Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުވައްމުލައް ޓީޓީ ސެންޓަރު

ފުރަތަމަ ފަހަރަށް އަތޮޅުތެރޭގައި ޓޭބަލް ޓެނިސް ސެންޓަރެއް ހުޅުވައިފި

މި ސެންޓަރަށް ޚާއްސަކޮށް އިންޑިއާގެ ކޯޗެއް ވަނީ ހަމަޖައްސާފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 5 ޖޫން 2022 | އާދީއްތަ 17:59
ފުވައްމުލައް ސިޓީގައި ގާއިމުކުރި ޓޭބަލް ޓެނިސް ސެންޓަރު ރަސްމީކޮށް ހުޅުވުން

ފުވައްމުލައް ސިޓީގައި ގާއިމުކުރި ޓޭބަލް ޓެނިސް ސެންޓަރު ރަސްމީކޮށް ހުޅުވުން

މި ސަރުކާރުން ފުވައްމުލައް ސިޓީގައި ގާއިމުކުރި ޓޭބަލް ޓެނިސް ސެންޓަރު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއީ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށެއްގައި ގާއިމުކުރި ފުރަތަމަ ޓީޓީ ސެންޓަރެވެ. އާދީއްތަ ދުވަހުގެ ހަވީރު، މި ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފުގެ އިތުރުން ޓީޓީ އެސޯސިއޭޝަނުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ ގައުމީ ޓީޓީ ޓީމުގެ ކުޅުންތެރިންވެސް ބައިވެރިވިއެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ގާއިމް ކުރި ސެންޓަރެކެވެ. މި ސެންޓަރަށް ޚާއްސަކޮށް އިންޑިއާގެ ކޯޗެއް ވަނީ ހަމަޖައްސާފައެވެ. ކޯޗަކާއެކު ޓީޓީ ސެންޓަރުގައި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމަތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ޓީޓީގެ ދާއިރާއިން ރާއްޖެއަށް އެތަކެއް ރީތި ނަންތަކެއް ހޯދައިދީފައި ވާއިރު، މިދާއިރާއިން ހުނަރުވެރި ދަރިންތަކެއް ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުޅިވަރުތައް ކުރިއެރުވުމުގައި މި ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓރ މަހްލޫފު ވިދާޅުވީ މި ސެންޓަރަކީ ހަމައެކަނި މުނިފޫހި ފިލުވާލުމަށް ގާއިމުކުރި ސެންޓަރެއް ނޫން ކަމަށެވެ. އޭގެ އިތުރުން ޓީޓީ ކުޅުމުގެ ދާއިރާއިން ތަމްރީން ލިބިގެން ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމަކީ މި ސެންޓަރުގެ ވަރަށް ބޮޑު އަމާޒެއްގެ ގޮތުގައި މިނިސްޓރ ފާހަގަކުރެއްވިއެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވީ އަމާޒަކީ މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ރަނގަޅު ފެންވަރުގައި ޓީޓީ ކުޅެވޭނެ އިންތިޒާމު ހަމަޖެހުން ކަމަށެވެ. އަދި ރާއްޖޭގެ ގައުމީ ޓީމަށް ކުޅެވޭ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަކަން އައްޔަ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯޗުންނާއެކު ކުދިންނަށް ރަނގަޅު ތަމްރީނު ލިބުމާއެކު ރާއްޖޭގައި ބާއްވާ ޓީޓީ މުބާރާތްތަކުގެ ފޯރި ގަދަވެ، ފެންވަރު ރަނގަޅުވާނެ ކަންވެސް އައްޔަ ފާހަގަކުރިއެވެ.

ފުވައްމުލައް ސިޓީޓީޓީ އެސޯސިއޭޝަން ނައިބު ރައީސް, ފައިޞަލް ނަސީމްއަހުމަދު މަޚްލޫފް

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
18 ނޮވެމްބަރު 2025

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ
14 ނޮވެމްބަރު 2025

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް
13 ނޮވެމްބަރު 2025

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

13 ނޮވެމްބަރު 2025
ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި
12 ނޮވެމްބަރު 2025

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު