Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހައްޖު 1443

އިންޑޮނީޝިޔާއިން ހައްޖަށް ދިޔަ ފުރަތަމަ ފްލައިޓަށް ޚާއްސަ މަރުހަބާއެއް

ހައްޖާޖީންނަށް ވަނީ މަލުގެ ގުލްދަސްތާތަކުން މަރުހަބާ ކިޔާފަ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 9 ޖޫން 2022 | ބުރާސްފަތި 08:00
ހައްޖު 1443 - ހައްޖާޖީންނަށް މަރުހަބާ ކިޔަނީ

ހައްޖު 1443 - ހައްޖާޖީންނަށް މަރުހަބާ ކިޔަނީ

"މައްކާ ރޫޓް" އިނީޝިއޭޓިވްގެ ދަށުން އިންޑޮނީޝިޔާއިން ހައްޖަށް ދިޔަ ފުރަތަމަ ގްރޫޕް ބުރާސްފަތި ދުވަހު ސައޫދީއަރަބިއްޔާއަށް ދިއުމާއެކު ޕްރިންސް މުހަންމަދު ބިން އަބްދުލް އަޒީޒް އިންޓަރނޭޝަނަލް އެއާޕޯޓުން ވަރަށް ޚާއްސަ މަރުހަބާއެއް ކިޔައިފި އެވެ. މިއީ އިންޑޮނީޝިޔާއިން މި ޕްރޮގްރާމްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

ސައޫދީ ސަރުކާރުން 2019 ވަނަ އަހަރު ފަށާފައިވާ "މައްކާ ރޫޓް" ނުވަތަ "މައްކާ ރޯޑް" ހުޅުވާލާފައިވަނީ އިސްލާމީ ފަސް ގައުމަކަށެވެ. މި 5 ގައުމަކީ ޕާކިސްތާން މެލޭޝިޔާ އިންޑޮނީޝިޔާ މޮރޯކޯ އަދި ބަންގްލަދޭޝްއެވެ. މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖަށްދާ ހައްޖާޖީންގެ ދަތުރުގެ ކަންތައް ފަސޭހަކޮށްދިނުމަށް ސައުދީ ސަރުކާރުން އެކުލަވާލާފައިވާ "ވިޝަން 2030" ގެ ދަށުން ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމެކެވެ.  

މި ޕްރޮގްރާމްގައި ބައިވެރިވާ ހައްޖާޖީންގެ ދަތުރުގެ ކަންތައް ފަސޭހަކޮށް ދިނުމަށް ސައޫދީ އަރަބިއްޔާއިން ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މިގޮތުން ފަސޭހައިން ވިސާ ހަމަޖައްސާ ދިނުމާއި، ސިއްހީ ޗެކްއަޕުތައް ފުރިހަމަ ކުރުވުމާ އަދި އެއާޕޯޓްގައި ގިނަ އިރު ތިބެން ނުޖެހި ވަގުތުން ބަސްތަކުގަ އެބަޔަކު ތިބެން ހަމަޖެހިފައިވާ ތަންތަނަށް ގެންގޮސްދިނުން ހިމެނެ އެވެ. އަދި ހައްޖާޖީން ދާންވާއިރަށް އެމީހުންގެ ފޮށިތަންމަތިވެސް ތިބޭތަނަށް ގެންގޮސްދޭނެއެވެ.

"މައްކާ ރޫޓް" ހަރަކާތް ކުރިޔަށް ގެންދަނީ ސައޫދީ އަރަބިއްޔާގެ ކަމާބެހޭ އޮފީސްތައް ކަމަށްވާ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް، މިނިސްޓްރީ އޮފް ހެލްތު، ހައްޖު އެންޑް އުމްރާ އޮފީސް، ސިވިލް އެވިއޭޝަން އޮފީސް، ޒަކާތު އޮފީސް، ކަސްޓަމްސް އޮތޯރިޓީ އަދި ސައޫދީ ޑޭޓާ އެންޑް އާޓިފިޝަލް އިންޓެލިޖަންސް އޮތޯރިޓީ ގުޅިގެންނެވެ. މި އިދާރާތައް ތަމްސީލް ކުރާ އޮފިޝަލުން ބުރާސްފަތި ދުވަހު ވަނީ އެއާޕޯޓުން ހައްޖާޖީންނަށް މަރުހަބާ ކިޔާފައެވެ.

ހައްޖު

އިތުރަށް ކިޔާލަން

05 އޯގަސްޓު 2025

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

05 އޯގަސްޓު 2025
ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި
06 ޖޫން 2025

އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

06 ޖޫން 2025
އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ
05 ޖޫން 2025

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ
05 ޖޫން 2025

ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

05 ޖޫން 2025
ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ
04 ޖޫން 2025

ދިވެހި ހުރިހާ ހައްޖާޖީން މިނާގައި، ހާލު ރަނގަޅު

04 ޖޫން 2025
ދިވެހި ހުރިހާ ހައްޖާޖީން މިނާގައި، ހާލު ރަނގަޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު