Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްރިކަން ކަޕް ކޮލިފިކޭޝަން

98 ވަނަ މިނެޓްގައި މާނޭ ސެނެގާލް މޮޅުކޮށްދީފި

ސެެނެގާލް އޮތީ ކޮލިފައިންގ ގްރޫޕްގެ އެއްވަނާގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 8 ޖޫން 2022 | ބުދަ 02:42
މެޗުން މޮޅުކޮށްދިން ލަނޑު މާނޭ ޖެހީ އިތުރުވަގުތުގެ އަށްވަނަ މިނެޓްގައި: ފޮޓޯ-ސެނެގާލް ފުޓްބޯލް

މެޗުން މޮޅުކޮށްދިން ލަނޑު މާނޭ ޖެހީ އިތުރުވަގުތުގެ އަށްވަނަ މިނެޓްގައި: ފޮޓޯ-ސެނެގާލް ފުޓްބޯލް

98 ވަނަ މިނެޓްގައި ސާދިއޯ މާނޭ ގޯލް ޖަހައި, އެފްރިކަން ކަޕް އޮފް ކޮލިފިކޭޝަންގެ ދެވަނަ މެޗުން ސެނެގާލް މޮޅުކޮށްދީފިއެވެ.

98 ވަނަ މިނެޓްގައި ރުވާންޑާ ކޮޅަށް މާނޭ ގޯލް ޖެހީ ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް ސެނެގާލް ވަނީ ކޮލިފިކޭޝަން މޮޅަކުން ފަށާފައެވެ. މާނޭ ވަނީ މީގެކުރިންވެސް މެޗުގެ ފަހު ވަގުތު ސެނެގާލް މޮޅުކޮށްދީ, އުފާވެރިކަން ގެނެސްދީފައެވެ. މިއަހަރު ނޭޝަންސް ކަޕް ފުރަތަމަ މެޗުގައި ޒިމްބާބްވޭ އަތުން ސެނެގާލް މޮޅުވީ 97 ވަނަ މިނެޓްގައި މާނޭ ލަނޑު ޖަހައިގެންނެވެ. އެލަނޑުވެސް މާނޭ ޖެހީ ޕެނަލްޓީއަކުންނެވެ. ނޭޝަންސްކަޕް ފައިނަލްގައި ޗެމްޕިއަންކަން ސެނެގާލް ކަށަވަރުކުރީވެސް ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މާނޭ ފަހު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ.

ސެނެގާލް އޮތީ ކޮލިފިކޭޝަން ގްރޫޕް އެލްގައި ދެމެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކު އެއްވަނާގައެވެ. ފުރަތަމަ މެޗުގައި ސެނެގާލް ވަނީ ބެނިން ބަލިކޮށްފައެވެ. ދެވަނާގައި އޮތީ ޕޮއިންޓަކާއެކު ރުވާންޑާއެވެ.

ސަޑިއޯ މާނޭސެނެގާލް

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2023

ރޮނާލްޑޯ އަދި މާނޭގެ މޮޅު ކުޅުމާއެކު މޮޅުވެ، އަލް ނަސްރު ކުރިއަށް

17 ސެޕްޓެމްބަރު 2023
ރޮނާލްޑޯ އަދި މާނޭގެ މޮޅު ކުޅުމާއެކު މޮޅުވެ، އަލް ނަސްރު ކުރިއަށް
07 އޯގަސްޓު 2023

މާނޭގެ ކުށަކީ އެފްރިކާއަށް ނިސްބަތްވެފައި މުސާރަބޮޑުވުން: މެނޭޖަރު

07 އޯގަސްޓު 2023
މާނޭގެ ކުށަކީ އެފްރިކާއަށް ނިސްބަތްވެފައި މުސާރަބޮޑުވުން: މެނޭޖަރު
27 ފެބުރުއަރީ 2023

އަނިޔާ އިން އެނބުރި އައިސް މާނޭގެ ފުރަތަމަ މެޗު، ބާލިން ބަލިކޮށް ބަޔާން އެއް ވަނަ އަށް

27 ފެބުރުއަރީ 2023
އަނިޔާ އިން އެނބުރި އައިސް މާނޭގެ ފުރަތަމަ މެޗު، ބާލިން ބަލިކޮށް ބަޔާން އެއް ވަނަ އަށް
04 ޑިސެމްބަރު 2022

ފަސޭހަ މޮޅަކާއެކު އިންގްލެންޑް ކުއާޓަރ ފައިނަލަށް

04 ޑިސެމްބަރު 2022
ފަސޭހަ މޮޅަކާއެކު އިންގްލެންޑް ކުއާޓަރ ފައިނަލަށް
04 ޑިސެމްބަރު 2022

ސެނެގާލްއަކީ އިނގިރޭސިން ވަރަށް ވިސްނަން ޖެހޭ ޓީމެއް

04 ޑިސެމްބަރު 2022
ސެނެގާލްއަކީ އިނގިރޭސިން ވަރަށް ވިސްނަން ޖެހޭ ޓީމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު