Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ ފްލެޓުތަކުގެ ކުލީގެ މައްސަލަ

ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކާ ފަރާތްތައް ޖޫރިމަނާކޮށް، ފައިސާ ދައްކަން އަންގައިފި

ޖޫރިމަނާއާއެކު ކުލި ދައްކަން އެއް މަސް ދުވަހުގެ މުއްދަތެއް ކުރިން ވަނީ ދީފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 10 ޖޫން 2022 | ހުކުރު 06:30
ހިޔާ ޓަވަރުތައް

ހިޔާ ޓަވަރުތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކާ ފަރާތްތައް ޖޫރިމަނާކޮށް، ފައިސާ ދެއްކުމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލު ރާއްޖެ އެމްވީއަށް ވިދާޅުވީ ހިޔާ ފްލެޓުތައް ދޫކުރި އިރު ފްލެޓުްތައް ލިބުނު ފަރާތްތަކާއެކު ވެވުނު އެއްބަސްވުމުގެ ދަށުން މަހުން މަހަށް ކުލި ނުދައްކާނަމަ ޖޫރިމަނާ އަރާނެ ކަމަށެވެ. އަދި ކުލި ނުދައްކާ ފަރާތްތަކަށް ޖޫރިމަނާާއެކު ފައިސާ ދެއްކުމަށް މިހާރު ނޯޓިސް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކުގައި މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މީހުން ދިރިއުޅެން ފަށާފައިވާއިރު އެ ފަރާތްތަކަށް ލުއި ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ދެފަހަރަކު ކުލި ފަސްކޮށްދީފައެވެ. އެ ފްލެޓްތަކުން ކުލި ނަގަން ފަށާފައިވަނީ މިދިޔަ އޭޕްރިލް މަހުން ފެށިގެންނެވެ. ކުލި ނަގަން ފެށިތާ މި މަހަށް 3 މަސް ވެފައިވާއިރު މިހާތަނަށް އެއްވެސް މަހަކު ކުލި ނުދައްކާ ފަރާތްތައް ވެސް އެބަތިބި ކަމަށް މައުލޫމާތު ލިބެއެވެ.

ސަރުކާރުން ނިންމާފައިވާ ގޮތުގައި ހިޔާ ފްލެޓުތަކުން ކޮންމެ މަހަކު ދައްކަން ޖެހޭނީ 8،500 ރުފިޔާއެވެ. އެއީ ކުލީގެ 7،500 ރުފިޔާ އާއި ސާވިސް ފީގެ ގޮތުގައި ދައްކަން ޖެހޭ 1000 ރުފިޔާއެވެ. ނަމަވެސް މިއީ ބޮޑު އަގެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކުލި ދައްކަން ދެކޮޅު ހަދާފައެވެ.

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފަރާތްތައް ގުޅިގެން ހަދާފައިވާ "ހިޔާ ޔޫނިއަން" އިން ވެސް ވަނީ ކުލި ނުދެއްކުމަށް އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް ގޮވާލައިފައެވެ. އެ ޔޫނިއަން އިން ޑިމާންޑު ކުރަނީ ފްލެޓްތަކުގެ ކުލި 5،600 ރުފިޔާއަށް ކުޑަކުރުމަށެވެ. ނަމަވެސް އެ އަގަށް ކުލި ކުޑަކޮށްފިނަމަ ފްލެޓް ހެދުމަށް ނަގާފައިވާ ލޯނު ދައްކަން ޖެހޭ މުއްދަތައް ނުދެއްކޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކުލި ނުދައްކާ ފަރާތްތައް ޖޫރިމަނާ ދައްކަން ޖެހިފައިވާއިރު ޖޫރިމަނާ ފައިސާއާއެކު ކުލި ދައްކަން އެޗްޑީސީން ވަނީ ކުރިން އެއް މަސް ދުވަހުގެ މުއްދަތެއްވެސް ދީފައެވެ. ނަމަވެސް ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުލި ދައްކަން އެޗްޑީސީއިން އަންގާފައިވާއިރު، މިހާތަނަށް 3 މަސް ދުވަހުގެ ކުލި ނުދައްކާ ވާ ފަރާތްތަކުން ޖޫރިމަނާއާއެކު ކުލީގެ ގޮތުގައި 25,000 އަށްވުރެ ގިނަ ފައިސާ ދައްކަން ޖެހެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންހިޔާ ފްލެޓް

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
09 ނޮވެމްބަރު 2025

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް
22 އޮކްޓޯބަރު 2025

އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

22 އޮކްޓޯބަރު 2025
އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!
05 އޯގަސްޓު 2025

އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި

05 އޯގަސްޓު 2025
އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި
02 އޯގަސްޓު 2025

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް
10 ޖުލައި 2025

ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

10 ޖުލައި 2025
ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން
28 ޖޫން 2025

4،000 ފްލެޓު ރެޖިސްޓަރީ ކޮށްދޭނީ ކުލިދައްކައި ނިމުމުން: މުއްތަލިބު

28 ޖޫން 2025
4،000 ފްލެޓު ރެޖިސްޓަރީ ކޮށްދޭނީ ކުލިދައްކައި ނިމުމުން: މުއްތަލިބު
16 އެޕްރީލު 2025

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

16 އެޕްރީލު 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
18 މާރިޗު 2025

ޤާނޫނުއަސާސީ އާއި ބަޖެޓާއި ޚިލާފަށް ސަރުކާރައި އެމްއެމްއޭ އިން ކުރާ ކަންކަމާއި މެދު މެމްބަރުން ދެކޭ ގޮތްް ހޯދުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

18 މާރިޗު 2025
ޤާނޫނުއަސާސީ އާއި ބަޖެޓާއި ޚިލާފަށް ސަރުކާރައި އެމްއެމްއޭ އިން ކުރާ ކަންކަމާއި މެދު މެމްބަރުން ދެކޭ ގޮތްް ހޯދުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
18 ޑިސެމްބަރު 2024

ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ

18 ޑިސެމްބަރު 2024
ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު