Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓީޗަރުންގެ މުސާރަ

ޓީޗަރުންގެ މުސާރަ ދިނުމުގައި މައްސަލަތައް ހުރިކަން ބައެއް ފަރާތްތަކުން ފާހަގަކުރޭ، އެކަން ބަލާނަން: ރައީސް

ގެންނަންޖެހޭ ބަދަލެއް އޮތްތޯ ބައްލަވާނެ ކަމަށް ރައީސް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 8 ޖޫން 2022 | ބުދަ 13:18
ސްކޫލްތައް ހުޅުވުން

ސްކޫލްތައް ހުޅުވުން

ޓީޗަރުންގެ މުސާރަ ދިނުމުގައި މައްސަލަތައް ހުރިކަން ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މައްސަލަތައް ހުރިކަން ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާއިރު އެކަންތައްތައް ބައްލަވާނެ ކަމަށެވެ. އަދި ގެންނަންޖެހޭ ބަދަލެއް އޮތްތޯ ބަލައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރައިގެ އައު އޮނިގަނޑު އިއުލާންކުރީ މެއި މަހުގެ 1ވަނަ ދުވަހުއެވެ. މިހާރު ވަޒީފާގައި ތިބި ޓީޗަރުން އައު އޮނިގަނޑަށް ހިޖުރަކުރުމުގައި ހާޞިލްކޮށްފައިވާ ސެޓްފިކެޓްތަކަށް ބަލާފައި ނުވާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އައު އޮނިގަނޑާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ރައީސް އޮފީހުން ބުނީ، އައު އޮނިގަނޑަށް ހިޖުރަކޮށްފައިވަނީ މުވައްޒަފު ހުރި މަޤާމުގެ ރޭންކަށް ބަލައިގެން ކަމަށެވެ. އައު އޮނިގަނޑުން އަލަށް ވަޒީފާ ހަމަޖައްސާއިރު، ވަޒީފާ ހަމަ ޖެހޭނީ އޮނިގަނޑުގައިވާ ޝަރުތު ހަމަވާނަމަ ކަމަށާއި، މިހާރު ހުރި ރޭންކުން އޭގެ މަތީ ރޭންކަށް ބަދަލުވާއިރު އޮނިގަނޑުގެ އެ ރޭންކުގައި ބުނާ ޝަރުތުތައް ފުރިހަމަވާން ވާނެ ކަމަށްވެސް ރައީސް އޮފީހުން ބެނެއެވެ.

ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ ރޭންކް 2 އިން މަތީގެ ރޭންކްތަކުގެ ތަޢުލީމީ ފެންވަރުގެ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ޙާސިލުކޮށްފައިވާންވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.

އަލަށް އެކުލަވާލި އޮނިގަނޑަށް ހިޖްރަ ކޮށްފައިވަނީ، ޕްރިންސިޕަލުން، ޑެޕިއުޓީ ޕްރިންސިޕަލުން، މުދައްރިސުން، ކުރީގައި އީޑީއޯ އަދި އީއޯގެ މަޤާމުގައި ތިބި މުވައްޒަފުންނެވެ. ދެން ހުރި މަޤާމްތަކުގައި ތިބި މުވައްޒަފުން ތިބޭނީ، މިހާރުވެސް އަމަލުކުރެވެމުންދާ އޮނިގަނޑުތަކުގައެވެ.

އައު އޮނިގަނޑަށް ހިޖުރަ ކުރި ފަރާތްތަކަށް މުސާރަ ކަނޑައެޅިފައިވަނީ 3 ބަޔަކަށެވެ. އެއީ އަސާސީ މުސާރަ، ޖޮބް އެލަވަންސް، އެޓެންޑަންސް އެލަވަންސްއެވެ.

އައު އޮނިގަޑަށް ހިޖުރަ ކުރާ ފަރާތްތަކަށް އިތުރު ގަޑީގެ ފައިސާ ނުވަތަ އޯޓީ ލިބޭނީ ރަސްމީ ކޮންމެ ދުވަހެއްގައި 8 ގަޑިއިރަށް ވުރެ އިތުރަށް ކުރާ މަސައްކަތަށެވެ. ނަމަވެސް ރަސްމީ ވަގުތުގެ ފަހުން ކުރާ މަސައްކަތާއި އެ މަސައްކަތަށް ހޭދަވާ ވަގުތުގެ ރިކޯޑު ބަލަހައްޓަންވާނެއެވެ.

އައު އޮނިގަނޑަށް ހިޖްރަ ނުކުރާ ފަރާތްތަކަށް ލިބޭނީ ކުރީގައިވެސް ލިބެމުންދިޔަ މުސާރައެވެ. އޭގެ އިތުރުން އަސާސީ މުސާރައިގެ 35 އިންސައްތަ އެފަރާތްތަކަށް ލިބޭނެއެވެ.

އައު އޮނިގަނޑަށް ހިޖުރަ ނުކުރާ، އިދާރީ މުވައްޒަފުންގެ ތެރެއިން އެމް.އެސް ރޭންކާއި އޭގެ މަތީ ރޭންކުތަކަށް އިތުރުގަޑި ދެވޭނީ ހުކުރު، ހޮނިހިރު އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވާ 44 ގަޑިއިރަށް ވުރެ އިތުރަށް ކުރާ މަސައްކަތަށެވެ. އެސް.އެސް ރޭންކާއި ޖީ.އެސް ރޭންކުގެ މުވައްޒަފުންނަށް ކުރިންވެސް އިތުރުގަޑި ލިބުނުގޮތަށް ލިބޭނެއެވެ.

ޑިގުރީ ސަނަދެއް ޙާސިލުކޮށްފައިވާ ޓީޗަރަކު އައު އޮނިގަނޑަށް ހިޖުރަކުރުމަށްފަހު މާސްޓަރސް ސަނަދެއް ހުށަހަޅައިފިނަމަ އެމުވައްޒަފުގެ މަޤާމުގެ ރޭންކު ބަދަލުވާނީ އޮނިގަނޑުގެ ޝަރުތުތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުމުންނެވެ.

ލީޑިންގ ޓީޗަރުންގެ ޓެނުއަރޝިޕް އެލަވަންސް ދިނުމަށް އިތުރު ހުއްދައެއް ނަގާކަށްނުޖެހޭނެއެވެ. މިހާރުވެސް ޓެނުއަރޝިޕް ލިމެބުންދާ ލީޑިން ޓީޗަރުންނަށް ބޮޑުވި އަދަދާ އެއްގޮތަށް އެލަވަންސް ދިނުމުން ފުދޭނެއެވެ. އެހެންނަަމަވެސް އަލަށް ލީޑީންގ ޓީޗަރުކަން ހަމަޖެހޭ ފަރާތްތަކަށް މިނިސްޓްރީގެ އުޞޫލާ އެއްގޮތަށް ފޯމު ހުށަހަޅައި ހުއްދަ ހޯދަންވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ލީޑިންގ ޓީޗަރުންނަށް ޓެނުއަރ އެލަވަންސް ގެ ގޮތުގައި ދޭނީ މަހަކަށް 2000 ރުފިޔާއެވެ.

މުސާރަޓީޗަރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

01 ނޮވެމްބަރު 2025
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި

ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި

08 ޖުލައި 2025
ސްކޫލުތަކުގައި މުދައްރިސުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ނެތް: މެންބަރު ޒިޔާދު

ސްކޫލުތަކުގައި މުދައްރިސުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ނެތް: މެންބަރު ޒިޔާދު

30 ޖޫން 2025
ފައިނު އެކްސިޑެންޓް: އަނިޔާވި ކުޑަ ދެކުދިންނާއި ޓީޗަރުގެ ހާލު ސީރިއަސް، އިތުރު ފަރުވާއަށް މާލެއަށް

ފައިނު އެކްސިޑެންޓް: އަނިޔާވި ކުޑަ ދެކުދިންނާއި ޓީޗަރުގެ ހާލު ސީރިއަސް، އިތުރު ފަރުވާއަށް މާލެއަށް

27 ޖޫން 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު