Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ކޮންގްރެސް

ކޮންގްރެސް ބާއްވަން ތަނެން އެމްޑީޕީއަށް ދިނުމަށް ސަރުކާރަށް ލާޒިމްވާނެ: އަނަސް

އަންނަމަހުގެ 16 ގެ ކުރިން ގޮފިތައް ހަދަން ޖެހޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 11 ޖޫން 2017 | އާދީއްތަ 17:22
އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު

އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު

އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ތަނެން ދިނުމަށް ގާނޫނު އަސާސީން ސަރުކާރަށް ލާޒިމްވާނެ ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަނަސް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާގޮތުން ޕާޓީތަކުގެ އަހަރީ އާންމު ޖަލްސާ ނުވަތަ ކޮންގްރެސް ބާއްވާނެ ތަނެން ސަރުކާރުން ހަމަޖައްސަދޭން ޖެހޭނެ ކަމަށެވެ. ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވާ ކޮންގްރެސް ބޭއްވުމަށް ތަނެން ނުލިބޭ މައްސަލަ ކޮންމެ ފަހަރަކު ވެސް ދިމާވާކަމަށް އަނަސް ވިދާޅުވިއެވެ. އެހެންނަމަވެސް މިއަހަރުގެ ސެޕްޓެމްބަރުމަހު 15 އިން 17 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ 4 ވަނަ ކޮންގްރެސް ބާއްވާނެ ތަނެން ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އަނަސް ވިދާޅުވިއެވެ.

" މިހާރު ވެސް މި ދަނީ ކޮންގްރެސް ބޭއްވުމަށް ތަނެން ހޯދަމުން، ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮންގްރެސްގައި ބައިވެރިވާ އިރު، ކޮންމެ ފަހަރަކު ވެސް ދިމާވަނީ ތަނުގެ ދަތިކަން، ގާނޫނުން ސަރުކާރަށް ލާމިޒް ވާނެ، ކޮންގްރެސް ބާއްވާނެ ތަނެން ދިނުން" ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަނަސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިއާސީ އިންތިހާބުގެ ކުރިން ކޮންގްރެސް ބޭއްވުމަކީ އެމްޑީޕީއަށް މުހިންމުކަމެއްކަން ފާހަގަކުރައްވާ އަނަސް ވިދާޅުވީ ޕާޓީގެ އާންމު މެމްބަރުންގެ ޚިޔާލާއި އެކު ޕާޓީގެ ހަރަކާތަށް ބައްޓަން ކުރަންވީ ގޮތާއި، ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަންވީ ކަންތަންތަކުގެ އިތުރުން މުހިންމު ނިންމުންތަކެއް ކޮންގްރެސް އިން ނިންމުގެ ބާރު އޮންނާނެ ކަމަށެވެ.

އެގޮތުން ކޮންގްރެސްގައި އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި، ޕާޓީގެ މަގާމްތަކުގައި ތިއްބެވި ލީޑަރޝިޕްގެ ބޭފުޅުންގެ އިތުރުން ގޮފިތަކުގެ ރައީސުންނާއި ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ބައިވެރިވި ކައުންސިލަރުން ބައިވެރިވާނެ ކަމަށް އަނަސް ވިދާޅުވިއެވެ.

އެމްޑީޕީން ބުނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު 15 އިން 17 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ 4 ވަނަ ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންވާ ޕާޓީގެ ގޮފިތަކުގެ ރައީސުން ކަނޑައެޅުމަށްޓަކައި މިހާރު ރަޖިސްޓްރީކުރެވިފައިވާ ގޮފިތައް ފުރިހަމަކުރުމަށާއި އަލަށް ގޮފި ހެދުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު އަންނަ މަހުގެ 16 އާ ހަމައަށް ހުޅުވާލެވިފައިވާކަމަށެވެ.

މިހާރު ވެސް އެމްޑީޕީގައި ގިނަ އަދަދެއްގެ ގޮފިތަށް ރަޖިސްޓްރީ ކޮށްފައިވާކަން ފާހަގަކުރައްވާ އަނަސް ވިދާޅުވީ ރަޖިސްޓްރީކޮށްފައިވާ ގޮފިތަކުގެ މެމްބަރޝިޕް ފުރިހަމަނުވެ ހުރެއްޖެނަމަ އެކަން ކުރަން ޖެހޭނެ ކަމަށެވެ. އެކަން މިހާރު އެޕާޓީން އާންމުކޮށް އަންގައި އިއުލާނު ކޮށްފައިވާ ކަމަށްވެސް އެނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަލަށް ގޮފިތަށް އުފައްދަން ބޭނުންވާ މެމްބަރުންނަށް ގޮފިތަށް ރަޖިސްޓްރީ ކުރެވޭނީ 50 މެމްބަރުންގެ ސޮއިއާއި އެކު ހުށަހަޅައިގެންކަމަށް އަނަސް ވިދާޅުވިއެވެ. އަދި ކޮންގްރެސްގައި ބައިވެރިވެވޭނީ އަންނަމަހުގެ 16ގެ ކުރިން އުފައްދައި އަދި 31 ޖުލައި 2017 ގެ ކުރިން ހިންގާ ކޮމިޓީ އިންތިޚާބުކުރާ ގޮފިތަކުގެ ރައީސުންނަށް ކަމަށް އަނަސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު