސް އެކަމާދެކޮޅަށް ކުރައްވާ ކަމެއްކަމަށެވެ.

މިހާ ހިސާބުން ސުވާލު އުފެދެއެވެ. ސުވާލަކީ އިންޑިއާ އައުޓަކީ ސީދާ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ އެމަނިކުފާނު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ ސިޔާސީ ހަރަކާތެއްކަމަށް ވިދާޅުވަމުން އައިސް، ކުއްލިގޮތަކަށް ރާގު ބަދަލުވީ ކިހިނެއް ވެގެންތޯއެވެ. ހަދިޔާއެއް ލިބިވަޑައިގެންނަމަވެސް ރާގު ބަދަލުވީ ހާދަ އަވަހަކަށެވެ. ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހިނގަމުންދާ ގޮތަށްބަލާއިރު، ދެން އޮތީ އަނެއްކާ ވެސް ވެރިކަމާ ތޮޅޭނެ އަހަރެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެކި ސިޔާސީ ޕާޓީތަކުން މަސައްކަތް ފަށާނެ އަހަރެވެ. އިންޑިއާ އައުޓްގެ ފަހަތުގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތްޕުޅުގެ ކުލަވަރު ބަދަލުވެ އިންޑިއާވެސް ރަނގަޅުވާ ހިސާބަށް ކަންކަން އެބަ ދާކަމަށް ވާހަކަތައް ދެކެވެއެވެ.

ފެންނަން އޮތް ހަގީގަތަކީ، ރައީސް ޔާމީންގެ ރާގުފުޅު ބަދަލުވަމުން އަންނަ ކަމެވެ. އިންޑިއާ އަސްކަރިއްޔާގެ ވާހަކަވެސް ނުދައްކަވާ އިންޑިއާ ރަނގަޅު ވާހަކަ ދައްކަވައި ރާގުފުޅު ތަފާތުކޮށްލައްވާފައިވާތަނެވެ. މިއީ އެންމެ ސަބަބެއް ކަމުގައި ވެސް ވެދާނެއެވެ. އެއީ ވެރިކަމަށް ވަޑައިގަންނަވަން ކުރައްވާ ކަމެއްގެ ގޮތުގައި ސިފަވެގެންދެއެވެ.

އިންޑިއާ އައުޓްކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްއިންޑިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު