Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލޯފާން މިއުޒީޝަން މައިކަލް ހަނޫޝް

ހާއްސަ އެހީއަށް ބޭނުންވިއަސް، ހުނަރުގެ މުތެއް!

7 ޖޫން 2022 | އަންގާރަ 09:09

އަޑު ތަމްރީނު ކުރުމުގެ އިތުރުން އޮޕޭރާ ލަވަކިއަން ދަސްކޮށްދޭ ކުލާސްތަކަށް ހަނޫޝް ދޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 7 ޖޫން 2022 | އަންގާރަ 09:09
ލޯފަން މިއުޒީޝަން މައިކަލް ހަނޫޝް

ލޯފަން މިއުޒީޝަން މައިކަލް ހަނޫޝް

ފުރާވަރުގެ ދުވަސްތައް ގުނަމުން ދާ މައިކަލް ހަނޫޝްއަކީ ލޮލުގެ ފެނުމުން މަހްރޫމުވެފައި ވިއެއް ކަމަކު، ކުޅަދާނަ ފަންނުވެރިއެކެވެ. ސޫރިޔާއަށް ނިސްބަތްވާ ހަނޫޝްއަކީ، ބައިނަލްއަގުވާމީ ފެންވަރުގެ އޮޕޭރާ ލަވަކިއުންތެރިއަކަށް ވުމުގެ ފޮނި ހުވަފެންތައްވެސް ދެކެމުން އަންނަ، ހިތްވަރުގަދަ މިއުޒީޝަނެއްވެސްމެއެވެ.

އޭނާގެ އަޑު ތަމްރީނު ކުރުމުގެ އިތުރުން އޮޕޭރާ ލަވަކިއަން ދަސްކޮށްދޭ ކުލާސްތަކަށް ހަނޫޝް ދާން ފެށީ، އޭނާގެ އުމުރުން އެންމެ 4 އަހަރުގައެވެ. މިއުޒިކީ އިންސްޓްރުމަންޓެއް ކަމަށް ވާ ވައޮލިންވެސް ކުޅެމުން އަންނަ ހަނޫޝް ވަނީ، ސޫރިޔާގެ ވެރިރަށް ދިމިޝްކުގައި ބޭއްވި ގިނަ ކޮންސެޓް ތަކެއްގައިވެސް ބައިވެރިވެފައެވެ.

ކުލާހަށް ދިޔަނަމަވެސް އިންސްޓަރަކްޓަރުގެ ފަރާތުން އެއްޗެއް އުނގެނުމަކީ ހަނޫޝްއަށް ދަތި ކަމެކެވެ. ލޮލުގެ ފެނުމުން މަހްރޫމުވެފައި ހުރުމުން، ވައޮލިންގައި ހިފަހައްޓާލާނެ ގޮތްވެސް އޭނާއަށް ފެނިފައެއް ނުވެއެވެ. އިނގިލިތައް ހަރަކާތް ކުރާނެ އުކުޅުތަކެއްވެސް އެގޮތަކަށް ދަހެއް ނުވެއެވެ. ނަމަވެސް، އުމުރުން 15 އަހަރުގެ ހަނޫޝް އޭނާގެ މިއުޒިކީ ހުނަރު ފަރިތަ ކުރަނީ ގޭގައެވެ. އޭނާގެ ދެ އަޚަކާއެކުގައެވެ.

މިދިޔަ އަހަރު ހަނޫޝް ވަނީ އިންޓަނޭޝަނަލް ފެސްޓިވަލް އެންޑް ކޮމްޕެޓިޝަން އޮފް އިންކްލޫސިވް ކްރިއޭޓިވިޓީގައި، އޭނާގެ ވައޮލިން ކުޅުމުގެ ހުނަރުތައް ދައްކާލާފައެވެ. ދައްކާލީ އެކަންޏެއް ނޫނެވެ. 1 ވަނަވެސް ކަށަވަރު ކުރިއެވެ.

ހަނޫޝް އުފަންވިއިރުވެސް ލޮލުގައި މައްސަލަތަކެއް ހުއްޓެވެ. ސާޖަރީތައް ކާމިޔާބު ނުވެ، ލޯފާން ކުއްޖެއްގެ ގޮތުގައި ބޮޑުވުމަށް މަޖުބޫރުވީއެވެ. ނަމަވެސް، އެއީ އެނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އޮތް ހުރަހެއް ކަމުގައި އޭނާ ނުދެކެއެވެ. އާއިލާއަކުންވެސް ނުދެކެއެވެ. ހަނޫޝްގެ މަންމަ، ނަދީން އަސްވަދުވެސް ހުރީ، ދަރިފުޅުގެ ހުނަރުތައް ކުރިއެރުވުމަށް ކުރެވެން އޮތްހާ ކަމެއް ކޮށްދޭށެވެ.

މިއުޒިކްގެ އިތުރުން ހަނޫޝްއަކީ ފެތުމަށްވެސް ލޯބިކުރާ ކުއްޖެކެވެ. ލޮލުގެ ފެނުމުން މަހްރޫމުވެފައިވާ ހަނޫޝްގެ ސުވިމިންގް ކޯޗެއްގެ ގޮތުގައި ހުރި މަހްމޫދު ނައްޔީރު ބުނާ ގޮތުގައި، ހަނޫޝް ގޮވައިގެން މޫދަށް ގޮސް، ހެލިފެލިވާންވީ ގޮތް، އޭނާގެ އަތުގައި ހިފަހައްޓައިގެން ކުރަހާ ދެނީއެވެ. ފެތުމުގެ ތެރޭގައި ކުރިއަށާއި ފަހަތަށް އަތް ގެންދާނެ ގޮތް ކިޔައިދިނީވެސް، ހަނޫޝްއަށް ކިޔައިދީގެން އޭނާގެ ހިޔާލު ބޭނުން ކޮށްގެން ވަށްބޮޅާއި ފަޅި ބުރު ކުރަހައިގެންނެވެ. ކޯޗު ބުނީ، ޝުކުރު ހުރީ ހެއްދެވި ފަރާތަށް ކަމަށާ، ހަނޫޝްގެ ތޫނުފިލި ކަމާއެކު، ކޯޗުގެ މިޝަން ކިތަންމެހާވެސް ކާމިޔާބު ކަމަށެވެ.

މައިކަލް ހަނޫޝް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2019

ގްރެމީސް 2019: މިއުޒިކްގެ އެންމެ ޝަރަފުވެރި އެޥޯޑް ހަފްލާގައި މިޝޭލް އޮބާމާގެ ހާއްސަ ފެނިލުމެއް

11 ފެބުރުއަރީ 2019
ގްރެމީސް 2019: މިއުޒިކްގެ އެންމެ ޝަރަފުވެރި އެޥޯޑް ހަފްލާގައި މިޝޭލް އޮބާމާގެ ހާއްސަ ފެނިލުމެއް
30 ޖެނުއަރީ 2019

މޮދީ އަށް ހާއްސަ ކޮށްގެން ހަދާ ފިލްމުގެ ކާސްޓުން އިއުލާންކޮށްފި

30 ޖެނުއަރީ 2019
މޮދީ އަށް ހާއްސަ ކޮށްގެން ހަދާ ފިލްމުގެ ކާސްޓުން އިއުލާންކޮށްފި
25 ޖެނުއަރީ 2019

ފިލްމީ ދާއިރާގެ ފަންނާނުންނަށް ހާއްސަކޮށްގެން ފޯރަމެއް ބާއްވަނީ

25 ޖެނުއަރީ 2019
ފިލްމީ ދާއިރާގެ ފަންނާނުންނަށް ހާއްސަކޮށްގެން ފޯރަމެއް ބާއްވަނީ
31 ޑިސެމްބަރު 2018

މި ފަހަރުގެ އާ އަހަރުގެ ޕާޓީ ހާއްސަ ކުރަނީ ނޫސްވެރިންނަށް

31 ޑިސެމްބަރު 2018
މި ފަހަރުގެ އާ އަހަރުގެ ޕާޓީ ހާއްސަ ކުރަނީ ނޫސްވެރިންނަށް
26 ޖުލައި 2018

ނޯރާ ފަތޭހީގެ ހާއްސަ ފެނިލުމެއް

26 ޖުލައި 2018
ނޯރާ ފަތޭހީގެ ހާއްސަ ފެނިލުމެއް
16 އެޕްރީލު 2018

މި އަހަރަކީ އަހަންނަށް ވަރަށް ހާއްސަ އަހަރެއް: ދިވިޔާ ދައްތާ

16 އެޕްރީލު 2018
މި އަހަރަކީ އަހަންނަށް ވަރަށް ހާއްސަ އަހަރެއް: ދިވިޔާ ދައްތާ
29 މާރިޗު 2018

'ވަކިން ލޯބިން'، 'ވާށޭ މަށާއެކީ' އަދި 'މިއީ ލޯތްބަކީ'ގެ ހާއްސަ ޝޯވތަކެއް އޭޕްރިލް މަހު

29 މާރިޗު 2018
'ވަކިން ލޯބިން'، 'ވާށޭ މަށާއެކީ' އަދި 'މިއީ ލޯތްބަކީ'ގެ ހާއްސަ ޝޯވތަކެއް އޭޕްރިލް މަހު
01 ޖެނުއަރީ 2018

ރާއްޖެ ޓީވީއިން އާ އަހަރުގެ ހާއްސަ ޝޯތަކެއް

01 ޖެނުއަރީ 2018
ރާއްޖެ ޓީވީއިން އާ އަހަރުގެ ހާއްސަ ޝޯތަކެއް
06 އޮކްޓޯބަރު 2017

ޚާއްސަ އެހީއަށް ބޭނުންވާ ދެމަފިރިންގެ ކައިވެނީގެ 22 އަހަރު

06 އޮކްޓޯބަރު 2017
ޚާއްސަ އެހީއަށް ބޭނުންވާ ދެމަފިރިންގެ ކައިވެނީގެ 22 އަހަރު
18 ޖޫން 2017

އީދު ދުވަހު ރާއްޖެ ޓީވީން ހާއްސަ "ދަސްތާއެއް"

18 ޖޫން 2017
އީދު ދުވަހު ރާއްޖެ ޓީވީން ހާއްސަ "ދަސްތާއެއް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް